ބައިވެރިޔާގެ ކިބައިން ވަކިވާން ނިންމުމުގެ ކުރިން ޢަމިއްލައަށް ޙުކުމްކުރަންޖެހޭނެ ކަމެއް އެބައޮތް! ޢަމަލުކުރަންވާނީ އެޙުކުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބައިވެރިޔާގެ ކިބައިން ވަކިވާން ނިންމުމުގެ ކުރިން ޢަމިއްލައަށް ޙުކުމްކުރަންޖެހޭނެ ކަމެއް އެބައޮތް! ޢަމަލުކުރަންވާނީ އެޙުކުމަށް!

ކައިވެނީގެ ވަކިހިސާބަކުން މައްސަލަ ޖެހިއްޖެނަމަ ޚާއްޞަކޮށް ދަރިން ލިބޭފަހުން މައްސަލަ ޖެހިއްޖެނަމަ ބައިވެރިޔާއާއި ވަކިވާން ނިންމުމުގެ ކުރިން އަމިއްލައަށް ކުރަންޖެހޭނެ ޙުކުމެއް އެބައޮތެވެ. 

އަނބިމީހާ ވިސްނަންޖެހޭނީ ބައިވެރިޔާގެ ކިބައިން ލިބޭ ހިތްހަމަނުޖެހުމާއި އެކަނި ދަރިން ގޮވައިގެން އުޅެންޖެހުމުން ކުރިމަތިވާނެ މައްސަލަތަކާއިމެދުގައެވެ. ތިމާއަށް ޢާއިލާގެ އެހީތެރިކަން ނުލިބޭނެނަމަ ނުވަތަ ތިމާއަށް އާމްދަނީ ނުހޯދޭނެނަމަ މިކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. 

ހަމައެގޮތަށް ފިރިމީހާ ވަކިވާން ބޭނުންނަމަވެސް ވިސްނާލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ލިބިފައިވާ ދަރިންނާއި ނުލައި ތިމާއަށް ޙަޤީޤީ ހިތްހަމަޖެހުމެއް ލިބިދާނެކަމާއިމެދުގައެވެ. ތިމާ ދަރިންނަށް ދޭންޖެހޭ ލޯބި ނުދީފިނަމަ ތިމާއަށް ދަރިންގެ ލޯތްބާއި އަޅައިލުން ބޭނުންވާ ދުވަހު ނުލިބިދާނެކަމާއިމެދުގައެވެ. 

ކައިވެނި ރޫލައިލުމަސްފަހު ކުރެވުނު ކަންތަކާއިމެދު ހިތާމަކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ދަރިންގެ ކަންކަމުގައި މިބުނި މަގުން ވިސްނާނުލައި ކަންކަން ނިންމައިލެވޭތީއެވެ. ދަރިންގެ ކަންަކމުގައި މިބުނި މަގުން ވިސްނައި އަމިއްލައަށް ޙުކުމްކޮށް އެހުކުމަށް ޢަމަލުކުރާނަމަ ފަހުން ހިތާމަކުރަންޖެހުން ކުޑަވާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން