އިންތަކުން ބޭރުވުމުގެ ފުރުޞަތު ބައިވެރިޔާއަށް ދީފިނަމަ އަނބުރާ އިމުގެ ތެރެއަށް ވެއްދުމަކީ ކާމިޔާބުކުރެވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
އިންތަކުން ބޭރުވުމުގެ ފުރުޞަތު ބައިވެރިޔާއަށް ދީފިނަމަ އަނބުރާ އިމުގެ ތެރެއަށް ވެއްދުމަކީ ކާމިޔާބުކުރެވޭނެ ކަމެއް ނޫން!

ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރުން އެންމެ ކަމަކީ ކޮބައިތޯ ކުރެވޭ ސުވާލަށް އެކި މީހުން ދޭނީ އެކިޖަވާބެވެ. އެގޮތުން ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ އެކަމަކީ ކައިވެނިކުރުމަށްފަހު އަނެކާއަށް ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަމަށް ދެމީހުންވެސް އެއްބަސްވެ ޢަމަލުކުރުން ކަމަށެވެ.  

ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން ބޭނުންވާނަމަ ދެމީހުންކުރެ މީހަކަށް ހުރަސްކުރެވިގެން ނުވާނެ އިންތައް ކަނޑައަޅައި އެކަން ތަންފީޒުކުރަންވާނެއެވެ. އެކަމުގައި މާބޮޑަށް ދޫކޮށްލެވިއްޖެނަމަ ފަހުން އެކަން އަނބުރައި ހޯދަން މާއުނދަގޫވާނެއެވެ. ތަޖުރިބާއަށް ބަލާއިރު އެއީ ކާމިޔާބުކުރެވޭ ކަމެއް ނޫނެވެ.

މިޒަމާނުގައި އިންތައް ހުރަސްކޮށް ނުކުމެ އެމީހަކު ބޭނުންވާ ގޮތަކަށް އުޅެނީ އަންހެނުން ނުވަތަ ފިރިހެނުން ކަމަށް ބުނަން އުނދަގޫވެއެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ނުބައި މަގު އިޚްތިޔާރުކުރާތީއެވެ. އަދި އެއީ އެމީހަކަށް ލިބޭ މިނިވަންކަން ކަމަށް ދެކޭތީއެވެ.  

ފިރިމީހާކަމަށްވީނަމަވެސް އަނބިމީހާކަމަށްވީނަމަވެސް، ވަޒީފާ އަދާކުރަން ނަމަވެސް، އެހެންކަމެއްގައި ނަމަވެސް ގެއިން ބޭރުގައި އުޅެނިކޮށް ގުޅުމުން ރުޅިއަންނަ ނަމަ އެއީ މައްސަލައެކެވެ. މަސައްކަތުގައި އުޅޭނަމަ ކޯލްކުރުކުރާނީއެވެ. ނަމަވެސް ތެދުބަހުން ޖަވާބުދޭންވާނެއެވެ. ކޮބައިތޯ ބަލަން ގުޅީތީ ރުޅިއައިސްގެން ނުވާނެއެވެ. ތެދުވެރިން ކަމުގައިވާނަމަ ކަންބޮޑުވާންޖެހޭނީ ނުގުޅާތީއެވެ.  

ފިރިންނަށް ޚާއްޞަކޮށްގެން ބަހެއް ބުނެލަން ބޭނުންވެއެވެ. ހެޔޮލަފާ އަންތބަކު ލިބިފައިވާނަމަ އޭނާ ހިތުގައި ޖެއްސުމުގެ ކުރިން 100 ފަހަރު ވިސްނާލަންވާނެއެވެ. ސަބަބަކީ އެކައުންޓުގައި ހުރި ހުރިހާ ފައިސާ ގެއްލުނަސް މަސައްކަތްކޮށްގެން ފައިސާ ހޯދިދާނެއެވެ. އެކަމަކު ތިބާއަށްޓަކައި ފިދާވާނޭ ތެދުވެރި ވަފާތެރި އަންތބަކު ހޯދުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. މާނައަކީ އެއީ ފައިސާ ނުވަތަ ތަނަވަސްކަން ހޯދުމަށްވުރެ ކުރަން މާއުނދަގޫ ކަމެކެވެ.  

ހަމައެގޮތަށް އަނބިންވެސް ވިސްނަންޖެހޭނެ ކަމެއް އެބައޮތެވެ. މިފަދަ ޒަމާނެއްގައި ތިމާއަށް ތެދުވެރި، ވަފާތެރި، އަޅައިލާ، އޯގާތެރި، އަނިޔާވެރިނުވާ، އެމީހެއްގެ ހުރި ފެންވަރަކުން އެހީތެރިވެދޭ ފިރިއަކާއި ވަކިވަން ހެޔޮނުވާނެއެވެ. އެފަދަ ފިރިއެއްގެ ކިބައިގައި ދެން ހުންނަ ސިފަތަކަށް ކަންބޮޑުނުވާށެވެ. މިބަޔާންކުރި ސިފަތައް ހުރިނަމަ އެމީހަކު އޭނާގެ އަނބިމީހާއަށް ދެރައެއް ނުދޭނެއެވެ.  

ދެމީހުންވެސް ޔަޤީންކުރަންވީ ހުރިހާ ކަންކަން ފުރިހަމަ ހަމައެކަކުވެސް މިދުނިޔޭގައި ނުހުންނާނެކަމެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ކަންތައްތަކެއް ހުންނާނެ ކަމެވެ. ކުޅަދާނަ މީހުންނަކީ ބައިވެރިޔާގެ ކިބައިގައި ހުންނަ އުނިސިފަތަކާއެކުވެސް އުފަލުގައި ދިރިއުޅޭ މީހުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން