ނަމާދަށް ފަށައިގެން ކުރިއަށް ގެންދަނިކޮށް ކުރިމަތިން ނުވަތަ ގާތުން ދިރޭ އެއްޗެއް ފެނިއްޖެނަމަ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ނަމާދަށް ފަށައިގެން ކުރިއަށް ގެންދަނިކޮށް ކުރިމަތިން ނުވަތަ ގާތުން ދިރޭ އެއްޗެއް ފެނިއްޖެނަމަ ޢަމަލުކުރާނެ ގޮތް-

ނަމާދަށް ހުއްޓާ ތަތްމަކުނެއް، ކުރަތްޕެއް ފަދަ އެއްޗެއް ފެނިއްޖެނަމަ ނަމާދު ދޫކޮށްލާފަ އެހެން ތަނަކަށް ދެވިދާނެތަ؟ 

މިސުވާލުކުރުމުން ޝައިޚް ޢާޞިމް އަލް-ހަކީމް ހިނިފުޅުވަޑުވަމުން ވިދާޅުވީ އެފެނުނު ތަތް މަކުނު ނުވަތަ ކުރަފި ތިބާއަށްވުރެ ބޮޑުނަމަ ނަމާދު ދޫކޮށް ދިއުމުގަ މައްސަލައެއް ނެތް ކަމަށެވެ. "ތިއަ ދައްކަނީ އެއްވެސް ގެއްލުމެއް ނުދެވޭނެ ކުޑަކުޑަ އެއްޗެއްގެ ވާހަކަ. އުނދަގޫކޮށްފާނެކަމަށް ވިސްމިއްޖެނަމަ އަތުން ފޮޅާލާފައި ނަމާދުކުރިއަށް ގެންދާނީ." 

"ދެން އޮތީ ބޮޑު ވިހަގަދަ ހަރުފައެއް ފަދަ ނުރައްކާތެރި އެއްޗެއް ފެނުން. އެޙާލަތުގައި އޭތި ޙަމަލާދެންދެން ހުރެގެން ނުވާނެ. ސަލާމަތްކަން ހޯދަންޖެހޭނެ!" 

- ޝައިޚް ޢާޞިމް އަލްޙަކީމް 

ރާއްޖެއަކު ހަރުފައެއް ނުއުޅެއެވެ. ނަމަވެސް ބިޗޫމ ނިގުލަންދާށި ފަދަ ތަކެތި އުޅެއެވެ. މިއެއްޗެއްސަކީ ކަށިޖަހައިފިނަމަ ގަދަވޭން އުފުލަންޖެހޭ ތަކެތިވުމުން އެއްޗެތި ގައަށް ކަށިޖެހުމުގެ ފުރުޞަތު ނުދިނުން ޝައިޚް އެވަނީ ހުއްދަކުރައްވާފައެވެ. އެޙާލަތުގައި ނަމާދުދޫކޮށްލަން ޖެހިއްޖެނަމަ ދޫކޮށްލައި އަލުން ފަށައިގެން ކުރާނީއެވެ.

 

މިއަދު އޮންލައިން