ސުވަރުގެ ވައްދަވާނީ ކޮންމެ ހާހަކުން އެންމެ މީހަކުކަން އެނގޭއިރު އެހަނި ފުރުޞަތު ލިބިގަންނަން އިހްމާލްވާ މީހަކީ ސުވަރުގެ ވަންނަން އެދޭ މީހަކަށް ވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ސުވަރުގެ ވައްދަވާނީ ކޮންމެ ހާހަކުން އެންމެ މީހަކުކަން އެނގޭއިރު އެހަނި ފުރުޞަތު ލިބިގަންނަން އިހްމާލްވާ މީހަކީ ސުވަރުގެ ވަންނަން އެދޭ މީހަކަށް ވާނެތަ؟

އަހުރެން މިޢަދަދުތަކުން ވާހަކަ މިދައްކަނީ ހެކި ފެންނާތީއެވެ. އެންމެ ޘާބިތު ހެއްކަކީ ބަންގިގޮވުމުން ޖަމާއަތުގެ ނަމާދަށްދާންޖެހޭ އެންމެން މިސްކިތަށްދާނަމަ އެންމެންނަށް ޖަމާޢަތުގައި ނަމާދުކުރެވޭނެވަރަށް އެއްވެސް ޤައުމެއްގެ މިސްކިތްތަކަކު ޖާގައެއް ނެތެވެ. އެކަމަކު އުޅެން މިޖެހެނީ މިސްކިތްތައް ފަޅު ނުފިލައިގެންނެވެ. އެކަމުން އެކަނިވެސް އަހުރެން މިދައްކާ ވާހަކައިގެ ތެދުކަން އެނޭނެއެވެ.

މިޘާލަކަށް ބުނާނަމަ މެންދުރު ނަމާދަށް ބަންގި ގޮވަން 5 މިނިޓަށްވީއެވެ. ކުއްލިއަކަށް ލިބުނީ ފޯން ކޯލެކެވެ. ވިޔަފާރީގެ ބޭނުމަކު 10 ވަރަކަށް މިނިޓްތެރޭ މީހަކު ތިބާ އާއި ބައްދަލުކުރަން އަންނަ ވާހަކައެވެ. ނޫން ނަމަ ލިބުނީ ލޯބިވެރިޔާގެ ފޯނުކޯލެކެވެ.

ނިކަން ބުނެބަލާށެވެ! ﷲ އަށްޓަކައި ތެދުބަހުން ތިބާ ޖަވާބުދީބަލާށެވެ! ތިބާ އެވަގުތު ދާނީ ޖަމާއަތުގައި ބައިވެރިވާން މިސްކިތަށް ހެއްޔެވެ؟ ނޫނީ ވިޔަފާރި ޑީލް ނިންމާލަން މަޑުކުރާނީ ހެއްޔެވެ؟ ނޫންނަމަ ލޯބިވެރިޔާ އާއިއެކު އެވަގުތުކޮޅު ހޭދަކޮށްލާނީހެއްޔެވެ؟ އެއް ވަގުތެއްގައި ކުރަން އޮތީ 3 ކަމެކެވެ!

އަހަރެން ޔަޤީން ކަމާއިއެކު ބުނެފާނަމެވެ. މިއަދު މިފެންނަ ޙާލަތުގައި "މިދަނީ ނަމާދަށް! ފަހުގެ ވަގުތެއްގައި ގުޅައިލާ! ނޫނީ ނަމާދުން އައިސް އެބަ ގުޅައިލަން!" ބުނެ ނަމާދަށް ދާނީ 100 އަކުން ގިނަވެގެން 2 މީހުންހައި މަދުބައެކެވެ.. ވީއިރު އަހަރެމެންގެ ހިތުގައި ﷲ ތަޢާލާއަށް މިއޮތީ ކޮން ލޯތްބެއް ހެއްޔެވެ؟ ކޮން ބިރުވެތިކަމެއް ހެއްޔެވެ؟ ކޮންމެ ހާހަކުން ނަރަކައަށް ވައްދަވާ 999 ގެ ތެރޭގައި ތިބާ ހިމެނިދާނެކަމަށް އެބަ ބިރުގަނެވޭ ހެއްޔެވެ؟ ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާނީ ކޮންމެ 1000 މީހަކުން އެކަކުކަން އެނގެން އޮތްއިރުވެސްމެއެވެ.

އަދި އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދާއިބެހޭގޮތުންކަންވެސް އެނގެން އެބައޮތެވެ. ސުވަރުގެއާއި ދިމާއަށް ބަލައިލެވެން އޮތީވެސް ނަމާދު ފުރިހަމައަށް އަދާކޮށްގެންކަން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ!

މިކަންކަން ހުރިހާ މުސްލިމުންނަށްވެސް އެނގި ޤަބޫލުކުރާއިއރު މިއަދު 98 އިންސައްތަ މީހުން ނަމާދަށް ދަނީ ޖަމާއަތަށް ދިއުމުން ﷲ ތަޢާލާ ދެއްވަވާ ގިނަގުނަ ސަވާބަށް ބަލައި، ސަވާބު އެދިގެނެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ދުނިޔަވީ ގޮތުން މަންފާ ކުރާނެ ކަމެއް އެވަގުތު ކުރަން ނެތުމުންނެވެ! ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް ޙަޤީޤަތަކީ މިއީއެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ކުރެވޭ ނަމާދުތަކުން މިކަން ވަރަށް ރަނގަޅަށް އެނގި ސާބިތުވެއެވެ.

ސުވަރުގެ ވައްދަވާ މީހުންގެ އަދަދު ހާހަކުން މީހަކަށް މަދުވެގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ނަމާދުކުރާ އަދަދު މިއަށްވުރެވެސް މާ މަދުވާނެތީއެވެ. ދުނިޔަވީ އެދުންތައް ކަރުގައި އަޅައިގެންނާ ކޮނޑު ޖަހައިގެން ދުވާ މީހުން ގިނަވާނެތީއެވެ!

ވީމާ ކޮންމެ 1000 އަކުން ސުވަރުގެ ވައްދަވާ އެންމެ މީހާގެ ތެރޭގައި ތިމާ ހިމެނޭތޯ މަސައްކަތްކުރުން އޮތީ ހަމަ ތިމާއަށެވެ.!

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން