ﷲ ތަޢާލާ ބައްސަވާ ރަޙްމަތް ލިބިގަންނަން ދިއުމަށްވުރެ މީހުން ބަހާ ފައިސާ ހޯދަން ދާން އިސްކަންދޭ މީހުންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ﷲ ތަޢާލާ ބައްސަވާ ރަޙްމަތް ލިބިގަންނަން ދިއުމަށްވުރެ މީހުން ބަހާ ފައިސާ ހޯދަން ދާން އިސްކަންދޭ މީހުންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނެތަ؟

ނަމާދުވަޤުތު ޖެހޭއިރަށް ފަހަރެއްގައި މީހަކަށް ހަނދާންނެތިދާނެއެވެ. ނަމަވެސް ބަންގީގެ އަޑު އިވިއްޖެނަމަ ހަމަ ޤައިމުވެސް އެގޮވައިލެވެނީ ﷲ ތަޢާލާގެ ރަޙްމަތް ލިބިގަތުމަށް އަވަހަށް މިސްކިތަށް ދިއުމަށްކަން ނުއެނގޭނެ މުސްލިމަކު ނުހުންނާނެއެވެ. އެކަމަކު އެއަޑު އެމާނައިގައި އިވެނީ ހާދަ މަދު މީހަކަށެވެ.  

ގޭގޭގައި ބަލަނީ ދިވެހި ޗެނެލްތައް ނަމަ ގޭގައި ތިބޭބައަކަށްވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. ނަމާދުވަޤުތު ޖެހުމުން އެކަން ނުއެނގިއެއް ނުދާނެއެވެ. އެކަމަކު ޢިޖާބަ ދެވެނީ ހާދަ މަދު މީހަކަށެވެ.  

މިބޮޑު މައްސަލައަށް ސަމާލުކަން ނުދީ އަހުރެމެންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެހެންކަމުން ދީނީ ޢިލްމުގެތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޢަބްދުﷲ ޝިހާމް ދެއްވާ ދަރުސްތަކުގައި ވިދާޅުވާ ބަސްފުޅެއްގެ ހަނދާން މިފުރުޞަތުގައިވެސް އައުކޮށްލާނަމެވެ.

ކޮންމެ ދުވަހަކު 5 އިރު ގޮވާ ބަންގީގައި "ކާމިޔާބާއި ނަޞީބް ލިބިގަންނަން އަންނާށެވެ! ގޮވާ އަޑު އިވެނީ ވަރަށް މަދު މީހަކަށެވެ. ނަމަވެސް ޑޮލަރު ނުވަތަ ފައިސާ ބަލައި އަންނާށޭ ގޮވާލެވިއްޖެނަމަ ގޮވައި ނިމޭއިރު މިސްކިތްތަކާއި މަގުތައް އޮންނާނީ ފުރިބާރުވެފައެވެ. ބަހަނީ މިސްކިތުގައިކަމަށްވާނަމަ އެކަކަށްވުރެ އަވަހަށް އަނެކަކު ވަންނަންވެގެން ތަޅައިފޮޅާނެއެވެ."

ތާޅަފިލިން ބަންގި ގޮވަމުންދާއިރުވެސް ގިނަ ބައަކު މިސްކިތް ކައިރިން ހިނގާފައި، އަނެއްބައަކު ސައިކަލާއި ކާރުގަ އެދަނީ އެއަޑު އިވޭކަމަށްވެސް ހަދާނުލައި ތިބެގެންނެވެ. އެއަޑާއި ތިމަންނަމެންނާއި އެއްވެސް ގުޅުމެއް ނެތްކަން ދައްކަމުންނެވެ.  

ޑރ. ޝިހާމްގެ ބަސްފުޅާއިމެދު އެފަދަ މީހުން ވިސްނައިލާނެ ނަމަ ކޮންފަދަ ހެއްޔެވެ؟ ނަމާދުކޮށްލަން ގިނަވެގެން 15 ވަރަކަށް މިނިޓް މަޑުކޮށްލިއްޔާ އެމީހަކު ކުރަންހުރި ކަންކަން ނުކުރެވޭނީ ހެއްޔެވެ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.

 

 

 

މިއަދު އޮންލައިން