ލަދުވެތިވާން ނުޖެހޭތަ؟ ކިތަންމެ ނުބައިކޮށް އުޅެފައިވެސް ﷲ ތަޢާލާގެ މަތިން ހަނދާންވެ "ޔާ ރައްބު!" އެވެ ބުނެފިނަމަ ތިމަން ﷲ ގެ އަޅާ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ލަދުވެތިވާން ނުޖެހޭތަ؟ ކިތަންމެ ނުބައިކޮށް އުޅެފައިވެސް ﷲ ތަޢާލާގެ މަތިން ހަނދާންވެ "ޔާ ރައްބު!" އެވެ ބުނެފިނަމަ ތިމަން ﷲ ގެ އަޅާ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރައްވަވާނެ!

ކިޔައިދޭން މިއުޅެނީ ﷲ ތަޢާލާގެ ރަޙްމަތް އަބަދުވެސް އަހުރެމެންނާއިއެކުގައިވާ ކަމެވެ. ލިބިގަތުމާއި އިތުރުކުރުމަކީ އެމީހެއްގެ ކިބައިގައި އޮތްކަމެއް ކަމެވެ. ވަކިން ޚާއްޞަކޮށް ހެޔޮމަގަށް އެނބުރި ރުޖޫޢަވާން ބޭނުންވާ މީހުންނަށް ލައްވަވާ ރަޙްމަތުގެ ކޮޅެއް ނެތްކަމެވެ. 

ކުޑަކުޑަ ގަނޑު ލޭތިއްކަކުން އިންސާނާ އުފައްދަވަނީ ﷲ ތަޢާލާއެވެ. އެހިސާބުން ފެށިގެން ކުރިއަށް ހިނގާ ހުރިހާ މަރުޙަލާތަކެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ދުނިޔެއަށް އުފަންވުމުން އިންސާނާގެ ހުރިހާ ޢަމަލުތަކަކަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާ، ދުނިޔޭގައި އުޅޭ އެންމެންވެސް ދެނެވޮޑިގެންވެއެވެ. އެކިމީހުން ވަކިވަކިން ދެނެވޮޑިގެންވެއެވެ. 

ﷲ ތަޢާލާ މީހަކު ދެނެވޮޑިގަތުމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި ގުޅުން އުފެދިގެންދާނެ ސަބަބެއް ނޫނެވެ. ގުޅުން އުފެދިގެންދާނީ ކުރެވޭ މުޢާމަލާތުންނެވެ. ﷲ ތަޢާލާ އާއި އަހުރެމެންކުރާ މުޢާމަލާތަށް މިކިޔަނީ ދުޢާއެވެ. މުޢާމަލާތުކުރުމަށް މިކިޔަނީ ދުޢާކުރުމެވެ. ދުޢާ ނޫން ގޮތްގޮތަށްވެސް ތިމާ ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުނަތަކަކީވެސް ހަމަ ދުޢާކުރުމެވެ. 

ވީމާ ﷲ ތަޢާލާ އާއި ތިމާއާއި ދެމެދުގައި ބަދަހިކަމާއިއެކު ގުޅުން ބާއްވަން ބޭނުންވާ މީހާ ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުންތައް ގިނަކުރާށެވެ. މިކަމުގެ ދަލީލެއްވެސް ދައްކައިފާނަމެވެ. 

ދުނިޔޭގެ އެންމެ ނުބައި މީހާގެ ގޮތުގައި އެތައް އަހަރެއްވަންދެން އުޅެފައިވެސް މީހަކު ﷲ ތަޢާލާ އަށް މުޚާޠަބްކޮށް "ޔާ ރައްބު" އެވެ ދަންވައިފިނަމަ ޖަވާބުގައި ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ. "ޔާ ޢަބްދީ. ތިބާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟" 

މިކަމުންވެސް އެނގިގެންދަނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވާ މީހަކު ނަމަވެސް ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވާން މަސައްކަތްކޮށްފިނަމަ އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެ ކަމެވެ. އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ.

 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން