ރަނގަޅަށް އުޅެމުންދާ ދެމަފިރިއެއްގެ ދެމެދަށް ވަނުމުގެ ކުރިން ކޮންމެ އަންހެނަކުވެސް އަދި ފިރިހެނަކުވެސް މިކަންކަމަށް ފުންކޮށް ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ރަނގަޅަށް އުޅެމުންދާ ދެމަފިރިއެއްގެ ދެމެދަށް ވަނުމުގެ ކުރިން ކޮންމެ އަންހެނަކުވެސް އަދި ފިރިހެނަކުވެސް މިކަންކަމަށް ފުންކޮށް ވިސްނައިލާށެވެ!

މީހަކު ތިބާއަށް ދެވަނަ އަންތބަކަށްވުމުގެ ފުރުޞަތު ދީފިނަމަ ވިސްނާލަންވާނެއެވެ. އެފުރުޞަތުގެ ބޭނުން ހިފަންވާނީ ހެޔޮގޮތުގައެވެ. އަމިއްލަ އެދުމަށްވުރެ އެދެމަފިރިންގެ ދިރިއުޅުމަށް އިސްކަންދީގެންނެވެ. އެއިރުން އެކަން އެކުރެވެނީ ރަނގަޅު ގޮތުގައެވެ. ނަމަވެސް އަމިއްލައެދުން ކުރިއަށް ނެރެގެން ކަމެއްކޮށްފިނަމަ އެކަން އެމީހަކާއި ބައްދަލުކުރާނެއެވެ. ކުރަންޖެހޭ ހިތާމަތައް މާބޮޑުވާނެއެވެ.  

ހަމަ އެގޮތަށް ފިރިހެނުންވެސް ދެމަފިރިއެއްގެ ދެމެދަށް ވަދެގަންނަމަ އެއީ ވަރަސް ބޮޑު ނުރައްކަލެކެވެ. އެކަމުން އެމީހަކަށް ލިބޭ އުފަލަށްވުރެ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ. ދުނިޔޭގައި މިއަދު ގިނައީ އަންހެނުންނެވެ. ފިރިހެނެއްގެ އެހީތެރިކަމަށް އެދި އާދޭސްކުރަމުން އަންނަ އަންހެނުން (އެކަނިވެރިމައިން) އެހައި ގިނައެވެ. ހުވަފަތް އަންހެނުން އެހައި ގިނައެވެ. އެހެންކަމަށްވާއިރު ދެމަފިރިއެއްގެ ދެމެދަށް ވަދެގަންނަވީ ކީއްކުރަން ހެއްޔެވެ؟ 

ދެން މިދައްކަނީ އެންމެ މުހިންމު ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!  

ޝައިޠޯނާ އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭނީ އަންހެނުން މަގު ފުރެއްދުމަށެވެ. ސަބަބަކީ އަންހެނަކު މަގުފުރެއްދިއްޖެނަމަ އޭނާގެ ސަބަބުން އެތައްބައިވަރު އިތުރު ބައަކު ލައްވައި ފާފަކުރުވަން ޝައިޠޯނުންނަށް ފަސޭހަވެގެންދާނެތީއެވެ.  

މިބުނި ބަހުގެ ތެދުކަން އެއީ ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ. އެކަމުގެ ހެކިތައް އަބަދުވެސް މިދަނީ ފެންނަމުންނެވެ. ދެމަފިރިންގެ މެދުގައި މައްސަލަތައް ޖައްސުވަންވެސް ޝައިޠޯނާ އެއުކުޅު ބޭނުންކުރާނެއެވެ. ފރިންނަށް އެހައި ފަސޭހައިން ގުޅޭނެ އަންހެނުން ލިބޭ ސަބަބަކީ ވެސް އެއީއެވެ. ގިނަ ފަހަރު އެއަންހެނަކަށް ފުރަތަމަ ވާނުވާވެސް ނުއެނގޭނެއެވެ. ހުންނާނީ އަވާމެންދުރެއްގައެވެ. އެފިރިހެނަކާއި ގުޅެވިއްޖެނަމަ ކުރާނެ ފައިދާތައް ވިސްނޭވަރުން އެކަން ކާމިޔާބު ނުވަނީސް ރަނގަޅަށް ނުވެސް ނިދޭނެއެވެ.   

އެއީ ރަނގަޅު ދިރިއުޅުމެއް ދިރިއުޅެމުން އަންނަ ފިރިއެއް ކަމާއި މިކުރެވޭ ކަމަކީ ތިމާފަދަ އެހެން އަންހެނަކަށް ބޮޑު ދެރައެއް ދިނުންކަން ހިތަށްވެސް ނުއަރާނެއެވެ. އަދި ފަހުން އުފުލަންޖެހޭނެ ތަކްލީފްތަކާއި ލިބިދާނެ ހިތްދަތިކަމާއިމެދު ވިސްނައިވެސް ނުލެވޭނެއެވެ. ސަބަބަކީ ޝައިޠޯނުން މަންޒަރު ގިރިޓީކުރާލެއް ބޮޑުކަމުންނެވެ.  

އެހެންވެ ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ދެމަފިރިންގެ ދޭތެރެއަށް ވަދެގަންނަ އަންހެނުންނަށް އެވެވެނީ ޝައިޠޯނުންގެ އެޖެންޓުންނަށެވެ. ނުވަތަ ބައިވެރިންނަށެވެ. ވީމާ މިކަންކަމަކީ އަންހެނުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. އެދެމަފިރިންގެ ދިރިއުޅުން ތިމާ ލައްވައި ހަލާކުކޮށްލުވި ފަދައިން ތިމާގެ ދިރިއުޅުންވެސް ބޮޑު ބިލާހަކަށް ހަދައިލާނެކަމާއިމެދު ވިސްނަންވާނެއެވެ.  

މިކަންކަމަކީ އަބަދުހެން ގިނަބައަކަށް ކުރަންޖެހޭ ތަޖުރިބާއެއްކަން ޤަބޫލުކުރެވޭއިރުވެސް ސަމާލުކަން ނުދެވެނީ ހަމަ ޝައިޠޯނާގެ ސަބަބުންނެވެ. އޮތީ ވިސްނައި ހޭލުންތެރިވާން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން