ދަރިންނަށް ލޯބީ ކިޔާފަ ގޮވާލާފަދައިން ބައިވެރިޔާއަށް ދަރިންގެ ކުރިމަތީގައިވެސް ލޯބީ ކިޔާފަ ގޮވާލުމަކީ ދަރިންނަށްވެސް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދަރިންނަށް ލޯބީ ކިޔާފަ ގޮވާލާފަދައިން ބައިވެރިޔާއަށް ދަރިންގެ ކުރިމަތީގައިވެސް ލޯބީ ކިޔާފަ ގޮވާލުމަކީ ދަރިންނަށްވެސް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެއް!: މުފްތީ މެންކް

ދަރިންނަށް ލޯބީ ކިޔާފަ ގޮވައިލާ މައިންބަފައިން ވަރަށް ގިނައެވެ! ދަރިންގެ ގާތުގަ "މަންމަގެ ލޯބީއަށް ކިހިނެއްތަވީ؟" ސުވާލުކޮށްލާ މައިންވެސް މަދެއް ނޫނެވެ. ނަމަވެސް މިބަސް ބޭނުންކުރަނީ ބައްޕައިންގެ ތެރެއިން މަދުމީހެކެވެ.  

ގިނަ ދެމަފިރިން އެކަކު އަނެކަކަށް "ލޯބީ" ކިޔާފަ ގޮވައިލުން ހަދަނީ ދެމަފިރިން އެކަނިވުމުން ސިއްރުން ކުރާ ކަމަށެވެ. ދަރިންނަށް އެއަޑު އިއްވަން ލަދުގަނެއެވެ. މިއީ ބަދަލުކުރަންޖެހިފައިވާ އާދައެކެވެ.  

އަޑު އަހާށެވެ! ދެމަފިރިން އެކަކު އަނެކަކަށް "ލޯބީ" ބުނާއަޑު ދަރިންނަށް ގިނައިން އިވޭނަމަ އެކަމުގެ ފައިޑާ ދަރިންނަށް ކުރާނެއެވެ. މަންމަ އާއި ބައްޕަ އުޅެނީ ވަރަށް ލޯބިންކަން ދަރިންނަށްވެސް އެނގޭނެއެވެ.  

އަހުރެންގެ ވިސްނުމުގައި ލަދުގަންނަން ޖެހެންވީ ދެމަފިރިން އެކަކު ދެކެ އަނެކަކު ލޯބިވާކަން ދަރިންނަށް އެންގުމަކަށް ނޫނެވެ. މަންމަ އާއި ބައްޕަ އުޅެނީ ލޯބިން ނޫންކަން އެނގުމުން ކުދިން ތިބޭނީ ހިތްފަޅައިގެންދާވަރުވެފައެވެ. ބިރުން ބަހެއް ބުނަން ނުކެރިގެން ނުބުނެ ތިބިނަމަވެސް ހިތުގައި ރޯވެ އަނދަމުންދާނީ އަލިފާނެވެ.  

ބައެއް ދެމަފިރިން އެކަކު އަނެކަކަށް "ބޭބީ" ކިޔާފައި ގޮވާލައެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އެއިގެ ބަދަލުގައި "ލޯބީ" ކިޔާފައި ގޮވާލާށެވެ! އަދި ދިރިއުޅުންވެސް ލޯބިކޮށް ބަހައްޓާށެވެ! ލޯބިން ދިރިއުޅެމުން ގެންދާށެވެ. އެއަށްވުރެ އުފަލުގައި އުޅެވޭނެ ދެމަފިރިއަކު ނުތިބޭނެއެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން