އަނެކާގެ އުފާވެރިކަމަށް އިސްކަންދީގެން އުޅެނިކޮށް ކައިވެނި ރޫޅެންޖެހުނު ދެމަފިރިއަކު ނިކަން ދައްކަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަނެކާގެ އުފާވެރިކަމަށް އިސްކަންދީގެން އުޅެނިކޮށް ކައިވެނި ރޫޅެންޖެހުނު ދެމަފިރިއަކު ނިކަން ދައްކަބަލަ!

ކައިވެނި ނުރޫޅި އުފަލުގަ އުޅެވޭނެ ގޮތްތަކަށް އެންމެންވެސް ވިސްނައެވެ. ނަމަވެސް ޢަމަލުނުކުރެވެނީއެވެ. އެހެންވެ އަހުރެން މިބުނަނީއެވެ. "ކައިވެނިކުރުމަށްފަހު އަނެކާގެ އުފާވެރިކަމަށް އިސްކަންދީގެން އުޅޭނަމަ ކައިވެނި ރޫޅެންޖެހުނު ދެމަފިރިއަކު ނިކަން ދައްކަބަލާށެވެ!" 

ޙަޤީޤަތަށް ބަލައިފިނަމަ ކައިވެނި ކުރުމަށްފަހު އަނެކާގެ އުފާވެރިކަމަށް އިސްކަން ދިނުމަކީ ލޯބި އިތުރުވެ އުތުރިއަރަމުންދާނެ އެންމެ ބޮޑު ބާރެވެ! ދެމީހުން އެކުގައި ބަނދެލަދޭނެ ވައުގަނޑެވެ.  

ލޯބިވެގެން ކައިވެނި ނުކޮށް ތިބޭއިރު ވަރަށް ގިނައިން ބުނަމުއެވެ. "އަހުރެންގެ ހުރިހާވެސް އުފަލަކީ ތިބާއެވެ! ތިބާއަށް އުފާވެރިކަން ލިބި އުފަލުގައި ހުރިނަމަ އަހުރެންނަށް ހުރިހާ އުފާވެރިކަމެއް ލިބުނީއެވެ."  

ގިނަ ކައިވެނިތައް ކުރެވެނީ އެތައް ދުވަހެއް ވަންދެން އެކަކު އަނެކަކަށް މިފަދަ ބަސްތައް ބުނެހެދުމަށްފަހުގައެވެ. އެކަމަކު ކައިވެނިކުރެވުމާއިއެކު ކުރިން ބުނަމުން އައި މިބުނި ފަދަ ބަސްތައް ބުނެވުނުކަން ހަނދާނުގައިވެސް ނުހުރެއެވެ. އަދި ކީއްހެޔެވެ؟  ކުރަނީ އަނިޔާއެވެ. ދެނީ ހިތްދަތިކަމެވެ. 

އަހުރެން މިވާހަކަ މިބުނަނީ ވަކި މީހަކަށް ނޫނެވެ. ދެމަފިރިންނަށެވެ. ދެމީހުންވެސް މިކަމަށް ސަމާލުކަން ނުދޭނަމަ ކައިވެނީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟  

ޒަވާޖީ ޙަޔާތަކީ ކާމިޔާބު، އުފާވެރި ޙަޔާތަކަށް ވުމަށް ބޭނުންވާނަމަ ދެމީހުންވެސް ދެކެން ޖެހޭނީ ތިމާގެ އުފާވެރިކަމަކީ އަނެކާގެ އުފާވެރިކަން ކަމުގައެވެ. އަނެކާއަށް ލިބޭ ހިތްދަތިކަމަކީ ތިމާއަށްވެސް ލިބޭ ހިތްދަތިކަން ކަމުގައެވެ.  

އަހުރެން ގޮންޖަހައި ބުނަމެވެ. އެހެން ހުރިހާ ކަންކަން ދުރުގައި ބާއްވާފައި ހަމައެކަނި "ތިމާގެ އުފާވެރިކަމަކީ އަނެކާގެ އުފާވެރިކަން ކަމަށާއި އަނެކާއަށް ލިބޭ ހިތްދަތިކަމަކީ ތިމާއަށްވެސް ލިބޭ ހިތްދަތިކަން" ކަމުގައި ދެކެގެން ދިރިއުޅޭ ދެމަފިރިއަކަށްވުރެ އުފަލުގައި އުޅޭނެ ބައަކު ނުވެއެވެ. ނުވެސް ތިބޭނެއެވެ. މައްސަލަތައް ޖެހި ކަންކަން ގޯހުން ގޯހަށް ބަދަލުވެގެންދަނީ މިކަން މިގޮތަށް ނުދެކެވޭތީއެވެ.

 

- ނާދިރާ / ނަފްސާނީ ޢިލްމުވެރިއެއް

 

މިއަދު އޮންލައިން