ބިމަށް ތުންހަރައިގެން ނުތިބެ ދެމަފިރިންވެސް ހަމަ އެންމެ ކަމެއް އިޞްލާހްކޮށްލައިގެން ހެމުން އުފަލުގަ އުޅެން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ބިމަށް ތުންހަރައިގެން ނުތިބެ ދެމަފިރިންވެސް ހަމަ އެންމެ ކަމެއް އިޞްލާހްކޮށްލައިގެން ހެމުން އުފަލުގަ އުޅެން ބޭނުންތަ؟

އަހުރެމެން ކޮންމެ ކަމެއްގައިވެސް މިޘާލުނަގަންވެސް އަދި ނަމޫނާއަކަށް ބަލަންވެސް އޮތީ ހަމަ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅެވެ. އިތުރު މާތް ޞާޙިބާގެ ސިޔަރަތެވެ. އެކަންކަމަށް ބެލުމުން އެނެގެނީ އެންމެ ކުދިކުދި ކަންކަންކަމުން ފެށިގެން ބޮޑެތި ކަންކަމުގައިވެސް އަނބިއަނބިކަނބަލުންވެސް އަދި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަވެސް ވާހަކަފުޅު ދެއްކެވިކަމެވެ. ސިއްރުކުރައްވައި ހިތްޕުޅުގައި ބާއްވަވައިގެން ނުތިއްބަވާ ކަމެވެ. 

އަނބިއަނބިކަނބަލުން ކަންކަމުގައި ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިއަހުގައި ދަންނަވަމުން ގެންދެވިކަމެވެ. މުޢާމަލާތު ކުރެއްވެވީ ވަރަށް ރިވެތި ޢިބާރާތްފުޅުތަކުންކަމެވެ. 

އަހުރެމެންނަށްވެސް އޮތްގޮތަކީ އެއީއެވެ. ހިތްހަމަނުޖެހި ތުންފިއްތައިގެން ތިބުމެއް ނެތެވެ. ބޮޑު ބަރެއްހެން ހިތުގައި ބާއްވައިގެން ތިބޭނަމަ ނުކުންނާނީ ނުކުންނަން ބޭނުންނުވާ ނަތީޖާއެވެ. ދެމަފިރިންގެ މެދުގައި މައްސަލައަކަށް ވެގެން ނުވާނެ ގިނަ ކަންތައްތަކެއް މައްސަލައަކަށް ވެގެންދަނީ ވާހަކަ ނުދައްކައި ތިބޭތީއެވެ. އެކަމަށް މަޝްވަރާނުކޮސް ތިބޭތީއެވެ.  

ވީމާ އެކަން އިޞްލާޙްކޮށްލައިފިނަމަ ދިރިއުޅުން ބޮޑުތަނުން އުފާވެރިވެގެންދާނެއެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުމެއް: 

ޒަވާޖީ ޙަޔާތް ކުރިއަށް ގެންދާއިރު ދެމީހުންނަށްވެސް ކުރެވޭ ވަރަށް އާދައިގެ ކުށްތަކެއް ހުރެއެވެ. އެއިގެ ތެރެއިން އަންހެނުންނަށް ކުރެވޭ ވަރަށް ޢާންމު ކުށެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. އެއީ ފިރިމީހާގެ ކިބައިން ބޭނުންވާ ގޮތް ބުނަން ފަސްޖެހުމެވެ. ފިރިމީހާއަށް ވިސްނިގެން މިވެނިކަމެއް ކޮށްދޭނެކަމަށް، ނުވަތަ މިވެނި އެއްޗެއް ދޭނެ ކަމަށް ނުވަތަ މިވެނި ކަމެއް އިޞްލާޙްކުރާނެ ކަމަށް ހީކޮށް ނުބުނެ ހުރުމެވެ. 

ބުނަންހެއްޔެވެ؟ އެޒަމާން ފާއިތުވެހިނގައްޖެއެވެ. އެޒަމާނަކީ ކޮންމެހެން ދައްކަން ޖެހިގެން ނޫނީ ދެމަފިރިން ވާހަކަ ނުދައްކައިތިބި ޒަމާނެވެ. މިޒަމާނަކީ ދެމަފިރިން ވީހައި ގިނައިން ވާހަކަދައްކަންވީ ޒަމާނެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ކޮންމެ ކަމެއްވެސް ކުރަންޖެހޭނެ ޒަމާނެވެ. 

އަހުރެންގެ އެކުވެރި އަންހެނަކު އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ އޭނާގެ އޮފީސް ނިމޭ ގަޑިއަށް ފިރިމީހާ ބަލައި ނުގޮސް ލަސްކުރާ ކަމުގެ ޝަކުވާއެވެ. ކިތަންމެ ލަސްވިޔަސް ލަސްވެގެން ގުޅައިވެސް ނުލައެވެ. އިންތިޒާރުކޮށްގެން ހުންނަނީއެވެ. 

މިއީ އެއްވެސް ޙާލެއްގައި ޢަމަލުކުރަން ރަނގަޅު ގޮތެއް ނޫނެވެ. ލަސްވީމާ ނުގުޅާނަމަ، އެކަމުގެ ވާހަކަ ނުދައްކާނަމަ ފިރިމީހާއަށް ޤަބޫލުކުރެވޭނީ ކަންކަން މިކުރެވެނީ ހަމަ ރަނގަޅަށް ކަމަށެވެ. އަނބިމީހާ އެހުންނަނީ ހަމަ ހިތްހަމަޖެހިގެން އުފަލުގައި ކަމަށެވެ. 

ފިރިންނަށްވެސް ވާހަކައެއް ބުނެލާނަމެވެ. އަނބިން ކައްކާ އެއްޗެއްސަށް އަބަދު ރަހަކިޔުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. ލޮނުގަދަ ނަމަ ފެންފޮދެއް އަޅާލައި ރަހަ ހެޔޮވަރުކޮށްލީމާ ރަނގަޅުވާނެއެވެ. އެކަމަކު ކާކޮންމެ ފަހަރަކު ފެންއަޅަން ޖެހޭނަމަ އަނބިމީހާ ގާތުގައި އެވާހަކަ ބުނެލައިގެން ލޮނު ބޭނުންކުރާވަރު މަދުކުރުވަން ވާނެއެވެ. 

ޚާއްޞަކޮށް ވިސްނަންޖެހޭނެ ކަމެއްވެސް އެބަ އޮތެވެ. އެއީ ލޮނު ގަދަކޮށް ކާނަމަ ލޭމައްޗަށް ދިއުން ގާތްވާނެއެވެ. އެއިރުން ދެމަފިރިންގެ ގުޅުމަށް ކުރާނެ އަސަރަށް ވިސްނާށެވެ! އަބަދުވެސް އުޅެންޖެހޭނީ ބިމަށް ނުފޭބިގެން ނޫންހެއްޔެވެ؟ 

މިބުނި ހަމައެންމެ ކަންތައް (އަނެކާގެ ކިބައިން އިޞްލާޙްކުރަންޖެހޭ ކަންކަމުގަ ދެމަފިރިންވެސް ވާހަކަދެއްކުން) ދެމަފިރިންވެސް އިޞްލާޙްކޮށްލައިފިނަމަ ޒަވާޖީ ހަޔާތް ހާދަ އުފާވެރިވާނެއެވެ! އިން ޝާ ﷲ

މިއަދު އޮންލައިން