ތިމާގެ ޢަމަލުތައް ޤަބޫލުފުޅުކުރެއްވެވުން އެދިގެންވެސް ހޯމަދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފަން މަސައްކަތްކުރާށެވެ!

ކިޔުމަށް ހޭދަވާނީ 6މ 22ސ
ތިމާގެ ޢަމަލުތައް ޤަބޫލުފުޅުކުރެއްވެވުން އެދިގެންވެސް ހޯމަދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފަން މަސައްކަތްކުރާށެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

މީސްތަކުންގެ ތެރެއިން ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ ސުންނަތް ރޯދަހިފުމަށް ކަމަށް ބުނެވެން އެބައޮތެވެ. އެއީ ސުންނަތް ރޯދަހިފާ މީހުންގެ ޢަދަދު މަދުކަމުންނެވެ. ސުންނަތް ރޯދަހިފާ މީހުންގެ ތެރެއިންވެސް ބައެއް މީހުން ތިބެނީ ނުހިފައިވާނެ ގޮތަކަށް ބަލަބަލައެވެ. ކިތަންމެ ކުޑަކުޑަ ޢުޙުރެއް މެދުވެރިވިޔަސް ފުރަތަމަ ކަމަކަށްވެސް ރޯދަ ނުހިފާ މީހުން އަންނަނީ ގިނަވަމުންނެވެ.  

ރޯދައިގެ ތަޢާރަފް: 

ރޯދައަކީ ﷲ ތަޢާލާއަށް އަޅުކަން ކުރުމުގެ ގޮތުން، ފަޖުރުއްޞާދިޤުގެ އަލިކަން ފާޅު ވީއްސުރެ އިރުއޮއްސިއްޖެއުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަ ގެއްލެނިވި އެންމެހާ ކަންކަމުން ރައްކާތެރިވެ ހުރުމެވެ. 

އެގޮތުން ﷲ ތަޢާލާ އަޙްޒާބު ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾‏ 

މާނައީ: "ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. (35)" 

ސުންނަތް ރޯދައިގެ ތިން ދަރަޖައެއް ވެއެވެ. އެއީ ދެދުވަހުން އެއްދުވަހު ރޯދަ ހިފުމާއި، ހޯމަ ބުރާސްފަތީގައި ރޯދަ ހިފުމާއި، ކޮންމެ މަހުގެ ތިން ދުވަހު ރޯދަ ހިފުމެވެ. 

އެހެންކަމުން މި ލިޔުމުގައި މިބަލާލަނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ސުންނަތް ރޯދައަށް ހުރުމަށް އައިސްފައިވާ ޙަދީޘުތަކުގެ މައްޗަށެވެ. 

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވާތީ އެކަމާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.  

" تعرض الأعمال يوم الاثنين والخميس، فأحب أن يعرض عملي وأنا صائم‏"‏ 

މާނައަކީ: “ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް ހުށައެޅޭ ދުވަހަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ފަހެ ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ހުށަހެޅެން ތިމަންކަލޭފާނު ލޯބިކުރައްވަމެވެ." 

Riyad as-Salihin 1256 - The Book of Virtues - كتاب الفضائل - Sunnah.com - Sayings and Teachings of Prophet Muhammad (صلى الله عليه و سلم) 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.  

"وَسُئِلَ عَنْ صَوْمِ يَوْمِ الِاثْنَيْنِ، قَالَ ذَاكَ يَوْمٌ وُلِدْتُ فِيهِ، وَبُعِثْتُ فِيهِ، أَوْ أُنْزِلَ عَلَيَّ فِيهِ"

.މާނައީ: "ހޯމަ ދުވަހު ރޯދަ ހިފުމާ ބެހޭ ގޮތުން އެކަލޭގެފާނާ ސުވާލުކުރެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިމަންކަލޭގެފާނު އުފަންވި ދުވަހެވެ. އަދި ތިމަންކަލޭގެފާނަށް ފޮނުއްވި ނުވަތަ ބާވައިލެއްވި ދުވަހެވެ.(އެކަލޭގެފާނަށް ނަބީކަން ދެއްވާ ކީރިތި ޤުރްއާން ދެއްވި ދުވަހެވެ.)" 

23 من حديث (أن رسول الله سئل عن صوم يوم عرفة..) (binbaz.org.sa)

މިއަދު އޮންލައިން