ކޮންމެ މީހަކީވެސް ގަދަވެސަލާމަތުން ހުރިނަމަ ކޮންމެ ދުވަހަކުވެސް ކޮންމެވެސް މަސައްކަތެއްކުރަންޖެހޭނެ މީހެކެވެ. ބައެއް މީހުންނަށް ވަރަށް ބުރަކޮށެވެ. ވަރަށް ގިނަ ވަޤުތުތަކުގައެވެ. އަހުރެން ބަހެއް ބުނެލަން މިއުޅެނީ ގިނަ ވަޤުތުތަކުގައި މަސައްކަތުގައި އުލެންޖެހޭ މީހުންނަށެވެ.
މަސައްކަތް ކިތަންމެ ބުރަނަމަވެސް ވީވަރަކުން ކޮންމެވެސް ޛިކުރެއް ކިޔައިލާށެވެ! އަސްތަޣްފިރުﷲ ކިޔައިލާށެވެ! ބޭނުމަކީ ﷲ ތަޢާލާގެ މަތިން ގިނަގިނައިން ހަނދުމަކުރުމެވެ. ތިމާއަށް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ.
އެއިރުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ އެމީހެއްގެ މަތިން ﷲ ތަޢާލާވެސް ގިނަގިނައިން ހަނދުމަފުޅު ކުރެއްވެވުމެވެ.
ދެން މިބަލައިލަނީ އެކަމުން ކުރާނެ ފައިދާއަށެވެ. އެމީހެއްގެ މަތިން ގިނަގިނައިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނަމަ އެމީހަކަށް ދެރައެއް ލިބުމަކީ ނުވާނެކަމެއްހައި ދުރުގައި އޮތްކަމެކެވެ. އެމީހެއްގެ ކަންކަން ކުރިއަރައިގެންވެސްދާނެއެވެ. އެމީހަކަށް ރަނގަޅު ގޮތްތައް މެދުވެރިވާނެއެވެ. އިން ޝާ ﷲ
އެއިރުން އެމީހަކަށް ޢަދާވާތްތެރިނެގެ ކިބައިން ރައްކައުތެރިކަން ލިބޭނެއެވެ. ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނެތެވެ. ރިޒުޤް ތަނަވަސްވާނެތެވެ. އިން ޝާ ﷲ
ގިނައިރު މަސައްކަތުގައި އުޅެންޖެހޭ މީހުންނަށް ޚާއްޞަކޮށްގެން މިބަސްކޮޅު ބުނި ނަމަވެސް މިކަމަށް ކޮންމެ މުސްލިމަކުވެސް ސަމާލުކަންދޭށެވެ. އެމީހަކަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން