ބޭނުންވާ ކަންކަން ކޮށްދިނަސް ހިނިތުންނުވާ، އޯގާތެރިކަމެއް ނެތް ބައިވެރިއަކާއެކު ޙަޔާތެ ވޭތިކޮށްގެން ގާތީ އުފާވެރިކަމެއް ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ބޭނުންވާ ކަންކަން ކޮށްދިނަސް ހިނިތުންނުވާ، އޯގާތެރިކަމެއް ނެތް ބައިވެރިއަކާއެކު ޙަޔާތެ ވޭތިކޮށްގެން ގާތީ އުފާވެރިކަމެއް ނުލިބުން!

އަޅުގަނޑުގެ ފިރިމިހާއަކީ ދީލަތި މީހެކެވެ. މިބުނަނީ ކޮށްދޭންޖެހޭ ކަންކަން ކޮށްދޭ ވާހަކައެވެ. ނަމަވެސް ކޮސްދޭންޖެހޭ ކަންކަން ކަމަށް އޭނާއަށް ވިސްނެނީ ފައިސާ ޚަރަދުކޮށްގެން ކޮށްދޭ ކަންކަން އެކަންޏެވެ. ލޯބިދިނުމާއި އޯގާތެރިވުމަކީ އޭނާ ދަންނަ ކަންކަމެއް ނޫނެވެ.

ކައިވެނިކުރިއިރުވެސް އަޅުގަނޑު ބުނެފައިވާނީ އަޅުގަނޑަށް އެންމެ ބޮޑަށް ބޭނުންވަނީ ލޯބިލިބުން ކަމަށެވެ. ކައިވެންޏަށް 2 އަހަރުވީއެވެ. އާދޭސްކޮށްކޮށްވެސް އެއްވެސް ބަދަލެއް ނައެވެ. ބުނަނީ އެއީ މިޒާޖުކަމަށާއި މިޒާޖު ބަދަލުނުކުރެވެނީ ކަމަށެވެ. މިޙާލަތުގައި ވަރިއަށް އެދުން ހުއްދަވާނެތޯ؟

ޖަވާބުގައި ބުނަންއޮތީ ދަރިަކު ނެތްނަމަ ވަރިއަށް އެދުމަކީ މައްސަލައެއް ނޫނެވެ. ދަރިއަކު ހުރިނަމަ އިތުރަށް ވިސްނައިލަންވާނެއެވެ. އަދި ކޮންމެ ޙާލަތެއްގައިނަމަވެސް ތިއަބާވަތުގެ ކަމަކާއި ގުޅިގެން ވަރިއަށް އެދޭނަމަ ކުރިއާލައި "ރެޑްނޯޓިސް" ދޭންވާނެއެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ޒަވާޖީ ހަޔާތަށްބަލާއިރު ދިރިއުޅުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަކީ ތިމާގެ ސަބަބުން ބައިވެރިޔާއަށް އުފާވެރިކަން ހޯދައިދިނުމެވެ. މާލީ ގޮތުން ތަނަވަސްކަން ކުޑަ ނަމަ އަގުބޮޑު އެއްޗެތި ހޯދައި ނުދެވިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ހިނިތުންވެލެވެންވާނެއެވެ. ހިނިތުންވުމަކީ ޞަދަޤާތެއްކަމުގައި ލައްވަވާފައި އެވަނީވެސް އެސަބަބަށްޓަކައި ކަމުގައި ދެކެމާހެއްޔެވެ؟

ބައިވެރިޔާގެ ކިބައިން ހިނިތުންވުން ނުލިބޭނަމަ އެމީހަކާއިއެކުގައި ދިރިއުޅެން ބޭނުމެއް ނުވެވޭނެއެވެ. މަޖުބޫރުތަކެއް ހުރިނަމަ އެކުގައި އުޅުނަސް ހުރެވޭނީ ހިތްހަމަޖެހިގެނެއްވެސް ނޫނެވެ. މިއަދުނޫހުގެ ކިޔުންތެރިއަކު ކުރިމަތިކޮށްފައިވާ މިސުވާލުންވެސް މިބުނި ބަހުގެ ތެދުކަން އެނގިގެންދެއެވެ.

އަޅުގަނޑަކީ 34 އަހަރުގެ އަންހެނަކީމެވެ. ކައިވެންނަށް 7 އަހަރު ފުރިއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ނަމަވެސް ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި ދުވަހަކުވެސް ފިރިމީހާގެ މޫނުން އެންމެ ފަހަރަކުވެސް އުފާވެރި ހިނިތުންވުމެއް ނުދެކެވެ. ކޮށްދޭންޖެހޭ ކަމެއް ކޮށްދިން ނަމަވެސް ކަލަ ގޮވައެވެ. އަމުރުކުރަން ނޫނީ ދަރިއަކާއި އަނގައިން ބުނަނީއެއްނޫނެވެ! އަޅުގަނޑަށް ހިނިތުން ނުވާތަނުގައި ދަރިންނަށްވެސް ހިނިތުންވަނީއެއް ނޫނެވެ.

ފާހަގަމިކުރީ މަދު ކަންކަމެވެ. 7 އަހަރުވީއިރުވެސް އާދޭސްކޮށްކޮށްވެސް އެއްވެސް ކަމެއް ބަދަލުނުކުރުމުން މިފަދަ އެތައް ކަމަކަށް ކެތް ނުކުރެވިގެން ވަކިވާން ކޯޓަށް ދިއުމުން ރައްޓެހިން ބުނަނީ އަދިވެސް ކެތްތެރިވުމަށެވެ.

މިއަދުނޫހުގައި ޝާއިޢުކުރާ ދިރިއުޅުމާއިބެހޭ ކަންކަމަށް ކިޔުންތެރިންގެ ވަރަށް ރަނގަޅު ކޮމެންޓްތައް ފެނެއެވެ. އެހެންވެ އަޅުގަނޑުގެ މިހާލަތުގައި ވަރިނުވެ އިނުމާއިމެދު ނުވަތަ އެހެންވެސް ކޮމެންޓެއް ކޮށްލަ ދެއްވުން އެދި ކިޔުންތެރިނެގެ ކޮމެންޓަށް ސުވާލު ހުޅުވައިލަމެވެ.

ސުވާލަކީ: 7 އަހަރުވީއިރު ހިނިތުން ނުވާ، މި ބަޔާންކުރި ސފަތައްހުރި ފިރިއަކާއެކު ދިރިއުޅެވިދާނެތޯ؟ އެވެ.

--ލީޝާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން