ކަޝޯޤީ "ހިމޭންކޮށްލަން" ވަލީ އަހުދު އަމުރުކުރައްވާ ފޯނުކޯލެއްގެ އޯޑިއޯ ސީއައިއޭއަށް ލިބިފަވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ކަޝޯޤީ "ހިމޭންކޮށްލަން" ވަލީ އަހުދު އަމުރުކުރައްވާ ފޯނުކޯލެއްގެ އޯޑިއޯ ސީއައިއޭއަށް ލިބިފަވޭ!

މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ކަޝޯޤީ ވީހައި އަވަހަކަށް "ހިމޭންކޮށްލަން" ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަމުރުފުޅު ކުރައްވާ ފޯނުކޯލެއްގެ ރެކޯޑިން ސީއައޭއަށް ލިބިފައިވާ ކަމަށް ރޮއިޓަރސް އާއި ޙަވާލާދީ ޢަރަބިނޫހަކުން ބުނެފިއެވެ.

އަދިވެސް ސައުދިއަރަބިޔާއިން ބުނަމުން ގެންދަނީ ކަޝޯޤީ މަރާލުމުގައި މުޙައްމަދު ބިން ސަލްމާނުގެ އަތެއް ނުވާ ކަމަށެވެ. މިކަމުގައި މުޙައްމަދު ބިން ސަލްމާން އަށާއި ސަލްމާން ރަސްގެފާނަށް ތުހުމަތުވެސް ނުކުރުމަށް ސައުދީ ޚާރިޖީ ވަޒީރު ވަނީ ދާދިފަހުން އިންޒާރުވެސް ދެއްވައިފައެވެ. 

މިކަމުގައި ފުރަތަމަވެސް ސައުދީން ދޮގު ހެދުމާއި އަދި ފެންނަމުންދާ ހެކިތަކަށް ބެލުމުން ތުރުކީން ކުރާ ތުހުމަތުތަކަކީ ތެދުކަން އަންނަނީ ހާމަވަމުންނެވެ.

މިއަދު އޮންލައިން