ޙަރާމް ލޯތްބާ ޙަލާލު ލޯބީގެ ތަފާތު ވަރަށް ބޮޑު!-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޙަރާމް ލޯތްބާ ޙަލާލު ލޯބީގެ ތަފާތު ވަރަށް ބޮޑު!-: މުފްތީ މެންކް

އެކަކު އަނެކަކުދެކެވާ ލޯބީގައި މިއޮތީ ދެގޮތެކެވެ. ނުވަތަ ދެ ލޯތްބެކެވެ. އެއްބާވަތަކީ ޙަރާމް ލޯތްބެވެ. އަނެއްބާވަތަކީ ޙަލާލް ލޯތްބެވެ. ދެން ބަލައިލަންވީ ދެލޯބީގައި ހުރި ތަފާތަށެވެ.  

ޙަރާމް ލޯތްބަކީ ގިނަ ދުވަހަށް ދެމިގެންދާނެ ލޯތްބެއް ނޫނެވެ. އެއީ ވަރަށް ކުޑަކުޑަހިނދުކޮޅަކަށް ދެމިގެންދާނެ ލޯތްބެކެވެ. ދެމިގެންދާނީ އަނެކާގެ ކިބައިން ތިމާ ޙާޞިލުކުރަން ބޭނުންވާ ބޭނުން ފުދެންދެންނެވެ. އެކަން ޙާޞިލުކުރެވުމުން އެއޮތީ އެލޯބިވުން ނިމިފައެވެ. 

އެއިގެ ބަދަލުގައި ޙަލާލު ލޯބީގައި ނިމުމެއް ނެތެވެ. ދުނިޔޭގެ ޙަޔާތުގައި ޢުމުރަށް ދެމިގެންދާނެއެވެ. އުފާވެރިކަމުގައެވެ. ހިތްހަމަޖެހުމާއިއެކުގައެވެ. ޤިޔާމަތް ދުވަހު ސުވަރުގޭގައި އެކުގައި ތިބެވޭނެއެވެ. ދެމީހުންނަށް ދުވަހަކުވެސް ވަކިވާކަށް ނުޖެހޭނެއެވެ.  

ވީމާ ތިބާދެކެ ލޯބިވާކަމަށް މީހަކު ބުނެފިނަމަ ފުރަތަމަވެސް ތިއަވަނީ ކޮން ލޯތްބެއްތޯ ސުވާލުކުރާށެވެ! ޙަލާލް ނޫންކަމަށްބުނެފިނަމަ ޝުކުރިއްޔާއަކުން ނިންމައިލާށެވެ! ޙަލާލް ލޯބިނަމަ ބަލައިގަންނާށެވެ!  

އަހުރެންގެ ދުޢާއަކީ އެންމެންވެސް އަނެކާދެކެވާ ލޯތްބަކީ ޙަލާލު ލޯބިކަމުގައިވުމެވެ. އާމީން.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން