އަހުރެން މިހެންބުނީމާ ރުޅިއަންނާނެ ބައަކު ތިބޭނެއެވެ. އެކަމަކު އަހުރެން މިބުނަނީ ކަންތައް ހިނގަމުން އަންނަ ގޮތެވެ. ޚާއްޞަކޮށް މުސްލިމް ޤައުމުތަކުގައި ކަމެއް ކުރަން ބޭނުންވެއްޖެނަމަ ފުރަތަމަވެސް ހޯދަންޖެހޭނީ އެމީހަކަށް އެކަންކޮށްދެވޭނެ މީހެކެވެ. ފުލުހެއް، މަޖިލިސް މެންބަރެއް މިހެންގޮސް ކޮންމެވެސް ނުފޫޒުގަދަ މީހެކެވެ. އެންމެ ކުޑަމިނުން ވަޒީފާއެއް ހޯދަން ބޭނުންވިނަމަވެސްމެއެވެ.
އެހެންވެ އަހުރެން މިބުނެދެނީ ތިބާ އެކަނިވެރިވެ އެހީތެރިވާނެ މީހަކު ނެތި ނިކަމެތިވެއްޖެނަމަ އެފަދަ އެއްވެސް މީހެއްގެ އެހީތެރިކަމާއި ނުލައި ތިބާއަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދާނެ ގޮތެކެވެ.
ﷲ ތަޢާލާގެ އިސްމްފުޅުތަކުގެ ތެރެއިން އަލްފައްތާޙް އިން ދަންނަވާށެވެ! އެއްވެސް މީހަކު އެހީތެރިނުވިޔަސް އަދި މެދުވެރިނުވިޔަސް ތިބާއަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ.
ވިސްނާށެވެ! ޔޫނުސްގެފާނު މަހެއްގެ ބަނޑުގައި އިންނެވިއިރު، މޫސާގެފާނު ގިނިކަންޏާ މަދްޔަނަށް ވަޑައިގެންނެވިއިރު، ޔޫސުފްގެފާނު ޖަލުގެ ކުޑަގޮޅީގައި އޮންނެވިއިރު އެބޭކަލުންނާއި އެކުގައިވީ ކާކުހެއްޔެވެ؟ އެބޭކަލުންނަށް ނަޞްރުލިބިވަޑައިގަތީ އެއްވެސް މީހަކު މެދުވެރިވެގެން ހެއްޔެވެ؟ އެބޭކަލުންނަށް ކަންކަްނ ހިންމަވައި ދެއްވެވީ "އަލްފައްތާޙް" އެވެ.
- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން