ދުޝްމިނުން ބަލިކުރުމަށާ ހިތްދަތިކަމާ ކަންބޮޑުވުންތަކުން އަރައިގަންނަން ފުރަތަމަ ލިބިގަންނަންޖެހޭ އަވަސްފަރުވާ! ޤުރްއާނާ ސުންނަތުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދުޝްމިނުން ބަލިކުރުމަށާ ހިތްދަތިކަމާ ކަންބޮޑުވުންތަކުން އަރައިގަންނަން ފުރަތަމަ ލިބިގަންނަންޖެހޭ އަވަސްފަރުވާ! ޤުރްއާނާ ސުންނަތުން-

ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ކުއްލި ފަރުވާ ދޭ އުޞޫލުން މީހަކު ތިބާގެ ހިތްދަތިކުރަން އުޅެފިނަމަ، އަދި ހތްދަތިވާފަދަ ކަމެއް ކޮށްފިނަމަ ނުވަތަ ހިތްދަތިވާ ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަވެސް ލިބިގަންނަން އޮތް ކުއްލި ފަރުވާއަކީ 2 ރަކްޢަތް ނަމާދެއްކޮށް ނަމާދުގައި ސަޖިދަ ދިގުކޮށްލައި ދުޢާކުރުމެވެ. އަލްޙީޖްރް ސޫރަތުގެ 97، 98، 99 ވަނަ އާޔަތް ބަލާށެވެ. މިބުނި ބަސް ޔަޤީންކުރެވޭނެއެވެ.

އެހެނަސް ތިމާގެ ހިތްދަތިކުރަން އުޅެފިނަމަ، އަދި ހިތްދަތިވާފަދަ ކަމެއް ކޮށްފިނަމަ ގިނަ ބައަކަށް ފުރަތަމަވެސް ކުރެވޭ ކަމަކީ އެމީހަކަށް ރައްދުދިނުމެވެ. އެއްޗެތި ގޮވުމާއި އެމީހަކު ރުޅިއަންނާނެ ކަންކަން ކުރުމެވެ. ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވަނީ އެގޮތަށް އެކަންކުރާކަށް ނޫނެވެ.

މީސްތަކުންނޭވެ! ހިތްދަތިކަމާއި ހުރިހާ މުޞީބާތްތަކުން ވެސް ސަލާމަތްވެވުން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުންނެވެ. ވީމާ އެކަންކަން ކުރިމަތިވުމުން ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ އެކަންކަން ކުރިމަތިވުމުން ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެކަމަށް އަވަސްވެގަންނަ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެތެވެ!

ވިސްނާށެވެ! މައްކާގެ މުޝްރިކުން ރަސޫލް ﷺ ގެ ހިތްޕުޅު ދަތިކުރަން ނުކުރާ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް އެމީހުން ކުރި ކަންކަމުގެ ސަބަބުން އިތުރަށް ނިކަމެތިކަން ލިބުނީ ހަމައެމީހުންނަށެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވެވި ގޮތަށް ރަސޫލް ﷺ ޢަމަލުފުޅު ކުރެއްވެވީތީއެވެ.

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުން ހަމަ އެ ނިޢްމަތް އަހަރެމެންނަށްވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

ކުރިން ބުނިފަދައިން ފުރަތަމަވެސް ދެ ރަކްޢަތް ނަމާދެއް ކޮށް ސަޖިދަ ދިގުކޮށްލައި ދުޢާކުރާށެވެ! އަދި ތަސްބީޙްކިޔުން ގިނަކުރާށެވެ. ވީމާ މީހަކު ނުބައި ކަމެއް ކުރުމުން ރައްދުދީ ނުބައި ބަސްބުނެހެދުމުގެ ބަދަލުގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާށެވެ. އެމީހަކަށް ނަބްރު ދެއްވަވާނެތެވެ. އިން ޝާ ﷲ. މިއީ ޤުރްއާނާއި ސުންނަތުން ޘާބިތުވާން ހުރި ކަންކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން