މަސައްކަތުގަ އުޅޭ ވަޤުތުތަކުގައިވެސް މަދުވެގެން ދުވާލަކު 2 ފަހަރު މިނިޓަކަށް ނަމަވެސް ވާހަކަދައްކާ ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބިއިތުރުވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
މަސައްކަތުގަ އުޅޭ ވަޤުތުތަކުގައިވެސް މަދުވެގެން ދުވާލަކު 2 ފަހަރު މިނިޓަކަށް ނަމަވެސް ވާހަކަދައްކާ ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބިއިތުރުވޭ!

އަމިއްލަ ބައަކު ދާދިފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ދެމަފިރިން އެކުގައި ވަޒީފާގައި އުޅުނަސް އަދި ފިރިމީހާ އެކަނި ވަޒީފާއަދާކުރިޔަސް ވަޒީފާގެ ވަޤުތުގައި ކިތަންމެ ކުޑަކުޑަ ވަޤުތުކޮޅަކަށް ނަމަވެސް މަސައްކަތުގެ ވަޤުތުގައި ވާހަކަ ދައްކައިލާ ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބިވެސް އިތުރުވެއެވެ. އަދި މަސައްކަތް ނިމުމުން ވީހާއަހަކަށް ގެއަށްގޮސް ބައްދަލުކުރާ ދެމަފިރިންގެ ލޯތްބާއި ގުޅުން ބޮޑުތަނުން އިތުރުވެއެވެ. އަދި އެންމެ ބޮޑަށް ލޯތްބާއި ގުޅުން އިތުރުވެގެންދަނީ މަސައްކަތް ނިމުމަށްފަހު ވިހާގިނަ ވަޤުތު އެކުގައި ހޭދަކުރާ ދެމަފިރިންގެއެވެ.  

މިދިރާސާކުރަން 300 ވަރަކަށް ދެމަފިރިންނާއި އެކިފަހަރުމަތިން ވާހަކަދެއްކުނު ކަމަށް ދިރާސާކުރިމީހުން ބުނެއެވެ. އަދި މިކަމަށް 4 މަސްދުވަސް ހޭދަކުރި ކަމަށްވެސް ދިރާސާކުރި ޓީމުން ބުނެފައިވެއެވެ.  

ރާއްޖޭގައިވެސް ތަފާތު ނަންނަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ވަރަށް ގިނައެވެ. އެފަދަ ޖަމިއްޔާތަކުންވެސް މިފަދަ ދިރާސާތައްކޮށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރާނަމަ އެކަމުގެ ފައިދާ ބޮޑުތަނުން މުޖުތަމަޢުއަށް ކުރާނެއެވެ. އެކަމަކު ގިނައިން މިފެންނަނީ ޙައްޤުތަކާއި ނަފްސާނީގެ ވާހަކަތައް ފަތުރާތަން ކަމަށްވުމަކީ ގިނަބައެއްގެ ހިތުގައި ސުވާލުއުފެދޭ އުފެދޭ ކަމެކެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ފައިދާކުރާނެއެވެ! އިން ޝާ ﷲ  

ވަރަށް މަދު ޤައުމެއްގައި ނޫނީ މިޒަމާނުގައި ގިނަ ދެމަފިރިންނަކީ ވަޒީފާއަދާކުރާ ދެމަފިރިންކަމަށް ބުނެވިދާނެއެވެ. ވަޒީފާ އަދާނުކޮށް ގޭގައި ތިބޭ އަންހެނުން ބޮޑުތަނުން މަދުވެއްޖެއެވެ. ޚާއްޞަކޮށް ޒުވާން ޖީލަށް ބަލައިފިނަމަ އެކަން ވަކިން ބޮޑަށް ފާހަގަކުރެވޭނެއެވެ.  

ދެމަފިރިން ވަޒީފާއަދާކުރިނަމަވެސް އަދި ގޭގައި އަނބިމީހާ އިންނަމަވެސް މުޅި ދުވަސް ނުވަތަ ވަޒީފާގެ ވަޤުތު ނިމެންދެން ދެމީހުން ކޮންމެވެސް ވަރަކަށް މުޢާމަލާތުނުކޮށް ނުތިބޭށެވެ. ވަޤުތުވީވަރަކުން އަނގައިން ބުނެލާށެވެ. މެސެޖެއް ނަމަވެސް ކޮށްލާށެވެ. އެކަކު އަނެކަކަށް ސަމާލުކަންދޭކަމާއި ވީހާއަވަހަކަށް ބައްދަލުކުރަން ބޭނުންވާކަން ހާމަކޮށް މަސައްކަތް ނިމުމުން އަވަހަށް ގެއަށްދާށެވެ.  

މިއަދު މިއީ ކުރަން އުނދަގޫ ކަންކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް އަތުގައި އަމިއްލަފޯނެއް ގެންގުޅޭއިރު ކިތަންމެ ވަރަކަށް މަސައްކަތްބުރަނަމަވެސް މިބުނިވަރުކޮށްލެވޭނެއެވެ. އެވަރުކޮށްނުލެވޭނަމަ މަޑުމަޑުން ދެމީހުންގެ ގުޅުން ދާނީ ކެނޑެމުންނެވެ. އަނެކާގެ ކޯލަކަށް ނުވަތަ މެސެޖަކަށް އިންތިޒާރު ނުކުރާނެ ހިސާބަށް ކަންކަން ދާނެއެވެ. އެހިސާބުން ދެމީހުންގެ ގުޅުން ކނޑެން ފަށާނެއެވެ.  

ބައެއް މީހުން ކުރާ މަސައްކަތުގެ ގޮތުން އަމިއްލަ ބޭނުމަކު ފޯނުގައި އަތްލަން ވަޤުތުނުވެދާނެ ދުވަސްވެސް އަތުވެދާނެއެވެ. އެފަދަ ދުވަހެއް އައިނަމަވެސް އެއީ ދަމަހައްޓާ ކޮންމެ ދުވަހުގެ އާދައަކަށް ނުހަދާށެވެ.  

ހަމައެއާއިއެކު ކޮންމެ ދުވަހަކުވެސް ކުރެވިދާނެ އެއްކަންތައް އެބައޮތެވެ. އެއީ މަސައްކަތް ނިމުމުން ވީހާއަވަހަކަށް ގެއަށް ދިއުމެވެ. ގެއަށް ގޮސް އަނބިދަރިންނާއި ބާއްވަންޖެހޭ ގުޅުން އެންމެ ފުރިހަމަގޮތުގައި ބޭއްވުމެވެ. އެކަން ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެއެވެ. އެކަންކުރެވޭނަމަ ދާނީ ފޫބެދެމުންނެވެ.  

ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. ނުދެވިއްޖެނަމަ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުން ގޮސް ދެމީހުންގެ ގުޅުން ކެނޑުން އޮންނާނީ ދާދިގާތުގައެވެ. ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އެގުޅުން ދިރުވައި ދެމެހެއްޓުމަށްވުރެ މުހިންމު ކަމެއް އޮތަނުދޭށެވެ. ދިރިއުޅުން އުފާވެރިކުރެވޭނީ އެއިރުންނެވެ.

 

- އަލަފް

މިއަދު އޮންލައިން