ބިރުވެތިވާންޖެހޭ ކަމެއް!: ތިމާގެ އިޚްތިޔާރުގަވާ ކަންކަން ނުކޮށްހުރެފައާ އިޚްތިޔާރުގަ އޮތަތީ ފާފަކޮށްފައި އިރާދަފުޅާ އެޅުވީމާ ވާނީ އިތުރަށް ފާފަވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބިރުވެތިވާންޖެހޭ ކަމެއް!: ތިމާގެ އިޚްތިޔާރުގަވާ ކަންކަން ނުކޮށްހުރެފައާ އިޚްތިޔާރުގަ އޮތަތީ ފާފަކޮށްފައި އިރާދަފުޅާ އެޅުވީމާ ވާނީ އިތުރަށް ފާފަވެރި!

ﷲ ތަޢާލާ މީސްތަކުން ދުނިޔޭގައި ލައްވަވާފައިވަނީ ކޮންމެ މީހަކަށްވެސް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. މިޘާލަކަށް ފާފައެއް ކުރަން ބޭނުންވެގެން އުޅޭނަމަ އޭނާއާއިއެކުގައިވާ ރަހްމަތުގެ މަލާއިކަތުން އެފާފަ ނުކުރަން ވިސްނަވައިދެއްވާނެވެ. ނަމަވެސް ޤަބޫލުނުކޮށް ކުރަން ބޭނުންވެއްޖެނަމަ ﷲ ތަޢާލާ އެކަމަށް ހުރަހެއް ނުއަޅުއްވަވާނެތެވެ. އެކަންކުރުން އޮންނާނީ އެމީހެއްގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ. 

ހަމައެފަދައިން ހެޔޮ ޢަމަލު ނުކުރަން ހުންނަ މީހަކަށް ހެޔޮ ޢަމަލުކުރަން މަޖުބޫރެއްވެސް ނުކުރައްވަވާނެތެވެ. ހެޔޮ ޢަމަލުތައް ވެސް ކުރުމާއި ނުކުރުން އޮންނާނީ އެމީހާގެ އަތްމައްޗަށް ދޫކޮށްލައްވަވައިފައެވެ. 

އެމީހަކަށް ދެއްވވާފައިވާ އިޚްތިޔާރުތަކުގެ ތެރެއިން އެމީހަކު ކުރާ ކޮންމެ ކަމެއްގެވެސް ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ. މިޘާލަކަށް ނަމާދުނުކޮށް ދުނިޔޭގައި އުޅެފައި އެއީ ﷲ ތަޢާލާ އިރާދަކުރެއްވެވި ގޮތް ކަމަކަށް ނުބުނެވޭނެއެވެ. އަދި ފާފަތައްކޮށްފައި، ފާފަކުރެވުނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ކަމަކަށްވެސް ނުބުނެވޭނެއެވެ. 

ސަބަބަކީ ނަމާދުކުރަން ބޭނުންވާ މީހާއަށް ނަމާދުކުރުމުގެ އިޚްތިޔާރުވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ނުކުރަނީ އެމީހަކު އަމިއްލައަށެވެ. ފާފަތައް ނުކޮށް ހުރުމުގެ އިޚްތިޔާރުވެސް ވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ފާފަކުރަނީ އެމީހަކު އަމިއްލައަށެވެ. 

އެހެންކަމާއިއެކުވެސް ނަމާދުނުކޮށް ހުރެފައި އެއީ އިރާދަކުރެއްވެވި ގޮތް ކަމަށް އެބަ ބުނެއެވެ. އެއިރުން އެކުރެވެނީ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ފާފައެކެވެ. ހަނދާން ނެތުމުގައި މީހާގެ ކުށެއް ނެތެވެ. އެހެންވެ ހަނދާން ނެތިގެން ނަމާދުނުކުރެވުނަސް ހަނދާންވި އިރަކުން ކުރުމުން އެމީހާ ފާފަވެރިއެއް ނުވާނެއެވެ. ޤަޟާކޮށްލުމުން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެއެވެ. 

ދެން އޮތީ މިކުރެވެނީ ފާފައެއްކަން ނުއެނގި ކުރެވޭ ފާފަތަކެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އޮތީ އެކަމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއްކަން ޔަޤީންކުރުމެވެ. ޝައްކުގެ މަތީގައި ހުރެގެން ކޮށްފިނަމަ އެކުރެވެނީ ފާފައެކެވެ. މުސްލިމުން ކޮންމެ ޢަމަލެއްވެސް ކުރަންވާނީ މިކުރެވެނީ ހެޔޮ ޢަމަލެއްކަން ޔަޤީންކޮށްގެންނެވެ. ވީމާ ޝައްކުގެ މަތީގައި ހުރެގެން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ކިރިޔާވެސް ޝައްކެއް އޮތް ކަމެއް ނަމަ އެކަމުގެ ޙަޤީޤަތް ބުނެދެވޭވަރުގެ (އޮޅުންފިލުވައިދެވޭނެ ފެންވަރުގެ) ޢިލްމުވެރިއެއްގެ ގާތުގައި އަހައި އޮޅުންފިލުވައި ޔަޤީންކޮށްގެން ނޫނީ ނުކުރާށެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން  

މިއަދު އޮންލައިން