ޢާއިޝަތު ރަފާޙް ޢަލީ
ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްޢާން ކިޔެވުމުގެ އިތުރުން މާނަ ކިޔައި އެއިގެ ފައިދާ ޙާޞިލުކުރަން މަސައްކަތްކުރަންވާނެއެވެ. ލިބޭ ފިލާވަޅުތަކަށް ވިސްނައި ޢަމަލުކުރަން މަސައްކަތްކުރަންވާނެއެވެ.
· ﷲ ތަޢާލާ ކީރިތި ޤުރްއާން ބާވައިލެއްވެވީ ހިދާޔަތެއްގެ ގޮތުގައިކަން:
ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 1 ވަނަ އާޔަތުން 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الم ﴿١﴾ اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ﴿٢﴾ نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالْإِنجِيلَ ﴿٣﴾ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ الْفُرْقَانَ ۗ إِنَّ الَّذِينَ كَفَرُوا بِآيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَاللَّهُ عَزِيزٌ ذُو انتِقَامٍ ﴿٤﴾
މާނައީ: "ا ل م (މި އަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެ މެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސްނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.) (1) اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. (2) ކުރީގެ ފޮތްތައް ތެދުކުރާ حال ގައި، حق ގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި قرآن) ބާވައިލެއްވިއެވެ. އަދި توراة އާއި إنجيل ވެސް ބާވައިލެއްވިއެވެ. (3) (އެއީ) قرآن ގެ ކުރިންނެވެ. (އެއީ) މީސްތަކުންނަށްހުރި هداية އެކެވެ. އަދި، އެކަލާނގެ، حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: قرآن) ބާވައިލެއްވިއެވެ. ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. اللَّه އީ، ބަދަލު ހިއްޕެވުމުގެ ވެރި، ގަދަފަދަވަންތަ ރަސްކަލާނގެއެވެ. (4)"
· ކާފިރުންގެ ވާހަކަ:
އާލް ޢިމްރާން ސޫރަތުގެ 10 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙި ކުރައްވާފައިވެއެވެ.
إِنَّ الَّذِينَ كَفَرُوا لَن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُم مِّنَ اللَّهِ شَيْئًا ۖ وَأُولَٰئِكَ هُمْ وَقُودُ النَّارِ ﴿١٠﴾
މާނައީ: "ހަމަކަށަވަރުން، كافر ވި މީހުންނަކީ އެއުރެންގެ މުދާތަކަކަށް އަދި އެއުރެންގެ ދަރިންނަކަށްވެސް، اللَّه ގެ حضرة ން އެއުރެންނަށް އެއްވެސްކަމެއް ފުއްދައި ނުދެވޭނޭ ބަޔެކެވެ. އަދި، އެއުރެންނީ ހަމަ، ނަރަކައިގެ ދަރެވެ. (10)"
· ޙައްޖުގެ ވާހަކަ:
އާލް ޢިމްރާން ސޫރަތުގެ 97 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ
މާނައީ: "އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެންދިއުމީ، (އެބަހީ: حج ވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجب އެކެވެ."
· ސުލޫކު ބަހައްޓަން ޖެހޭ ގޮތް:
އާލް ޢިމްރާން ސޫރަތުގެ 200 ވަނަ އާޔަތް-
يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ ﴿٢٠٠﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (دشمن ންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، دشمن ން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهاد ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (200)"