ޤިޔާމަތްވުމުން ކައްވަޅުން ތެދުވެ ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސް ހުއްޓިހުރުމުގަ ސަލާމަތްކަން ލިބޭނީ މިދުނިޔޭގަ ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއަ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޤިޔާމަތްވުމުން ކައްވަޅުން ތެދުވެ ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސް ހުއްޓިހުރުމުގަ ސަލާމަތްކަން ލިބޭނީ މިދުނިޔޭގަ ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއަ މީހަކަށް!

މީސްތަކުންނޭވެ! ޤިޔާމަތްވުމުން މީސްތަކުން ތިބި ކައްވަޅުތަކުން ނެރުއްވެވުމުން ދެން ކުރަން ޖެހޭނެ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމެވެ. އޭނާ ކުރަންޖެހޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހިސާބުން އިތުރުރަށް ވާންޖެހޭނެ އަދި ވެވޭނެ ތައްޔާރީއެއްވެސް ނުއޮންނާނެއެވެ. ކުރަން ޖެހޭނެހަމައެކަނި ކަމަކީ އޭނާގެ ހިސާބު ބެއްލެވުމަށްޓަކައި ގޮސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރުމެވެ. 

ދެން މިކަންވެސް ސިފަކޮށްލާށެވެ! ތިބާއަށް ފަތިހު ހޭލެވުނީއެވެ. އެވަޤުތަކީ ކުރާނެ އެއްވެސް މަސައްކަތެއް އޮންނާނެ ވަޤުތެއް ނޫނެވެ. ކައްވަޅުގައި މީސްތަކުން ތިބޭނެ ފަދައިން ގިނަ ބައަކު ތިބޭނީ ކުޑަމަރުވުމުގައެވެ،. ނިދުމުގައެވެ. 

އެހެންކަމުން ތިމާއަށް ހޭލެވުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށް އަވަސްވެގަންނާށެވެ! ފާޚާނާކޮށް، ތާހިރުވެ ވުޟޫކޮށްގެން އަވަހަށް މިސްކިތުގެ ޖަމާޢަތަށްދާށެވެ. އެއިރުން ތިމާއަށް ހުއްޓިހުރެވޭނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. 

ޤިޔާމަތް ދުވަހު ކައްވަޅުން ތިމާ ނެރުއްވެވުމުން ހަމަޖެހިލައިގެން ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސް ހުއްޓިހުރެވޭނީ ދުނިޔޭގައި މިބުނި މަގުން ﷲ ތަޢަލާގެ ޙަޟްރަތަށް ދިއަ މީހެކެވެ. ދުނިޔޭގައި އެކަމަށް ކަންނެތްވެ ނުކުޅެދިއްޖެ މީހަކު އަމިއްލައަށް އެފޭލަވަނީ ޤިޔާމަތް ދުވަހަށެވެ. ޤިޔާމަތް ދުވަހު ތިމާއަށް ކުރިމަތިލާންޖެހޭނެ ކަންކަމަށެވެ. 

ޤިޔާމަތް ތިމާއަކީ ފޭލްވެފައިވާ މީހަކު ކަމުގައި ވުމަކަށް ހަމަ އެންމެ މުސްލިމަކުވެސް ނުއެދޭނެއެވެ. އެހެންކަމަށްވާއިރު ފަތިސްނަމާދަށް ނުހޭލަނީ ކީއްވެގެންހެއްޔެވެ؟ ހޭލައިގެންގޮސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟ 

ލޮބުވެތި އުޚުތުންނޭވެ! ތިއަ ކަނބަލުންނަށް ހޭލެވުމާއިއެކު މުސައްލަމައްޗަށް އަރަން އަވަސްވެގަންނާށެވެ! ތިއަކަނބަލުންނަށް ހެޔޮކަންބޮޑުވެގެންވަނީ އެގޮތެވެ.

 

- މަޢުލޫމާތު: ޝައިޚް އަބޫބަތުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން