ފާފަފުއްސަވައިދެއްވެވުން އެދި ކުރެވިދާނެ ތަންކޮޅެއް ދިގު ޛިކުރަށް އެދޭ މީހުންނަށް ޚާއްޞަ ކިޔާލަން ފަސޭހަ 2 ޛިކުރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ފާފަފުއްސަވައިދެއްވެވުން އެދި ކުރެވިދާނެ ތަންކޮޅެއް ދިގު ޛިކުރަށް އެދޭ މީހުންނަށް ޚާއްޞަ ކިޔާލަން ފަސޭހަ 2 ޛިކުރު-

ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދިގެން "އަސްތަޣްފިރުﷲ" ކިޔުމުންވެސް ފުދޭނެ ކަމަށް ބުނުމުން ގިނަ ބައަކު ހިތްހަމައެއް ނުޖެހެއެވެ. ބޭނުންވަނީ ތަންކޮޅެއް ޛިކުރެކެވެ. އެެހންވެ މަސައްކަތް މިކުރަނީ އެފަދަ ޛިކުރެއް ބުނެދިނުމަށެވެ!  

ފާފަފުއްސަވައި ދެއްވެވުން އެދި ދެންނެވުމަކީ ކުރަން އެންމެ ފަސޭހަ ކަންތަކެވެ. ދުލުން ކިޔެން ނެތްނަމަ ހިތަށް އަރުވައިލުމުންވެސް ކުރެވެން އޮތް ކަމެކެވެ. މައްސަލައަކަށްވަނީ އިޚްލާޞްތެރިކަން މަތީގައި ދެމިހުރުމެވެ. ވީމާ އެންމެ ބޮޑަށް މަސައްކަތްކުރަންވީ ތައުބާވުމަށްފަހު އިޚްލާޞްތެރިކަންމަތީގައި ދެމިހުރުމަށެވެ. 

ދުލުން ޛިކުރު ކިޔަން އެދޭ މީހާ މިފަދަ ކުރު ޢިބާރާތަކުން ދެންނެވިނަމަވެސް ފުދޭނެއެވެ. އިން ޝާ ﷲ   

أستغفر الله الذي لا إله إلا هو الحي القيوم وأتوب إليه 

ޔާ ﷲ! އިނބަ ﷲ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކުނުވެއެވެ! އިނބަ ﷲ އީ ހުރިހ ކަންކަމުން ފުދިވޮޑިގެންވާ، އެހެން އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެންނުވާ ރަސްކަލާނގެއެވެ! މިއަޅާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! މިއަޅާގެ ތައުބާ ޤަބޫލުފުޅުކުރައްވަވާނދޭވެ! އާމީން    

اللّٰهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ، دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ، وَعَلاَنِيَّتَهُ وَسِرَّهُ  

O Allah, forgive me all my sins, minor and major, first and last, open and secret. 

ކުރިންނާއި ފަހުން، ސިއްރާއި ފައުޅުގައި ކުރެވިފައިވާ ކުދި، ބޮޑު އެންމެހައި ފާފަތައް ފުއްސަވައިދެއްވެވުން އެދި މިފަދައިން ދުޢާކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން