ތިބާ 1 މިލިއަން ޑޮލަރަށް އެދިގެން ދުޢާކުރިޔަސް ޢިޖާބަކުރައްވަވައި ހިންމަވައި ދެއްވަވާނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިބާ 1 މިލިއަން ޑޮލަރަށް އެދިގެން ދުޢާކުރިޔަސް ޢިޖާބަކުރައްވަވައި ހިންމަވައި ދެއްވަވާނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

ތިމާ ކަމަކަށް އެދިގެން ދުޢާކުރާތާ އެތައް އަހަރުތަކެއް ފާއިތުވެގެންދާއިރުވެސް ދުޢާ ޢިޖާބަ ނުކުރެއްވެވި ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކަން އެހެންނަކުން ނުވާނެއެވެ. ދުޢާ ޢިޖާބަކުރައްވަވާނެތެވެ. އެކަން އެމީހަކަށް ނުއެނގެނީއެވެ.  

އަޑުއަހާށެވެ! "ޔާ ﷲ! މިއަޅާއަށް 1 މިލިއަން ޑޮލަރު ދެއްވަވާނދޭވެ!" މިފަދައިން ދުޢާކުރިޔަސް ޢިޖާބަ ކުރައްވަވާނެތެވެ. އެކަން ހިނގާނެ ގޮތް މިކިޔައިދެނީ ޙަދީޘްފުޅުން އެނގެން އޮތް ގޮތަށެވެ.  

އެއްގޮތަކީ އެއް މިލިއަން ޑޮލަރު ދެއްވެވުމެވެ. އެއިރުވެސް ތިބާގެ އަތަށް 1 މިލިއަން ޑޮލަރު ދެއްވަވާނީއެއް ނޫނެވެ. ކޮންމެވެސް ސަބަބެއް މެދުވެރިކުރައްވަވައި ދެއްވަވާނީއެވެ. މިޘާލަކަށް ޢާއިލާގައި ހުރި ތަނަވަސް މީހަކު މަރުވުމާއިގުޅިގެން އޭނާގެ މުދަލުންވެސް ދެއްވަވައިފާނެއެވެ.  

ދެން އޮތީ އެމީހަކަށް ނުއެނގި ދެއްވަވާނެ ގޮތެވެ. އެއިގެ ތެރެއިން އެއްގޮތަކީ ތިމާ ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި އެފަދަ ތަނަވަސްކަމެއް ދެއްވެވުމެވެ. ދެވަނަ ގޮތަކީ ތިބާއަށް ލިބެން އޮތް އެވަރުގެ ބޮޑު ގެއްލުމަކުން ތިބާ ސަލާމަތްކުރެއްވެވުމެވެ. އެއިރުންވެސް ތިބާއަށް ތިބާ އެދުނު ފަދައިން 1 މިލިއަން ޑޮލަރު ލިބުނީއެވެ.  

ވީމާ ދުޢާކުރީމާ ޢިޖާބަ ނުކުރެއްވެވިކަމަށް ހީވެސް ނުކުރާށެވެ! އެފަދަ ބަހެއްވެސް ނުބުނާށެވެ! ބުނެވިއްޖެނަމަ ޢިޖާބަ ނުކުރައްވަވައިފާނެކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން