ހެޔޮލަފާ ބައިވެރިޔާއާއިމެދު ޝައްކުތައް ކުރެވުމާ ކުދިކުދި ކަންކަމަށްވެސް މާފުކުރަން އުނދަގޫވުން- ސަމާލުވާންޖެހޭ ޝައިޠޯނާގެ ދަންތުރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހެޔޮލަފާ ބައިވެރިޔާއާއިމެދު ޝައްކުތައް ކުރެވުމާ ކުދިކުދި ކަންކަމަށްވެސް މާފުކުރަން އުނދަގޫވުން- ސަމާލުވާންޖެހޭ ޝައިޠޯނާގެ ދަންތުރައެއް!

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ އެއްސަބަބަކީ ވަރަށް ކުދިކުދި ކަންކަމަކީވެސް މާބޮޑެތި މައްސަލަތަކެއް ކަމަށް ވިސްނި މާފުނުކުރެވުމެވެ. އެކަންކަން ހިތުގައި އަޅައިގެން ތިބުމެވެ. މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ.

އެހެނީ މާފުކުރަން އުނދަގޫވަނީ ޝައިޠޯނާގެ ބަސް ޤަބޫލުކުރެވޭތީ އެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅަށް ޢަމަލުނުކުރެވޭތީއެވެ. ޝައިޠޯނާ ބުނާނެއެވެ! "މާފުނުކުރާށެވެ! ދެން އޭނާ ކުރާނީ މާ ބޮޑު ކުށެކެވެ! އޭނާއަކީ ތިބާ ދެކެ ލޯބިވާ މީހެއް ނޫންކން" ވިސްނައިދިނުމަށްފަހު ވިސްނައިދޭން މަސައްކަތްކުރާނީ ބައިވެރިޔާ މިހާރު އުޅެނީ އެހެން މީހަކާއި ގުޅެންކަމެވެ. ވަރަށް އަވަހަށް ތިބާ ދޫކޮށްލާނެ ކަމެވެ.

"މިވެނި ދުވަހަކު މިވެނި މީހަކާއި ވާހަކަވެސް ދެއްކި ނޫން ހެއްޔެވެ؟ މިވެނި މީހަކަށް މެސެޖްވެސް ކުރޭ ނޫން ހެއްޔެވެ؟ އެއީ ރައްޓެހިކަމުގައެއް ނޫނެވެ." މިފަދަ ވަސްވާސްތައް ވެސް އުފައްދުވާނެއެވެ. އެވަރަކުންވެސް ނުފުއްދާނެއެވެ. އެއީ ތެދުކަން ދައްކަވުން ބައިވެރިޔާ ލައްވައި ކަންކަން ކުރުވަންވެސް މަސައްކަތްކުރާނެއެވެ.

މިފަދަ ވަސްވާސްތަކަށް ނުހެއްލޭށެވެ. ﷲ ތަޢާލާގެ މިވަޙީ ބަސްފުޅަށް ޢަމަލުކުރާށެވެ!

"ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ." (އަލްޙިޖްރް: 85)

މިއާޔަތުގައި "ޤިޔާމަތް ދުވަސް އަންނާނެކަން ކަށަވަރު" ކަމަށް ﷲ ތަޢާލާ ވަހިކުރައްވަވާފައި އެވަނީ އެދުވަހަށް ބިރުވެތިވުމުގެ މުހިންމުކަން ބަޔާންކުރެއްވެވުމަށެވެ. ދެން ވަޙީ ކުރައްވަވާފައި އެވަނީ ދީލަތި މާފަކުން މީސްތަކުންނަށް މާފުކުރުމަށެވެ.

މީސްތަކުންނޭވެ! އެއްވެސް މީހަކަށް ޢަދާވާތްތެރިނުވާށެވެ! ދީލަތި ކަމާއިއެކު މާފުކުރާ މީހަކަށްވާށެވެ! ޚާއްޞަކޮށް ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ބައިވެރިޔާއަށް މާފުކުރާށެވެ! އެކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ.

މީގެ އިތުރުން އެއްވެސް މީހަކާއި ޢަދާވާތްތެރި ނުވާށެވެ! ޢަދާވާތްތެރިކަމަށްވުރެ ހުރިހާގޮތަކުންވެސް ފައިދާ ބޮޑުވެގެންވަނީ މާފުކުރުމުގައެވެ. އެހެނީ ﷲ ތަޢާލާ އަންގަވާފައި އެވަނީ މީސްތަކުންނަށް މާފުކުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން