ގޭގައި ރިވެތި ގޮތުގައި ތިބޭ އަންހެނުންނަށް ކައިވެނިކުރެވުން ލަސްވަނީ ކީއްވެގެންތޯ؟ ދެން އޮތް ބައި ނުބުނާނަން!
ކިޔުންތެރިޔާ އަށް ޖަވާބަކަށް މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ރިވެތި އަޚްލާޤްގެ މަތީގައި ގޭގައި އިންނަ އަންހެނުންނަށް ކައިވެނިކުރެވުން ޢާންމުކޮށް ލަސްވެއެވެ. އެކަމަކު ބައެއް ބަފަހަރު ލަސްނުވެވެސް ރަނގަޅު ބައިވެރިން ލިބި ކައިވެނިކުރެވެއެވެ. ވީމާ ގޭގައި މަޑުކުރާ އެންމެންނަށް ދިމާވަނީ އެއްގޮތެއް ނޫނެވެ.
ދެން ވިސްނާލަންވީ ލަސްވާ އަންހެނުންނަށް އެކަން މެދުވެރިވާ ސަބަބަށެވެ. އަހުރެން ބުނާނީ އެފަދަ ކަނބަލުންނަށް ﷲ ތަޢާލާ ދެއްވަވާނީ އެކަނބުލޭގެފަދަ ރަނގަޅު ބައިވެރިއެކެވެ. އިން ޝާ ﷲ. ދެން މިވާގޮތަކީ ރަނގަޅު ފިރިހެނުންވެސް މަދުވަނީއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ތިއަބުނި ފަދައިން ﷲ ތަޢާލާއަށް ބިރުވެތިވެ ގޭގައި މިހާރު މަޑުކުރާނީ އަހުރެންގެ ވިސްނުމުން ބަލާއިރު 100 އަކުން އެންމެ 10 ވަރަކަށް އަންހެނުންނެވެ. ހަމަ އެނިޞްބަތަށް ފިރިހެނުންވެސް މަދުވާނެ ނޫންހެއްޔެވެ؟
ޔަޤީންކުރަން އޮތްކަމަކީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެގެންއިނދެ ﷲ ތަޢާލާގެ ރަޙްމަތަށް އިންތިޒާރުކުރިނަމަ އެމީހަކަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ތިމާ ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާނެ ބައިވެރިއަކު ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން