ޢާއިޝަތު ރަފާޙް ޢަލީ
އަހުރެންމެ އެންމެ ބޮޑު ޢަދުއްވަކީ ޝައިޠޯނާއެވެ. ވީމާ ޝައިޠޯނާ ފައްސައި ދުރުކުރަން އަބަދުވެސް މަސައްކަތްކުރަންޖެހޭނެއެވެ. އޭތީގެ ވަސްވާސްތަކުން ސަލާމަތްކަން ލިބޭނީ ތިމާއާއި ގާތްވިޔަ ނުދިނީމައެވެ.
· ނިދުމުގެ ކުރީން އާޔަތުލްކުރުސި ކިޔެވުން:
ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔެވުމަކީ އެމީހަކު ނިދީން ހޭލަންދެން އެމީހާގެ ޙިމާޔަތުގައި މަލާއިކަތަކު ބަހައްޓަވައިދެއްވަވާ ކަމެވެ. އެހެންކަމުން ޝައިޠޯނާޢަކަށް އާޔަތުލްކުރުސި ކިޔަވައިގެން ނިދަން އޮންނަ މީހާ އާއި ކައިރިއެއް ނުވެވޭނެއެވެ.
حديث أبي هريرة، وفيه قول الشيطان له: “إِذَا أَوَيْتَ إِلَى فِرَاشِكَ، فَاقْرَأْ آيَةَ الكُرْسِيِّ ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ ، وَلَا يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِح”. فقال النبي صلى الله عليه وسلم : ((أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ)). [رواه البخاري تعليقا (2311)]
އަބޫ ހުރައިރާގެ މި ޙަދީޘް. ޝައިޠާނާ އަބޫހުރައިރާއަށް ބުނި ބަސްތައް “ތިބާ ނިދަން އޮށޯވެއްޖެނަމަ، އާޔަތުލް ކުރުސީ ކިޔާށެވެ. ފަހެ ހަމަކަށަވަރުން އޭރުން، ތިބާ ރައްކާތެރިކުރައްވާ މަލާއިކަތެއް ފަތިސްވަންދެން ހުންނާނެއެވެ. އަދި ތިބާއާ ޝައިޠާނާ ހަމަކަށަވަރުން ކައިރިވެސް ނުވާނެއެވެ.” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައިޠާނާ ބުނި މި ބަސްތަކާ ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. “އޭނާއަކީ ބޮޑުވެގެންވާ ދޮގުވެރިޔަކަށް ވީކަމުގައިވިޔަސް މިފަހަރު އޭނާ ތިބާގާތުގައި އެބުނީ ތެދެކެވެ.”
· ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުން:
ﷲ ތަޢާލާ ނަޙްލު ސޫރަތުގެ 98 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ﴿٩٨﴾
މާނައީ: ”ފަހެ، ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!“