ފަހުން ފެނުނު ލޯބިވެރިޔާ މާރަނގަޅުވާނެކަމަށް ބަލައިގެން ކައިވެނި ރޫޅައިލާ ގިނަ މީހުންނަށް އޮންނަނީ ކަރުނައަޅަންޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފަހުން ފެނުނު ލޯބިވެރިޔާ މާރަނގަޅުވާނެކަމަށް ބަލައިގެން ކައިވެނި ރޫޅައިލާ ގިނަ މީހުންނަށް އޮންނަނީ ކަރުނައަޅަންޖެހިފަ!

ޒަވާޖީ ހަޔާތަކަށް ފަށައި ދިރިއުޅެމުން ގޮސް ވަކިހިސާބަކުން ބައްދަލުވާ ލޯބިވެރިޔާއަށް ހިތްދީ، އޭނާ މާރަނގަޅުވާނެކަމަށް ބަލައިގެން ކައިވެނިރޫޅައިލާ ގިނަ މީހުންނަށް އޮންނަނީ ފަހުން ހިތާމަކޮށް ކަރުނައަޅަންޖެހިފައެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ!  

އެޙާލަތުގައި އެއީ އަންހެނަކު ނަމަވެސް އަދި ފިރިހެނަކުނަމަވެސް ލޯބީގައި އަނެކާއަށް ދައްކާނީ އޭނާގެ ޙަޤީޤީ ސިފައެއް ނޫނެވެ. ކަންކަން ދައްކާނީ މާމަތިންނެވެ. އެއީ އަނެކާގެ ހިތް ތިމާގެ މައްޗަށް ލަންބުވައިލުމަށްޓަކައެވެ. އޭނާގެ ޙަޤީޤީ ސިފަ ފެނިގެންދާނީ ކައިވެނިކުރެވި އެކުގައި އުޅެން ފެށުމުންނެވެ.  

އަހުރެންގެ ގާތަށް ކައުްނސިލިންގ ހޯދަން އަންނަ ގިނަ މީހުން ދައްކާ ވާހަކަތަކަށްބަލާއިރު ކުރީގެ ބައިވެރިޔާގެ ކިބައިން ފެނުނު އުނިކަންކަމަށްފަހު ފަހުން ހޯދާ ބައިވެރިޔާގެ ކިބައިން ފެންނަ އުނިކަންކަން މާގިނަވެއެވެ. ލޯބިލިބޭ މިންވަރުވެސް ކުޑަވެއެވެ.  

އެޙާލަތުގައި ކުރީގެ ބައިވެރިޔާ އާއި އަލުން ގުޅެން ބޭނުންވެ އޭނާ ހޯދަންބަލާއިރު އޭނާ ހުންނަނީ ކައިވެނިކޮށްގެންނެވެ. އަދި އެކަނި ހުރިނަމަވެސް ކުރިން ކަންތައް ކުރި ގޮތުން އިތުބާރު ގެއްލިފައިވާތީ އަލުން ގުޅޭކަށް ބޭނުމެއް ނުވެއެވެ. ނަތީޖާއަކަށްވަނީ އަމިއްލައަށް ލިބިގަތް ހިތްދަތިކަމާއި ނިކަމެތިކަމުގައި ޢުމުރަށް އުޅެންޖެހުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން