މާލީ ދަތިކަން ކުރިމަތިވެފައިވާނަމަ ތިމާއަށާ އަދި އެޙާލުގައިވާ އެންމެންނަށްޓަކައިވެސް ކުރަން ފައިދާހުރި ދުޢާއެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މާލީ ދަތިކަން ކުރިމަތިވެފައިވާނަމަ ތިމާއަށާ އަދި އެޙާލުގައިވާ އެންމެންނަށްޓަކައިވެސް ކުރަން ފައިދާހުރި ދުޢާއެއް: މުފްތީ މެންކް

ޔާ ﷲ! މިއަޅާއަށާއި މިއަޅާފަދައިން ދަތިޙާލުގައިވާ އެންމެންނަވެސް ރިޒުޤް ތަނަވަސްކޮށްދެއްވަވާނދޭވެ! އަދި ޙަލާލް ރިޒުޤް އިތުރުވާނެ މަސައްކަތްތައް ކުރަން މަގުފަހިކޮށްދެއްވަވާނދޭވެ! އާމީން  

ޔާ ﷲ! މިއަޅާއަށާއި ދަތިޙާލުގައި އުޅެންޖެހުމުން ދަރަނިވެރިވެފައިވާ އެންމެންގެ ދަރަނިތައް އަދާކުރެވޭނެ މަގެއް ދައްކަވައި ދެއްވަވައި އެކަމަށް އޮތް ކަންބޮޑުވުމުން އަޅަމަމެންގެ ހިތްތައް ސަލާމަތްކޮށް ދެއްވަވާނދޭވެ! އާމީން 

ޔާ ﷲ! މާލީ ދަތިތައް ކުރިމަތިވެ މަސައްކަތާއިގެން ކުރިއަށް ނުދެވިފައިތިބި އެންމެންނަށް ބަންދުވެފައިވާ ދޮރުތައް ހުޅުއްވަވައި ދެއްވަވާނދޭވެ! ވަޒީފާ ގެއްލިފައިވާ މީހުންނަށާއި ވަޒީފާ ނުލިބި ތިބި އެންމެންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވަވާނދޭވެ! އާމީން  

ޔާ ﷲ! އަޅަމެން އެންމެންނަށް ދެއްވަވާ ރިޒުޤުގައި ބަރަކާތް ލައްވަވާނދޭވެ! އަދި އިނބަ ﷲ ދެއްވަވާ ތަނަވަސްކަމުގެ ސަބަބުން އަލަމެންގެ ހިތްތައް އިނބަ ﷲ އާއި ޛައްރެއްގެ މިންވަރަށްވެސް ދުރުވުމަށް އިރާދަ ނުކުރައްވަވާނދޭވެ! އަދި އިނބަ ﷲ ދެއްވަވާ ތަނަވަސްކަމަކީ އިނބަ ﷲ އާއި އިތުރަށް ކުއްތަންވެވޭނެ ސަބަބެއް ކަމުގައި ލައްވަވާނދޭވެ! އާމީން  

ޔާ ﷲ! އިނބަ ﷲ އަޅަމެންނަށް ދެއްވަވާ މަދުމިންވަރުންވެސް ޞަދަޤާތްކުރުމުގެ ހިތްވަރު އަޅަމެންނަށް ދެއްވަވާނދޭވެ! ތަނަވަސްކަމަށް ދަހިވެތިވުމުގެ ނުބައިކަމުން ސަލާމަތްކޮށް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ގެ މަގުގައި ދީލަތިވާ ބައަކު ކަމުގައި ލައްވަވާނދޭވެ!

އާމީން 

މިދުޢާ އެކުވެރިންނަށާއި ޢާއިލާގެ އެންމެންނަށް ޝުއާކޮށްދޭށެވެ! އެމީހުން ކުރާ ދުޢާގެ ސަބަބުންވެސް ތިބާއަށް ރަހްމަތް ލައްވަވައި ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން