ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ފިރިމީހާ ނުވަތަ އެނޫން މީހަކު ނުރުހުނަސް އެކަލާނގެ އަންގަވާފައިވާ ވަރަށް ނިވާވީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ފިރިމީހާ ނުވަތަ އެނޫން މީހަކު ނުރުހުނަސް އެކަލާނގެ އަންގަވާފައިވާ ވަރަށް ނިވާވީމަ!

ކައިވެންޏާއިބެހޭ ގޮތުން މަޝްވަރާކުރަން އަންނަ ޙިޖާބް ނުއަޅައި ތިބޭ ވަރަށް ގިނަ ކުދިންނާއި އަހުރެން ކުރާ ސުވާލެކެވެ. "ތިބާ ޙިޖާބް އަޅާނަން ހެއްޔެވެ؟" މިސުވާލަށް ގިނަ ކުދިން ދޭ ޖަވާބަކީ "ފިރިމީހާ ބޭނުންވާނަމަ ނުވަތަ ފިރިމީހާ ރުހޭނަމަ ޙިޖާބް އަޅާނަމެވެ." 

ލޮބުވެތި އުޚުތުންނޭވެ! ފިރިމީހާ ނުރުހޭނަމަ ކައިވެނި ސަލާމަތްކުރުމުގެ ގޮތުން މޫނުބުރުގާ ނުއަޅައި ތިބެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ވާޖިބު ކުރައްވަވާފައިވާ މިންވަރަށް ނިވާވެގެން ތިބެންޖެހޭނީ ފިރިމީހާ ރުހޭތީއެއް ނޫނެވެ. އެކަންކުރަންވީ އެކަމަކީ ތިބާގެ މައްޗަށް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމަކަށްވާތީއެވެ. 

ﷲ ތަޢާލާ އެއްވެސް މީހެއްގެ މައްޗަށް ވާޖިބު ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން އޮތީ ވަކި މީހަކު ރުހޭތީއެއް ނޫނެވެ. ވަކިމީހަކު ރުއްސާކަށް ވެސް ނޫނެވެ. ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށެވެ. ތިމާ ސުވަރުގެ ވެއްދެވުން އެދިގެންނެވެ. 

ވީމާ އަންހެނުން ޙިޖާބް އެޅުމުގައި މިބަޔާންކުރި ކަންކަމަށް ވިސްނައިގެން ޢަމަލުކުރާށެވެ! އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުންކަން ޤަބޫލުކޮށްގެން ދިރިއުޅެމުން ގެންދާށެވެ! އެމީހަކަށް ހެޔޮ ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން