ޢުމުރުން ދުވަސްވެ މުސްކުޅިވިޔަސް އަނބިމީހާގެ ހިތުގަ ޖެއްސީމަ ޒުވާން ޢުމުރުގަ ކުރިފަދައިން އަސަރުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޢުމުރުން ދުވަސްވެ މުސްކުޅިވިޔަސް އަނބިމީހާގެ ހިތުގަ ޖެއްސީމަ ޒުވާން ޢުމުރުގަ ކުރިފަދައިން އަސަރުކުރޭ!

ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ހިތަށް އަސަރުކުރާވަރު ކުޑަވާނެތޯ؟  

މިސުވާލުގެ ޖަވާބަކީ ކުޑައެއް ނުވާނެއެވެ. ވާނީ ބޮޑެވެ. އެއް ސަބަބަކީ ޒުވާން އިރުގައި ކަންކަމަށް ކުރިމަތިލައި ކާމިޔާބު ހޯދުމުގެ ހިތްވަރު ހުންނާނެއެވެ. ނަމަވެސް މުސްކުޅިވުމުން އެހިތްވަރު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.  

ތިރީގައިވާ ލިޔުމުން އިތުރު ބައެއް ކަންކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަންހެނުންގެވެސް ޢުމުރުން ދުވަސްވުމުން ހަށިގަނޑަށް ބަދަލކުތަކެއް އައުދެއެވެ. ނަމަވެސް އެއްގޮތެއްގައި ދެމިހުންނަ ކަމެއް އެބައޮތެވެ. އެއީ ހިތަށް އަސަރުކުރުމެވެ. ވީމާ މިހާރު މުސްކުޅީވީމާ ހިތަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް ބަލައި  

ޢިބްރަތްތެރި ބަހެއްގައި ބުނެފައިވެއެވެ. "އަންހެނުންނަކީ މަލެއް ފަދަ އެއްޗެކެވެ. ތަނޑު ގަހުން ވަކިކޮށްލައިފިނަމަ މޯޅިނުވާނެ ގޮތެއް ނުހެދޭނެއެވެ. ހަމައެފަދައިން އަނބިންގެ ހިތުގައި ޖައްސައި ރޮއްވާލައިފިނަމަ ޢުމުރަށްވެސް އެމީހުންގެ ހިތުން އެކަމެއް ފިލުވައެއް ނުލެވޭނެއެވެ."  

މިބަސް މިހާރުވަނީ ވަރަށް ރަނގަޅަށް ދިރާސާކޮށްފައެވެ. ދިރާސާއިން އެނގުނު 2 ކަމެއްގެ ވާހަކަ  ބުނެލާނަމެވެ.  

- އަންހެނުންގެ ޢުމުރުން ދުވަސްވެ މުސްކުޅިވީނަމަވެސް ހިތުގެ ނާޒުކުކަމަކަށް ބަދަލެއް ނައުދެއެވެ. ވީމާ އަނބިމީހާ ކިތަންމެ މުސްކުޅިވާފަހުންވިޔަސް ހިތުގައި ޖައްސައި ރޮއްވާލައިފިނަމަ ހަމަ އެންމެ ޒުވާން ޢުމުރުގައި ކުރާ ވަރަށް ހިތަށް އަސަރުކުރެއެވެ. 

- އަންހެނުންގެ ހިތުގައި ޖެއްސުމުން ހިތަށް ކުރާ އަސަރު ބޭރުފުށަށް ނުދައްކައި ފޮރުވަން އުޅޭވަރަކަށް ހިތުގައި އުފެދޭ ނަފްރަތު ބޮޑުވެގެންދެއެވެ.  

ވީމާ އަހުރެން ބުނަލަން ބޭނުންވަނީ އަނބިމީހާގެ ޒުވާން ޢުމުރު ދިއުމުން ނުވަތަ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން މާބޮޑު އަސަރެއް ނުކުރާނެކަމަށް ބަލައި ހިތުގައި ނުޖައްސާށެވެ. އެކަމުން ކުރާނެ އަސަރަކަށް ބަދަލެއް ނުއަންނާނެއެވެ.  

ޒުވާން ޢުމުރު ފަސްދިނުމުން ކެތްތެރިވުމުގެ ޤާބިލުކަން އިތުރުވެދާނެއެވެ. އެއިގެ މާނައަކީ އަސަރުކުރާ މިންވަރުކުޑަވުމެއް ނޫނެވެ. އަސަރު ހަމަ ކުރާވަރަށް ކުރާނެއެވެ.  

މިދެއްކި ވާހަކައިގެ މާނަ އޮޅުވާލައިގެން ނުވާނެއެވެ. އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރާނަމަ ދެމީހުންވެސް ކަންކަން ކުރަންވާނީ ވިސްނައިގެންނެވެ. އަނެކާގެ ހިތުގައި ޖެހޭނެ ގޮތަށް ކަންކަން ކޮށްގެން ނުވާނެއެވެ. އެކަމުން ކުރާ އަސަރު ދިރިއުޅުމުގެ ހުރިހާ ދިމާއަކުންވެސް ދާނީ ފެންނަމުންނެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން