އަނބިމީހާ އާއިއެކު އުޅެން ބޭނުންނުވާނަމަ ރިވެތި ގޮތުގަ ދޫކޮށްލާށެވެ! ލޯބިނުދީ އަޅުވެތިކޮށްގެން ގެންގުޅުމަކީ ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އަނބިމީހާ އާއިއެކު އުޅެން ބޭނުންނުވާނަމަ ރިވެތި ގޮތުގަ ދޫކޮށްލާށެވެ! ލޯބިނުދީ އަޅުވެތިކޮށްގެން ގެންގުޅުމަކީ ފާފަވެރިވާނެ ކަމެއް!

ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަން އޮތީ އެންމެ ރަނގަޅު ގޮތަށެވެ. އެންމެ ރަނގަޅު ގޮތަކީ ޖެހޭ މައްސަލަތައް ޙައްލުކޮށް ދެމަފިރިން އެކުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. ދެން އޮތީ ދެމަފިރިން އެކުގައި އުޅެން ބޭނުން ނުވުމެވެ. އެޙާލަތުގައި ދެމީހުންވެސް ޢަމަލުކުރަންވާނީ ކަންތައްކުރަން އޮތް އެންމެ ރިވެތި ގޮތުގައެވެ.  

މިޘާލަކަށް ވަކިވާން ބޭނުންވަނީ އަނބިމީހާކަމަށްވާނަމަ އެކަންކުރަންވާނީ ފިރިމީހާއަށް އެކަމުން އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށެވެ. ހަމަ އެގޮތަށް ވަކިވާން ބޭނުންވަނީ ފިރިމީހާ ކަމަށްވީނަމަވެސް އަނބިމީހާގެ ޙައްޤުތަކަށް ވިސްނައި ނިކަމެތި ނުވާނެ ގޮތަކަށް ކަންކަން ކުރާށެވެ! އެންމެން ކުރާ ހުރިހާ ކަމެއްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހަނދާނުގައި ބަހައްޓާށެވެ.  

ވަރިކުރުމަކީ ހަމަ ހިތަށް އެރުމުން ކުރަން އޮތް ކަމެއް ނޫނެވެ. ވަރިކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އޮތުމުން އެކަމުގެ މުހިންމުކަން އިތުރަށް ޔަޤީންވެގެންދެއެވެ.  

ފުރަތަމަ ބަލައިލަންވީ ބަޤަރާ ސޫރަތުގެ 232 ވަނަ އާޔަތަށެވެ. އެންމެ ރަނގަޅު ގޮތަކީ ޞުލްހަވެ އެކުގައި ދިރިއުޅުންކަން އެނގިގެންދާނެއެވެ. ދެމަފިރިން ޞުލްޙަވެ އެކުގައި ދިރިއުޅެން ވިސްނައިފިނަމަ ނުވަތަ އެގޮތް ޚިޔާރުޮށްފިނަމަ އެކަމަށް ހުރަސް ނާޅަން ވަނީ އަންގަވައިފައެވެ.  

އަދިވެސް ވަޙީކުރައްވަވާފައިވެއެވެ.  

"--ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަޞީޙަތް ދެއްވަވާފައިވާ ގޮތަކީ އެއީއެވެ."

"--ތިއަބައިމީހުންނަށް އެންމެ ފައިދާހުރި، އަދި، އެންމެ ޠޯހިރުކަންބޮޑު ގޮތަކީވެސް އެއީމެއެވެ."

"--(ތިއަބައިމީހުންނަށް މަޞްލަޙަތު ހުރި ގޮތް) ﷲ ދެނެވޮޑިގެންވެއެވެ. ތިއަބައިމީހުންނަކަށް ނޭނގެއެވެ." 

ކަންމިހެން އޮތް ނަމަވެސް އެކުގައި ދިރިއުޅެވެން ނެތްނަމަ އޮތީ ވަރިކުރުމެވެ. ވަރިކުރުމުގައި މައްސަލައަކަށްވަނީ އެކަނބަލުން ބާކީ ކުރުމެވެ. މިސާލަކަށް ވަރިކުރަން ބޭނުންވުމުން ނިކަމެތި އަޅުންނަށް އެބަހަދައެވެ. އެހެން މީހަކާއި ކައިވެނިކުރަން ވަރިކޮށް މިނިވްނަކޮށްނުދީ އަދި އަންތބެއްގެ ޙައްޤުތަކުން މަޙްރޫމްކޮށްފައި އެބަ ބައިތިއްބަމުއެވެ. އެއިރުން ކަންކަން އެކުރެވެނީ އަޅުންނަށްވުރެވެސް ދަށު ދަރަޖައިގައެވެ. ﷲ ތަޢާލާގެ އަޅަކު ތިބާގެ އަޅަކަށް ހަދަން ހުއްދަކުރީ ކާކުހެއްޔެވެ؟  

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ޢަދުލުވެރިވާށެވެ! އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާށެވެ! ﷲ ތަޢާލާގެ ޢަޛާބް އަރައި ހަމަކުރާނެކަމަށް ބިރުވެތިވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން