ފުރިހަމަ ގޮތުގަ ވުޟޫކޮށް ވުޟޫދުޢާ ކިޔުމުން ލައްވަވާނެ ރަޙްމަތް މިހައި ގިނަކަން އެނގޭތަ؟ ނުފުދޭނެ ބޭނުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
ފުރިހަމަ ގޮތުގަ ވުޟޫކޮށް ވުޟޫދުޢާ ކިޔުމުން ލައްވަވާނެ ރަޙްމަތް މިހައި ގިނަކަން އެނގޭތަ؟ ނުފުދޭނެ ބޭނުމެއް ނެތް!

ގިނަ ބައަކަށް ވިސްނިފައި އޮންނަނީ ވުޟޫކުރުމަކީ ހަމައެކަނި ނަމާދުކުރުމަށްޓަކައި ކުރަން އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ވުޟޫކުރަން އޮތް ރަނގަޅު ގޮތުގައި ވުޟޫކޮށް ވުޟޫދުޢާ ކިޔުމުން ނުފުދޭނެ ބޭނުމެއް ނެތެވެ. އިން ޝާ ﷲ

ވުޟޫކުރުމާއި ވުޟޫ ދުޢާ ކިޔުމަކީ މުސްލިމުން ވަރަށް ގިނައިން ކުރާ ކަމެކެވެ. ނަމަވެސް އެކަމުން ލިބެން އޮތް ފައިދާގެ ބޮޑުކަން އެނގެނީ މަދުބައަކަށެވެ. އެހެންވެ މި ބަލައިލަނީ ވުޟޫކުރުމުންނާއި ވުޟޫދުޢާ ކިޔުންމުން ލިބެންހުރި ބައެއް ފައިދާތަކުގެ މައްޗަށެވެ.

1 ފުރަތަމަ ފައިދާ:

ވުޟޫކޮށްގެން ނިދުމުން އޭނާގެ ފާފަފުއްސަވައިދެއްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވާނެ މަލާއިކަތަކު ލައްވަވައިދެއްވަވާކަން

2 ވުޟޫކޮށް މިދުޢާ ކިޔުމުން އެމީހަކަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުއްވަވައިދެއްވަވާކަން ޙަދީޘްފުޅުން އެނގެން އޮތުން

3 ފިނިގަދަވުމުން ނަމަވެސް ވުޟޫކުރަން ދަތި ޙާލަތުގައި ވުޟޫކޮށް މިދުޢާ ކިޔާ މީހާގެ ފާފަތައް ފުއްސަވައިދެއްވަވާނެކަމާއި ސުވަރުގޭގައި އޭނާގެ ދަރަޖަ އުފުއްލަވައި ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

4 މީގެ އިތުރުން ނިދީން ހޭލައި ދަތިޙާލުގައި ވުޟޫކުރާ މީހާއާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން އެކަން މަލާއިކަތްބޭކަލުންނަށް އަންގަވާނެކަމާއި ދުނިޔެއިން ވެސް އަދި އާޚިރަތުގައި އެދޭ ހުރިހާ ކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

5 ދަންވަރު ނިދީންތެދުވެ ހަމައެކަނި ވުޟޫކޮށްލުމުން ލިބެން އޮތް ނިޢްމަތް މިހައި ބޮޑުއިރު ވުޟޫކޮށް ތަހައްޖުދު ނަމާދުގެ އެންމެ 2 ރަކްޢަތް ނަމަވެސް ކުރުމުން ދެއްވަވާނެ މަތިވެރި ޘަވާބު ނިކަން ހިތަށް ގެނެސްބަލާށެވެ!

6 ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނުގައި މީސްތަކުން ހާޒިރުވެ ތިބޭއިރު ރަސޫލް އަށް މިއުންމަތުގެ މީހުން ފާހަގަ ކުރެއްވެވޭނީ ވުޟޫކުރި ގުނަވަންތަކުގައި ދިއްލިފައިވާ ނޫރުންކަން

ވުޟޫ ދުޢާ:

أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ

اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ 

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ،

މިފަދައިން ކިޔުމުން ކުދި، ބޮޑު އެންމެހައި ޝިރުކުން ހިތް ޠޯހިރުކޮށްދެއެވެ.

وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ

މިފަދައިން ކިޔުމުން ހުރިހާ ބިދުޢަތަކަކުން ހިތް ޠޯހިރުކޮށްދެއެވެ.

اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

މިފަދައިން ކިޔުމުން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވަތެވެ.

  

 

-  ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން