ބަލިވުމުން ޝިފާއަށް އެދިގެންނާ ބަލިތަކުން ރައްކައުތެރިކޮށްދެއްވެވުން އެދިގެން މިފަދައިން ދުޢާ ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބަލިވުމުން ޝިފާއަށް އެދިގެންނާ ބަލިތަކުން ރައްކައުތެރިކޮށްދެއްވެވުން އެދިގެން މިފަދައިން ދުޢާ ކުރާށެވެ!

ބަލިވުމުން ޝިފާ ދެއްވެވޭނީވެސް އަދި ބަލިތަކުން ރައްކައުތެރިކަން މިންވަރު ކުރެއްވެވުން އޮތީވެސް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެކަން މުސްލިމުން ޤަބޫލުކުރެއެވެ. އެކަމަކު އެކަންކަން ޙާޞިލުކުރަން ކުރަންހުރި މަސައްކަތް ކުރެވެނީ ހާދަ މަދު މީހަކަށެވެ. 

ބަލިތަކުން ރައްކައުތެރިކަމަށް އެދެންވެސް ފުރަތަމަ ކުރަން އޮތް ކަމަކީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމެވެ. ދެއިރު ކިޔަންހުރި ޛިކުރުތަކުގެ ތެރޭގައި ބަލިތަކުން ރައްކައުތެރިކަމަށް އެދި ކިޔަންހުރި ޛިކުރުތައްވެސް ހިމެނޭތީއެވެ. 

ދުޢާކުރުމުގައި އޮތީ އެމީހަކަށް ދެންނެވޭ އެންމެ ރިވެތި ޢިބާރާތަކުން ދުޢާކުރުމެވެ. ތިރީހގައި އެވަނީވެސް ބަލިތަކުން ރައްކާތެރިކަމަށާއި ޝިފާދެއްވެވުން އެދި ދުޢާކުރަން ރަނގަޅު ޢިބާރާތެކެވެ. 

"ޔާ ﷲ! ކިތަންމެ ކުޑަނަމަވެސް އެއްވެސް ބައްޔަކަށް ޝިފާ ދެއްވެވޭނީ ހަމައެކަނި އިނބަ ﷲ އަށެވެ. އިނބަ ﷲ އީ ހުރިހާ ބަލިތަކެއްގެ މައްޗަށް އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ބަލި ޖެއްސެވުމާއި ނުޖެއްސެވުމާއި އަދި ހުރިހާ ކަންކމުގެ މައްޗަށްވެސް  އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ވެސް ހަމައެކަނި އިނބަ ﷲ އަށެވެ. މިއަޅާއަށް ލިބިގެންވަނީ ހަމައެކަނި އިނބަ ﷲ ދެއްވެވި ބާރެކެވެ! ދެއްވެވި މިންވަރަކަށެވެ. 

މިކަންކަން ހިތުގެ އެންމެ އަޑިން ޤަބޫލުކުރާހާލު އިނބަ ﷲ ގެ މަތިވެރި ހަޟްރަތުގައި ރޮއި އާދޭސްދަންނަވަމެވެ! ޔާ ﷲ! މިއަޅާ އަށާއި މިއަޅާގެ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ އެންމެން އަދި އެންމެހައި މީސްތަކުންނަށް އެންމެހައި ބަލިތަކުން ރައްކައުތެރިކަން ދެއްވަވާނދޭވެ! އަދި ބަލިޙާލުގައި މިއަޅާގެ ޢާއިލާއިންނާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެންމެންނަށް އަވަސް ޝިފާއެއް ދެއްވަވާނދޭވެ! 

ޔާ ﷲ! ފުރިހަމަ ތައުބާއަކުން މިއަޅާ މިހުރީ ތައުބާވެގެންނެވެ. ތައުބާވުން މަތީގައި ޘާބިތުވެ ހުރުމުގެ ތައުފީޤް މިއަޅާއަށް މިންވަރުކުރައްވަވާނދޭވެ! އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން