ދެމަފިރިއަކު މި ގޮތަށް ޢަމަލުކުރީމާ ޙަޔާތަށް އުފާވެރިކަން ނުލިބުނު ދެމަފިރިއަކު ފެނިފައެއް ނެތް! ގޮތްބަލައިލަން ނަމަވެސް ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދެމަފިރިއަކު މި ގޮތަށް ޢަމަލުކުރީމާ ޙަޔާތަށް އުފާވެރިކަން ނުލިބުނު ދެމަފިރިއަކު ފެނިފައެއް ނެތް! ގޮތްބަލައިލަން ނަމަވެސް ޢަމަލުކޮށްބަލަ!

މިރޭވެސް ފަށާނީ ޢާންމުކޮށް ދެމުން އަންނަ ނަބީހަތުގެ ބަސްކޮޅަކުންނެވެ. އެއީ ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ހުންނާނެއެވެ. އެއްވެސް ވަރެއްގެ މައްސަލައެއް ނުޖެހުމަކީ މާބޮޑު މައްސަލައެކެވެ. އުފަކުގައި އުޅެވޭނީ ކުރިމަތިވާ ކުދިކުދި ކަންކަން އެއީ ަމއްސަލައަކަށް ނުހަދައި އެކުގައި އުޅެން މަސައްކަތްކުރީމައެވެ.

އަހަރެމެންގެ ޢާއިލީ ދިރިއުޅުމަށްށް ބަލައިފިނަމަ އެންމެ ގިނައިން އަޑު މިއިވެނީ އަބަދުވެސް ކޮންމެވެސް އެކަކު މާބޮޑު ކުށެއް ކޮށްގެން އުޅޭ ކަމުގެ ވާހަކައެވެ. ބޮޑެތި ކުށް ކުރާ މީހުންވެސް އުޅޭނެއެވެ. ނަމަވެސް ގިނަ ފަހަރަށް އެކަން މެދުވެރިވަނީ ތަފާތު ގޮތަކަށެވެ.

ދެފަރާތާއި ބައްދަލުކޮށް ކަމުގެ ޙަޤީޤަތް ރަނގަޅަށް ބަލައިލާއިރު އެބުނާ ބޮޑު، ބިޔަ ކުށް ވެފައި އޮންނަނީ ވަރަށް އާދައިގެ ކަމަކަށެވެ. އެއިގެ ތެރެއިންވެސް އެންމެ ގިނައިން ފާހަގަކުރެވޭ އެއް ކަމަކީ އަނބިމީހާ ކަމަކު އެދުމުން ފަރުވާކުޑަކުރުމެވެ. ޚާއްޞަކޮށް އަނބިމީހާއަށް ބޭނުންވާ ކަންކަމުގައެވެ.

ވީމާ އެގޮތަށް ކަންކަން ނުކުރާށެވެ. ކޮށްދެވޭ ވަރުގެ ކަމަކަށް އެދިއްޖެ ނަމަ އަވަހަށް ކޮށްދޭށެވެ. ކޮށްދެވެން ނެތް ކަމެއް ނަމަ އެކަން ބަޔާންކޮށް ވަރަށް ލޯބިން ކިޔައިދޭށެވެ! ހެޔޮލަފާ އަންތބަކު ނަމަ އެއިރުން ކުރާނީ ޝަކުވާއެއް ނޫނެވެ. ކުރާނީ ހެޔޮ ދުޢާއެވެ.

ކުށް ކުރެވުނީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ކަމަށްވެސް ވެދާނެއެވެ. އެ ހިސާބުން އެކަން އުޑާހަމައަށް އުފުލަން މަސައްކަތް ނުކުރާށެވެ! އަވަހަށް މާފަށް އެދި ނިންމައިލާށެވެ! އަދި ދެމަފިރިންގެ އުޅުމާ ގުޅިން މުޅިން ބަދަލުކޮށްލާށެވެ! ކުރިއަށްވުރެ މާރަނގަޅު ކޮށްލާށެވެ!

މިބުނަނީ ވަރަށް ބޮޑު ސިއްރެކެވެ! އެގޮތަށް ކަންކަން ބަދަލުކޮށްލައި އުފާވެރިކަން ލިބިގަނެވޭނީ ކުށްކުރި މީހާއަށްވުރެ މާފުކުރި މީހާ ކުރިއަށް ނުކުމެގެންނެވެ. މާފުކުރުމަށްފަހު ބައިވެރިޔާގެމަތިން ފޫހިވާ މީހަކަށްވެގެން ދިރިއުޅުމުގައި އުފާވެރިކަމެއް ނުލިބޭނެއެވެ.

ދެން މިބުނަނީ ޙައްލުގެ ވާހަކައެވެ. މާޒީ އެކުގައި ހަނދާން ނައްތައިލެވޭނެ ގޮތެވެ! މުސްތަޤްބަލުގެ ބައްތިތަކުގެ އަލިގަދަކޮށްލާށެވެ! އެއިރުން މާޒީގެ އަނދިރިކަމެއް ނުފެންނާނެއެވެ. އަނދިރިކަން ގެއްލިގެން ހިނގައިދާނެއެވެ. މާޒީގެ އަނދިރިކަމަށް ކިތަންމެ ވަރަކަށް ވިސްނިނަމަވެސް ކުރާނެ ފައިދާއެއް ނެތެވެ. އުފާވެރިކަން ލިބުންވަނީ މުސްތަޤްބަލުގެ އަލި ގަދަކޮށް ރީތިހައި ކުލަތަކުން މުސްތަޤްބަލް ޒީނަތްތެރިކޮށްލުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކު

 

މިއަދު އޮންލައިން