ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފާޚާނާއިން ނުކުމެވަޑައިގެންފިނަމަ ފުރަތަމަ ކަމަކަށް ފާފަފުއްސަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފާޚާނާއިން ނުކުމެވަޑައިގެންފިނަމަ ފުރަތަމަ ކަމަކަށް ފާފަފުއްސަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވީ ކީއްވެ؟

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފާޚާނާއިން ނުކުމެވަޑައިގަތުމާއިއެކު "ޣުފްރާނަކަ" ވިދާޅުވެ ދުޢާކުރައްވަވައެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ފާޚާނާ ކުރުމަކީ ފާފައަކަށްވަނީހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެއީ ފާފައެއް ނޫނެވެ. ފާޚާނާ ކުރުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. ވީމާ އެއީ ކުރެވޭ ފާފައަކަށް ނުވާނެ ނޫންހެއްޔެވެ؟  

އަހުރެންގެ ވިސްނުމުން ސަބަބު ބުނާނަމެވެ. ފާޚާނާގައި ފާޚާނާކުރަން އިންނަ 5 މިނިޓެއްހައިއިރު ﷲ ތަޢާލާއަށް ދުޢާއެއް ނުކުރެވޭނެއެވެ. ޛިކުރެއްވެސް ނުކިޔޭނެއެވެ. އެހެންކަމުން ފާޚާނާއިން ނުކުމެވުމާއިއެކު ފުރަތަމަވެސް އެދެން މިޖެހެނީ ފާފަފުއްސަވައި ދެއްވެވުމަށެވެ. ފާޚާނާގައި އިން ވަޤުތުކޮޅު ޛިކުރުކޮށް ދުޢާނުކުރެވުނީތީއެވެ. މިކަމުން އެނގިގެންދަނީ ގިނަގިނައިން ޛިކުރުމާއި ދުޢާކުރުމުގެ މުހިންމު ކަމެވެ. އެއީ ގިނަގިނައިން ކުރަންޖެހޭ ކަމެއް ކަމެވެ.  

މީސްތަކުންނޭވެ! ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހަކު ކަމުގައިވާށެވެ! ދުޢާކޮށް ޛިކުރުކުރުން ގިނަކުރާށެވެ! އެކަމުން އެމީހަކަށް ލައްވަވާނެ ރަޙްމަތް ޚިޔާލަސްވެސް ނުގެނެވޭނެއެވެ.  

އަހުރެން އުންމީދުކުރަނީ އަހުރެންގެ މިޚުޑަކުޑަ ވާހަކަކޮޅުންވެސް ތިއަބައިމީހުންނަށް ފައިދާކުރާނެ ކަމަށެވެ! އަހުރެންގެ ދުޢާއަކީ އަހުރެމެން ހުރިހާ މުސްލިމުންނަކީވެސް ގިނަގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރާ، ޛިކުރުކޮށް ދުޢާކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. ޢާމީން

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން