މިއަަހަރުގެ ރަމަޟާންމަހު ދަސްވެނިވި ޙާފިޡުންގެ ޢަދަދަށްވުރެ އަންނަ ރަމަޟާންމަހު ދަސްވެނިވާ ދަރިވަރުންގެ ޢަދަދު ދެގުނައަށް އިތުރުވާނެ! އިން ޝާ ﷲ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މިއަަހަރުގެ ރަމަޟާންމަހު ދަސްވެނިވި ޙާފިޡުންގެ ޢަދަދަށްވުރެ އަންނަ ރަމަޟާންމަހު ދަސްވެނިވާ ދަރިވަރުންގެ ޢަދަދު ދެގުނައަށް އިތުރުވާނެ! އިން ޝާ ﷲ: ޑރ. ޝަހީމް

ނިމިގެންދިއަ ރޯދަމަހު ދަސްވެވިނީ 24 ދަރިވަރުންކަމށާއި އަންނަ ރޯދަމަހުގެ 27 ވިލޭރޭ 50 ވަރަކަށް ދަސްވެނިވާނެކަމަށް ލަފާކުރެއްވޭކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް 284 ޙާފިޡުން އެބަތިބި ކަމަށާއި އިންޝާ ﷲ މި 5 އަހަރު ތެރޭ 500 އަށް އަރާނެ ކަމަށެވެ. 

ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައިކަންވެސް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. 

(ކުރިން ޙާފިޡުންނަށް އެލަވަންސްގެ ގޮތުގައި ދެމުން އައީ މަހަކު 2000 ރުފިޔާއެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒުވަނީ އެޢަދަދު މަހަކު 4000 ރުފިޔާއަށް އިތުރުކޮށްދެއްވައިފައެވެ.) 

ޑރ. ޝަހީމް ވިދާޅުވީ ޙިފްޡް ކްލާސްތަކުގައި މިހާރުވެސް 1500 ވަރަކަށް ދަރިވަރުން ޤުރްޢާން ހިތުދަސްކުރަމުން ގެންދާ ކަމަށެވެ. "ގިނައީ ކުޑަކުދިންނާ ޒުވާނުން. އެންމެ ގިނަދަސްކުރަނީ ޤުރްއާނާބެހޭ މަރުކަޒުން. ދެން ޢިލްމް އިންސްޓިޓިޔުޓުން."

 

 

މިއަދު އޮންލައިން