ދިރިއުޅުމުގަ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވެއްޖެނަމަ މީހުން ކުށްވެރިކުރުން ހުޓާލާފަ ނިކަން ސުންނަތުން ބަޔާންވާ މި ޛިކުރު ކިޔުން ގިނަކޮށްބަލަ! ހެޔޮ ބަދަލެއް ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދިރިއުޅުމުގަ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވެއްޖެނަމަ މީހުން ކުށްވެރިކުރުން ހުޓާލާފަ ނިކަން ސުންނަތުން ބަޔާންވާ މި ޛިކުރު ކިޔުން ގިނަކޮށްބަލަ! ހެޔޮ ބަދަލެއް ފެންނާނެ! އިން ޝާ ﷲ

އަބަދުވެސް ބުނާފަދައިން ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެއީ ދަތި އުނދަގޫ ޙާލަތެއް ނަމަވެސްމެއެވެ. މީހަކު ކުރި ކަމެއްގެ ސަބަބުން ނަމަވެސް އެފަދަ ކަމެއް ކުރިމަތިވާނީ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ. ނަމަވެސް ކަންކަން ކުރިމަތިވުމުން ގިނަބައަކަށް ވިސްނެނީ އެގޮތަކަށް ނޫނެވެ. 

ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވެއްޖެނަމަ ގިނަބއަކަށް ޢާންމުގޮތެއްގައި ކުރެވޭ ކަމަކީ ކޮންމެވެސް މީހަކު ކުށްވެރިކުރުމެވެ. އެކަން މެދުވެރިވީ މިވެނި މީހެއްގެ ސަބަބުން ކަމަށްބުނެ ފާފަވެރިވާފަދަ ވާހަކަތައް ދެއްކުމެވެ. ފާފަވެރިވާފަދަ ކަމަށް މިބުނަނީ ގިނައިން އެފަދަ ވާހަކަތައް ދެއްކެނީ ކުރެވޭ ތުހުމަތެއްގެ މައްޗަށް ކަމަށްވާތީއެވެ. އެގޮތަށް ޢަމަލުކުރުމުން ތިމާ ވެއްޓިގެން މިދަނީ ޢަޛާބުގެ ތެރެއަށް ކަމާއިމެދު ވިސްނައިލެވެނީ ވަރަށް މަދު މީހަކަށެވެ. 

ވީމާ ފުރަތަމަކަމަކަށް ކުރަން އޮތްކަމަކީ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވިޔަސް އަސްތަގްފާރުކޮށް ތައުބާވުން ގިނަކުރުމެވެ. އަސްތަޣްފާރުކުރުން ގިނަކުރުމަކީ ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކުރައްވަވާ ސަބަބަކަށްވާތީއެވެ. އަދި ސުންނަތުން ޘާބިތުވާ މިޛިކުރުވެސް ކިޔާށެވެ! 

މާތް ނަބިއްޔާ () އަށް ދަތި އުދަނގޫފުޅު ކަމެއް ކުރިމަތިވެވަޑައިގެންފިނަމަ އެކަލޭގެފާނު ވިދާޅުވެއެވެ. 

لا إِلَه إلا الله العَظِيْمُ الحَليْمُ ، لا إله إلا الله رَبُّ العَرْشِ العَظِيْمِ ، لا إله إلا الله رَبُّ السَّمَاوَاتِ ، وَرَبُّ الأَرْضِ ، وَرَبُّ العَرْشِ الكَرِيْمِ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން