ކުރިމަތިވެފައިވާ ކަންތަކުގެ ބޮޑުމިނަށް ނުބަލާށެވެ! މި ޛިކުރުން ފިލުވައިލަދޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ކުރިމަތިވެފައިވާ ކަންތަކުގެ ބޮޑުމިނަށް ނުބަލާށެވެ! މި ޛިކުރުން ފިލުވައިލަދޭނެ! އިން ޝާ ﷲ

މިގެނެސްދެނީ "މިއުޅެނީ ވަރަށް ބޮޑު ކަމެއް ޖެހިގެން! ކިޔައިލާނެ ޚާއްޞަ ޛިކުރެއް ބުނެބަލަ!" ބުނާ ކުދިންނަށް ފައިދާކުރާނެ ޛިކުރެކެވެ. އިން ޝާ ﷲ  

މިއީ ރަސޫލް އަބޫ އުމާމާ އަލް ބަހްލި (ރޢ) އަށް އުނގަންނަވައި ދެއްވެވި ޛިކުރެކެވެ. މިޛިކުރަށް "މާސްޓަރ އޮފް ޛިކްރް" ވެސް ކިޔައެވެ. މާނައަކީ އެންމެ މަތިވެރިކަން ބޮޑު ޛިކްރުތަކުގެ ތެރެއިން ޛިކުރެކެވެ.  

ރޭގަނޑުވެސް ދުވާލުވެސް މި ޛިކުރުކިޔާށެވެ. މިފަދަ މަތިވެރިކަން ބޮޑު ޛިކުރަތައް ކިޔުމުން އެމީހަކަށް ދެއްވަވާ ނިޢްމަތްތައް ގިނަވާނެއެވެ. އެދޭ ކަންކަން ހިންމަވައި ދެއްވެވުން އަވަސްވާނެއެވެ. ހާސެވުމާއި ކަންބޮޑުވުންތައް ގިނަވާނެއެވެ. އަބަދުވެސް ކުރިމަތިވާނެއެވެ. އިން ޝާ ﷲ  

ޙައްލަކީ މިފަދަ މަތިވެރި ޛިކުރުތައް ކިޔުމެވެ. އަބަދުވެސް ތިމާގެ ހިތުގައި ﷲ ތަޢާލާ ބާއްވައިގެން އެކަލާނގެ ހަނދުމަކުރުމާއި މަތިވެރިކުރުންމަތީގައި ހުރުމެވެ.    

ألْحَمْدُ للهِ عَدَدَ مَا خَلَق ،

الْحَمْدُ للهِ مِلْأ مَا خَلَق،

ألْحَمدُ لِلهِ عَدَدَمَا فِى السَّمَاوَاتِ وَمَا فِى الْأرْضْ،

ألْحَمْدُ للهِ عَدَدَ مَا أَحْصَى كِتَابُه،

ألْحَمْدُ للهِ عَلَى مَا أحْصَى كِتَابُه،

ألْحَمْدُ للهِ عَدَدَ كُلِّ شَيْء، ألْحَمْدُ للهِ مِلْئَ كُلِّ شَيْءِ،  

މިޛުކުރުގައި އެކުލެވިގެންވާ މާނައީ:  

އެއިލާހު އުފެއްދެވި ތަކެތީގެ އަދަދަށް ﷲ އަށް ޙަމްދުހުއްޓެވެ.

އުޑާއި ބިމުގައިވާ (އެންމެހައި) ތަކެތީގެ ޢަދަދަށް ﷲ އަށް ޙަމްދުހުއްޓެވެ.

އެއިލާހު އުފެއްދެވި އެންމެހައި ތަކެތި ފުރައި ﷲ އަށް ޙަމްދުހުއްޓެވެ.

އެއިލާހުގެ ފޮތުގައި (ލައުޙުލްމަހްފޫޟް) ހިމަނުއްވާފައިވާ ތަކެތީގެ ޢަދަދަށް ޙަމްދު ހުއްޓެވެ.

އެއިލާހުގެ ފޮތް ފޯރާފައިވާ ހިސާބުގެ ޢަދަދަށް ﷲ އަށް ޙަމްދުހުއްޓެވެ.  

ﷲ މެދުވެރިކުރެއްވެވި ކޮންމެ ގޮތަކަށް ﷲ އަށް ހަމްދުހުއްޓެވެ. ހުރިހާ އެއްޗެއް ފުރެންދެން ﷲ އަށް ޙަމްދުހުއްޓެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން