ﷲ ތާޢާލާ ކޯފާވެވޮޑިގެން ލައްނަތް ނުލައްވަވާނެ މީހަކަށްވުމުގެ ފުރުޞަތު އެންމެނަންށްވެސް ވަނީ ދެއްވަވާފަ! އޮތީ ފުރުޞަތުގެ ބޭނުން ހިފުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ﷲ ތާޢާލާ ކޯފާވެވޮޑިގެން ލައްނަތް ނުލައްވަވާނެ މީހަކަށްވުމުގެ ފުރުޞަތު އެންމެނަންށްވެސް ވަނީ ދެއްވަވާފަ! އޮތީ ފުރުޞަތުގެ ބޭނުން ހިފުން!

ކިރިޔާ ކަމެއް ދިމާވިޔަސް މީހުން މީހުންދެކެ ރުޅިއައުދެއެވެ. ދެވުނުހައި ގެއްލުމެއް ދޭން މަސައްކަތްކުރެއެވެ. ނަމަވެސް މިކަމުގައި ﷲ ތަޢާލާ މީސްތަކުންނަށް ދީލަތިވެވޮޑިގެންވެއެވެ. އެއީވެސް މީސްތަކުން ﷲ ތަޢާލާއަށް ޝުކުރުވެރިވާންޖެހޭނެ ކަމެކެވެ.

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބިރުވެތިވާންވީ އެމީހަކީ ﷲ ތައާލާ ލަޢްނަތް ލެއްވެވި މީހަކު ކަމުގައި ވެދާނެ ކަމަށްޓަކައެވެ. އެހެނީ އެއްވެސް މީހަކީ ﷲ ތަޢާލާ ލައްނަތް ލެއްވެވި މީހުންގެ ތެރޭގައި ހިމެނިއްޖެ  ނުވަތަ ހިމެނޭ މީހަކު ކަމުގައި ވެއްޖެނަމަ އެއީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ. އެހިސާބުން އެމީހެއްގެ ދެ ދުނިޔެ ގެއްލިގެން ދިއައީއެވެ.  

އެފަދަ މީހަކު ކަމުގައި ނުވެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެފަދަ މީހަކު ކަމުގައި ނުވުމަށްޓަކައި ﷲ ތަޢާލާ އެންގެވި ގޮތަށް ނޫނީ އެއްވެސް ކަމެއް ނުކުރުމަށް ގަދަ އަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ގިނަގިނައިން ތައުބާވާން ޖެހޭނެއެވެ.  

މިކަން ހަނދާން ހުންނަނީ މަދުމީހެކެވެ. އަވަހަށް އިޞްލާޙްކޮށްލާށެވެ! ތިބާއަކީ ﷲ ތަޢާލާ ލައްނަތް ލެއްވެވި މީހަކު ކަމުގައި ނުވުމަށްޓަކައެވެ. ނިޢްމަތް ލިބޭނީ އެ ނިޢްމަތް ހޯދަން މަސައްކަތްކުރާ، އެ ނިޢްމަތަށް އެދި ދަންނަވާ އަޅުންނަށެވެ. ބޮޑާވެ ފާފަކުރުންމަތީގައި ދެމި ތިބޭ ޖާހިލު ޖައްބާރުންނަކަށް ނޫނެވެ.  

ﷲ ތަޢާލާއީ ފާފަ ފުއްސަވައިދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. އަހަރެމެން އެދި ދެންނެވުމުން ދުވާލު ކުރެވޭ ފާފަތައް ރޭގަނޑު ﷲ ތަޢާލާ ފުއްސަވައި ދެއްވަވަތެވެ. ރޭގަނޑު ކުރެވޭ ފާފަތައް ދުވާލު ފުއްސަވައި ދެއްވަވަތެވެ. އެއް ނަމާދާއި އަނެއް ނަމާދާއި ދެމެދު ކުރެވޭ ފާފަތައްވެސް ފުއްސަވައިދެއްވަވައެވެ. ވީމާ ﷲ ތަޢާލާގެ ދީލަތިވަންތަކަން ވަރަށް ރަނގަޅަށް އެބަ އެނގިގެންދެއެވެ.  

ﷲ ތަޢާލާ އެއްވެސް އިންސާނަކަށް ކޯފާވެވޮޑިގެން ލައްނަތް ލައްވަވާނީ އެމީހެއްގެ ނުބައިކަން ހައްދުފަހަނައަޅައި ދިއުމުންނެވެ. ތައުބާވުމަށް ފަސްޖެހި ބޮޑާވުމުންނެވެ. އެންމެ ނުބައިކަން ބޮޑު އިބިލީހަށްވެސް ލައްނަތް ލެއްވެވީ ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމަށްފަހުގައިވެސް ބޮޑާވެ ކިބުރުވެރިވުމުންނެވެ. މިކަން މިމޭރުމުން ކީރިތި ޤްރުއާނުގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. އެއީ އެފަދަ ނުބައި ޖާހިލު ޖައްބާރުން ކަމުގައި ނުވުމަށްޓައެވެ.  

ﷲ ތަޢާލާ އީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެންމެ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ކޮންމެ ނަމާދެއްގެ ކޮނަމެ ރަކްއަތެއްގައި އެކަން ޤަބޫލުކޮށް އެކަމުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެބަ ދަންނަވަމުއެވެ. ނަމާދު ފަށަނީވެސް ރަހްމާން ވަންތަ ރަޙީމް ވަންތަ ﷲ ގެ އިސްފުޅުންނެވެ. އެއަށްފަހު މިދަންނަވަނީ " (އެކަލާނގެއީ) ރަޙްމާން ވަންތަ ރަޙީމް ވަންތަ ރަސްކަލާނގެ ކަމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން