އަހުރެން ބުނާބަސް ޤަބޫލުނުކުރުމަކީ މައްސަލައެއް ނޫނެވެ! އެހެން މީހުންގެ ގާތުގަ އަހައިގެން ޙަޤީޤީ އުފާވެރިކަމުގަ އުޅެނީ ކޮން ބައެއްތޯ ނިކަން ބަލައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
އަހުރެން ބުނާބަސް ޤަބޫލުނުކުރުމަކީ މައްސަލައެއް ނޫނެވެ! އެހެން މީހުންގެ ގާތުގަ އަހައިގެން ޙަޤީޤީ އުފާވެރިކަމުގަ އުޅެނީ ކޮން ބައެއްތޯ ނިކަން ބަލައިލަބަލަ!

ޙަޤީޤީ އުފާވެރިކަމުގައި ދުނިޔޭގައި ދިރިއުޅެނީ މަހުޖަނުން ނުވަތަ ތަނަވސް މީހުންތޯ ނުވަތަ ފަޤީރުންތޯ މިއީ ހުރިހާ ޒަމާނެއްގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ސުވާލުގެ ޖަވާބު ހޯދަން އެތައް ބައިވަރު ދިރާސާތަކެއްވެސް ކުރެވިފައިވާ ކަމެކެވެ. ހިތާމައަކީ ދިރާސާތައް ކުރި ނަމަވެސް ނުކުންނަ ނަތީޖާ ޤަބޫލުނުކުރެވޭ ކަމެވެ. 

ޙަޤީޤަތް އެނގެން ބޭނުންނަމަ ތިމާގެ އަމިއްލަ ޢާއިލާގެ މީހުންގެ ދިރިއުޅުމާއިމެދު ވެސް ސުވާލުކުރާށެވެ! ޙަޤީޤީ އުފަލުގައި ދިރިއުޅެނީ މިލިއަނަރުންތޯ ތަޤްވާވެރިންތޯ އޮޅުން ފިލުވާށެވެ! ލޯބިން ހިތްހަމަޖެހިގެން އެކުގައި ދިރިއުޅެނީ ކޮންބައެއްކަން އެއިރުން ވަރަށް ރަނގަޅަށް އެނގޭނެއެވެ. 

ބައެއް މީހުންނަށް އުފާލިބުނު ކަމަށްވަނީ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރެވުމުންނެވެ. ކާން ބޭނުން އެއްޗެއް ވަގުތުން ކާން ލިބޭނަމައެވެ. ބައްދަލުކުރަން ބޭނުންވާ މީހަކާއި ވަގުތުން ބައްދަލުކުރެވޭނަމައެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކުރެވުމުންނެވެ. ނުވަތަ ތަނަވަސްކަން ލިބުން ފަދަ ކަމެއް މެދުވެރިވުމުންނެވެ. 

ސުވާލަކީ ދުނިޔަވީ މިފަދަ އެއްވެސް ކަމަކުން އެއްވެސް މީހަކަށް ދާއިމީ އުފާވެރިކަމެއް ޙާޞިލުކުރެވުނު ހެއްޔެވެ؟ ކުރެވުނީ ކާކަށް ހެއްޔެވެ؟ 

ބައެއް މީހުން ޗުއްޓީއެއް ހޭދަކޮށްލެވުމަކީ ބޮޑު އުފަލެއް ކަމުގައި ދެކެގެން އެކަމަށް ބޮޑެތި ޚަރަދުތައް ކުރެއެވެ؟ ސުވާލަކީ ޗުއްޓީ ނިމުމުން އުފާވެރިކަން ކޮބައިހެއްޔެވެ؟ ހަފްތާއެއްވާއިރު ހޯދި އުފާތައް ވަކިވެގެން ނުދޭ ހެއްޔެވެ؟ މިފަދަ ހުރިހާ ކަމަކުން ވެސް އެނގެނީ ދުނިޔަވީ އެއްވެސް އުފަލަކީ ޙަޤީޤީ އުފާވެރިކަމެއް ނޫންކަމެވެ. ބޭނުންވަނީ ޙަޤީޤީ އުފާވެރިކަން ކަމެވެ. 

ދެން އުފެދޭ ސުވާލަކީ ވަކި ނުވާނެ ހަޤީޤީ އުފާވެރިކަމަކީ ކޮބައިހެއްޔެވެ؟ އެކަން ހާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ޖަވާބު ވަރަށް ސާފެވެ. ޙަޤީޤީ އުފާވެރިކަން ޙާޞިލުކުރެވޭނީ އެމީހާގެ އީމާންތެރިކަމުންނެވެ. ތަޤްވާރިކަން އިތުރުކުރި ވަރަކަށް ތިމާއަށް ލިބޭ އުފާވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ 

ދެން ކުރާނެ ސުވާލަކީ އެކަމުގެ ހެއްކަކީ ކޮބައިހެއްޔެވެ؟ 

ޖަވާބު ހޯދަން ވަރަށް ފަސޭހަވާނެއެވެ. އަހަރެން ބުނާ ބަސް ޤަބޫލުކުރާނެ ކަމެއް ނެތެވެ؟ އަމިއްލައަށް މީހުންނާއި ސުވާލުކުރާށެވެ! ޙަޤީޤީ އުފާވެރިކަމުގައި ދިރިއުޅެނީ ދުނިޔަވީ އުފާތައް ޙާޞިލުކުރާ މީހުންތޯ؟ ނުވަތަ ތަޤްވާވެރިންތޯ؟ އަމިއްލައަށް އޮޅުންފިލުވާށެވެ! އެއިރުން މާބޮޑަށް ޔަޤީން ކުރެވޭނެއެވެ.  

ފަރުޟު 5 ނަމާދާއި ސުންނަތް ނަމާދުތައްކުރަމުން ކީރިތި ޤްރުއާނާއިއެކު ވަގުތު ހޭދަކުރާ މީހުން ދިރިއުޅޭ އުފާވެރިކަމުގައި މިލިއަނަރުން ކީއްކުރަން ބިލިއަނަރުންނަށްވެސް ނުއުޅެވޭނެއެވެ. އަމިއްލައަށް ދިރާސާކޮށް މިއީ ތެދެއްކަން ނުވަތަ ނޫންކަން ނިކަން ބަލައިލަބަލާށެވެ! 

ޒަވާޖީ ޙަޔާތުގެ ދިރިއުޅުމާއިމެދު ވެސް ސުވާލުކުރާށެވެ! ޙަޤީޤީ އުފަލުގައި ދިރިއުޅެނީ މިލިއަނަރުންތޯ ތަޤްވާވެރިންތޯ އޮޅުން ފިލުވާށެވެ! ލޯބިން ހިތްހަމަޖެހިގެން އެކުގައި ދިރިއުޅެނީ ކޮންބައެއްކަން އެއިރުން ވަރަށް ރަނގަޅަށް އެނގޭނެއެވެ. 

ޔަޤީންކަމާއިއެކު ބުނަމެވެ! ތަޤްވާވެރިކަމުން މިދުނިޔޭގައިވެސް މީހާއަށް ލިބޭ ހިތްހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ! ވީމާ ޙަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުމަށް އެދޭނަމަ މި ބުނި ކަންކަމަށް ސަމާލުކަން ދޭށެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން