ރޭގަނޑުގެ ނިދި ހަމައަށް ނުނިދާ މީހުންގެ މެދުގައި ސްވިޑްންގައި ކުރި ދިރާސާއަކުން އެނގޭ ގޮތުގައި ރޭގަނޑުގެ ނިދި ހަމައަށް ނުނިދާނަމަ މީހާއަށްވުރެ އަވަހަށް ސިކުނޑި މުސްކުޅިވެއެވެ. އަދި ސިކުނޑި މުސްކުޅިވާ މިންވަރު އަންހެނުންނަށްވުރެ ފިރިހެނުންގެ ބޮޑެވެ.
ދިރާސާތަކުން ދައްކާގޮތުގައި މީހާގެ މޫޑާއި ނިދި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އަރާމު ނިންޖެއް ލިބޭނީ މޫޑް ރަނގަޅުނަމައެވެ. އަދި ނިދަންޖެހޭ ވަރަށް ނުނިދާނަމަ ސްޓްރޯކް ޖެހުން، ހާޓްއެޓޭކްޖެހުން ފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އެއީ ލޭނާރުތައް ދުޅަވެ ލޭހިނގުމަށް މައްސަލަތައް ކުރިމަތިވާތީއެވެ.
ދިރާސާ ކުރުމަށް ބޭނުންކޮށްފައިވަނީ އެމީހުންގެ ސިކުނޑީގެ އެމްއާރުއައި އެވެ. ތަފާތު ދެނެގެންފައިވަނީ އެމްއާރުއައިއިންނެވެ. "މިދައްކަނީ ދުވާލުގެ ނިދީގެ ވާހަކައެއް ނޫން! ރޭގަނޑުގެ ނިދީގެ ވާހަކަ! ރޭގަނޑުގެ ނިދި މަދުވާވަރަކަށް ސިކުނޑިއަށް އަންނަ ބަދަލު ބޮޑުވޭ!
އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުންވެސް ހަަމ މިފަދަ ގޮތަކަށް ދައްކާފައިވާތީ ސައިންސްވެރިން މިހާރުވަނީ ދިރާސާގެ ޞައްޙަކަން ޔަޤީންކޮށްދީފައެވެ!
- ޞިއްޙީ ޚަބަރު
އިތުރަށް މިހިރަ އެނގެނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނެތްނަމަ ޢިޝާނަމާދުގެ ފަހުން ނުނިދައި ނުހުންނަން ޙަދީޘްފުޅުގައި އޮތް ސަބަބުތަކެވެ. އެނގެމުން މިދަނީ ސުންނަތުގައިވާ ކޮންމެ ކަމެއް ކުރުމުންވެސް ލިބޭނެ ފައިދާތައް ގިނަކަމެވެ.