ބައިނަލް އަގުވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން ދިރާގުން އޯޓިޒަމް ކުދިންނަށް ގާއިމްކޮށްދިން ޕްލޭގްރައުންޑް އިއްޔެ ހުޅުވައިފިއެވެ.
ޕްލޭގްރައުންޑް ހުޅުވުމުގެ ގޮތުން އިއްޔެ އެތަނުގައި ދިރާގުން ވަނީ ޚާއްސަ އިވެންޓެއް ވެސް ބާއްވާފައެވެ.
ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަން މަރުކަޒުގައި ގާއިމް ކޮށްފައި ހުންނަ މިޕްލޭގްރައުންޑަށް ދިރާގުން ވަނީ، އެތަނުގައި ބޭނުން ކުރާނެ އިކުއިޕްމެންޓްގެ ފުލް ސެޓަޕެއް ހަދިޔާ ކޮށްފައެވެ.
މިޕްލޭގްރައުންޑް ގެ ސަބަބުން ކުދިން މޮޓޯ ސްކިލްސް ތަރައްގީވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.