މިސްކިތުގަ ރޯދަވީއްލަން ތައްޔާރުވެ ބަންގިގޮވަން އެންމެ މިނިޓަކަށްވެފައި ވަނިކޮށް ރޯދަވީއްލަން ސުވަރުގެ ދެވުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިސްކިތުގަ ރޯދަވީއްލަން ތައްޔާރުވެ ބަންގިގޮވަން އެންމެ މިނިޓަކަށްވެފައި ވަނިކޮށް ރޯދަވީއްލަން ސުވަރުގެ ދެވުނު މީހެއްގެ ވާހަކަ-

މުސްލިމް ޖަމާޢަތެއްގެ ދަޢުވަތަކަށް އަހުރެން ލަންޑަނަށް ދިއައިމެވެ. ދެވުނީ ހުކުރުވިލޭރެއެއްގައެވެ. ވަރުބަލިވެފައިހުރިވަރުން އެރޭ ހޮތަލުގައި ހޭދަކޮށްލުމަށްފަހު ހުކުރު ދުވަސް ހޭދަކުރީ ހުކުރުކުރުމާއި ދަރުސް ދިނުމުގައެވެ. 19،20 ވަރަކަށް ގަޑިއިރު ރޯދައަށް ހުންނަން ޖެހެއެވެ. 

ރޯދަވީއްލާ ވަޤުތު ޖެހުމުން އަހުރެންވެސް ގޮސް މިސްކިތުގެ ސުފުރާގައި ބައިވެރިވީމެވެ. އިރުއޮއްސެން އެންމެ މިނިޓަކަށް ގާތްވެފައި ވަނިކޮށް ސުފުރާގައި އަހުރެންގެ ކުރިމަތީގައި މީހަކަށް ގޮތެއްވެގެން އެއްބައަކު އުޅުނީ އޭނާގެ ކަންތަކުގައެވެ. 15 ވަރަކަށް މިނިޓްފަހުން އެނގުނީ އޭނާ ނިޔާވެއްޖެކަމެވެ. 

މަޢުލޫމާތު ލިބުނު ގޮތުގައި އޭނާއަކީ ރޯދައަށް ހުރެ މަރުވާން ބޭނުންވެގެން ސުންނަތް ރޯދަތައްވެސް ހިފާމީހެކެވެ. މިސްކިތުގައި އިންދައި މަރުވާން ބޭނުންވެގެން މިސްކިތުގައި ގިނަވަޤުތު ހޭދަކުރާ މީހެކެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އަހުރެން އެއްވެސް މީހަކާއިމެދު ގޮތް ނިންމަނީއެއް ނޫނެވެ. އޭނާއާއިމެދު މިލިބުނު މަޢުލޫމާތަށާއި ކަންކަން މެދުވެރިވި ގޮތަށްބަލާއިރު ބުނެވެން އޮތީ އޭނާ އެދުނު ގޮތަށް އޭނާއަށް ހިންމަވައި ދެއްވެވީއެވެ. ދުނިޔޭގައި ރޯދަހިފައިގެން ރޯދަވީއްލަން ސުވަރުގެ ދެވުނީއެވެ. އިން ޝާ ﷲ 

ލޮބުވެތި އެކުވެރިންނޭވެ! އަހުރެމެން ކޮންމެ މީހަކު ނަމަވެސް ހެޔޮލަފާ ނިމުމަކަށް އެދިގެން އޭނާ އެކުރި ގޮތަށް މަސައްކަތްކޮށްފިނަމަ އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އަހުރެންގެ އާދޭހަކީ އެމީހާ ފަދަ މީހަކަށްވުމަށް ހުރިހާ މުސްލިމުންވެސް މަސައްކަތްކުރުމެވެ. އަހުރެންގެ މިވާހަކަ ކޮޅުގެ ޔޫޓިޔުބް ބަލާ މީހުންވެސް އަދި ލިޔުމުން ކިޔާ މީހުންވެސް އެމިހާއަށް ފާފަފުއްސަވައި ދެއްވެވުމަށާއި ސުވަރުގެ ދެއްވެވުން އެދި ދުޢާކޮށްދޭށެވެ! އެންމެ ކުޑަމިނުން ޢާމީން ކޮމެންޓްކޮށްލައިދޭށެވެ! މީހަކަށްޓަކައި ހެޔޮ ދުޢާކުރުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. 

(ވީޑިއޯގައި އަޑުން ފާހަގަކުރެވުނަސް ޝައިޚްގެ ނަން ނެތުމުން ލިޔަން ނުކެރުނީއެވެ. ޔަޤީނުންވެސް އެޝައިޚުގެ ގިނަ ދަރުސްތަކެއް މިއަދުނޫހުގައި ވަނީ ޝާއިޢުކުރެވިފައެވެ.)

 

 

މިއަދު އޮންލައިން