މީސްތަކުންގެ މައްޗަށް ހުރި އެންމެ ބޮޑު ޢަދުއްވަކީ ޝައިޠާނާ! އޭތީގެ ކިބައިން ސަލާމަތްވެހުރުމަށް ކުރެވިދާނެ ބައެއް ކަންކަން-

ކިޔުމަށް ހޭދަވާނީ 5މ 16ސ
މީސްތަކުންގެ މައްޗަށް ހުރި އެންމެ ބޮޑު ޢަދުއްވަކީ ޝައިޠާނާ! އޭތީގެ ކިބައިން ސަލާމަތްވެހުރުމަށް ކުރެވިދާނެ ބައެއް ކަންކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ގިނަ ބައަކު އެންމެ ބޮޑަށް ބިރުގަންނަނީ ޢަދާވާތްތެރިން ދެކެއެވެ. އެމީހުން ދީފާނެ ގެއްލުމަކަށެވެ. އެންމެ ބޮޑަށް މަސައްކަތްކުރެވެނީ ޢަދާވާތްތެރިންގެ ކިބައިން ސަލާމަތްވެހުރުމަށެވެ. 

މީސްތަކުންގެ މައްޗަށް ހުރި އެންމެ ބޮޑު ޢަދުއްވަކީ ޝައިޠާނާއެވެ. އެންމެ ގެއްލުމެއް ލިބޭނީ އޭތީގެ ސަބަބުންނެވެ. އެއީ ނަރަކައަށް ވަންނަން ޖެހުމެވެ.  ޝައިޠާނާއަކީ އިންސާނުން މަގުފުރެއްދުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރާ އެއްޗެވެ. އެނޫން މަސައްކަތެއް އޭތި ނުކުރެއެވެ. 

ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ﴿٥﴾‏

މާނައީ: "ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. (5)" 

އެހެންކަމުން މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއް ކަންކަމެވެ. 

· ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުން: 

ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ކަމެކެެވެ. އަދި ﷲ ތަޢާލާ ޛިކުރު ކުރުމާއި ގުޅޭގޮތުން ކީރިތި ޤުރުއާން ގެ އަހްޒާބް ސޫރަތުގެ 35 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾

މާނައީ: " ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ." 

· ގޭގައި ބަޤަރާ ސޫރަތް ކިޔެވުން: 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޡުކުރައްވާފައިވެއެވެ.

لا تَجْعَلُوا بُيُوتَكُمْ مَقابِرَ، إنَّ الشَّيْطانَ يَنْفِرُ مِنَ البَيْتِ الذي تُقْرَأُ فيه سُورَةُ البَقَرَةِ.

މާނައީ: "ތިޔަބައިމީހުންގެ ގެތައް ޤަބުރުސްތާނުތަކަކަށް ނުހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކުން ޝައިޠާނާ ދުވެފިލައެވެ." 

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

·  ގެއަށް ވަނުމާއި ނިކުންނައިރު ކިޔާ ދުޢާތައް ކިޔުން: 

ގެއިން ވަންނައިރު ކިޔާ ދުޢާ: 

بسم الله ولجنا , و بسم الله خرجنا , و على الله ربنا توكلنا

މާނައީ: ﷲ ގެ އިސްމުފުޅުގެ ބަރަކާތާއި އެކު އަޅަމެން ވަނީމުއެވެ. އަދި ﷲ ގެ އިސްމުފުޅުގެ ބަރަކާތާއި އެކު އަޅަމެން ނިކުތީމުއެވެ. އަދި އަޅަމެން ހައްދަވާ ބޮޑުކުރެއްވި ﷲ އާއި އަޅަމެންގެ އެންމެހާ ކަންކަން ޙަވާލު ކުރީމެވެ." 

ص288 - أرشيف ملتقى أهل الحديث - ما صحة حديث بسم الله ولجنا وبسم الله خرجنا - المكتبة الشاملة الحديثة (al-maktaba.org) 

بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ بِاللَّهِ

މާނައީ: " ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އެންމެހާ ކަންތައްތައް އިނބަ ﷲ އާ ޙަވާލު ކޮށްފީމެވެ. (ހުރިހާ ކަމެއް އިނބަ ﷲ އަށް ވަކީލްކޮށްފީމެވެ.) އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ."

06 من حديث (من قال -يعني إذا خرج من بيته -: بسم الله توكلت على الله ولا حول وَلا قوة إلا بِاللهِ..) (binbaz.org.sa)

 

މިއަދު އޮންލައިން