ލޯބިވެރިން ކިޔާލުން މުހިންމު ޙާދިސާއެއް!: ހިތަށް އަނިޔާދެނީ ދެފައިތިލަ ދެކެލޯބިވާތީ! އަނެކާގެ ހިތްދެކެ ލޯބިވާ މީހަކު އެހިތަކަށް އެއްވެސް އަނިޔާއެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ލޯބިވެރިން ކިޔާލުން މުހިންމު ޙާދިސާއެއް!: ހިތަށް އަނިޔާދެނީ ދެފައިތިލަ ދެކެލޯބިވާތީ! އަނެކާގެ ހިތްދެކެ ލޯބިވާ މީހަކު އެހިތަކަށް އެއްވެސް އަނިޔާއެއް ނުކުރާނެ!

އެއީ ކައިވެނިކުރަން ތައްޔާރުވަމުން އައިދުވަސްވަރެވެ. އަންހެންކުއްޖާގެ އުފަންދުވަހެވެ. އުފަންދުވަސް އުފަންދުވަސް ފާހަގަކުރަން އޯޕަން ރެސްޓޯރަންޓަކަށް ގޮސް އަންހެންކުއްޖާއަށް އިންތިޒާރުކުރަން ހުއްޓައި އެހެން އަންހެންކުއްޖަކު އައިސް އޭނާގެ ގައިގައި ބައްދައިލިއެވެ. އެވަޤުތަކީ ލޯބިވެރިޔާ އެތަނަށްވަން ވަޤުތުކަމުން މަންޒަރު ވަރަށް ރީތިކޮސް ފެނުނެވެ. 

އައި ރުޅީގައި ގޮސް ލޯބިވެރިޔާގެ މޫނުމަތީގައި ތަފާއްޔެއްޖަހާފައި ސުވާލުކުރުމުން ބުނީ އެކަންކުރީ ނުވަސް ދަންނަ އަންހެނަކު ކަމަށެވެ. ނަމަވެސް އަންހެން ކުއްޖާއަށް ވާހަކަތައް ޤަބޫލުނުކުރެވުމުން ރުޅިއައިސްގެން ގެއަށް ދިއައީއެވެ. 

އިރުކޮޅަކުން ގެއަށް އައީ ފިރިހެން އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ އެދުނީ މޫދްބަދަލުކޮށް އޭނާއާއިއެކު ބޭރަށް ދިއުމަށެވެ. ނަމަވެސް އެކަމަށް އަންހެންކުއްޖާ ދެކޮޅުހެދިއެވެ. އިރުކޮޅަކުން ލޯބިވެރިޔާ އައިސް އޭނާއަކީ ކުށެއް ނެތް މަޞޫމް މީހަކުކަން ބުނެދޭން މަސައްކަތްކުރިއެވެ. ނަމަވެސް ލޮލަށް ފެނުނު މަންޒަރުގެ ސަބަބުން އެވާހަކަ ޤަބޫލުކުރަން އަންހެން ކުއްޖާއަށް އުނދަގޫވިއެވެ. 

ވާހަކައިގައި ތިއްބާ ބެލްޖެހީމާ ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ ލޯބިވެރިޔާ ގައިގައި ބައްދައިލި އަންހެން ކުއްޖާއެވެ. ހުޅުވައިލިތަނުން އެތެރެއަށް ވަދެފައި ކިޔައިޑޭން ފެށިއެވެ. "ތިބާގެ ލޯބިވެރިޔާގެ އެއްވެސް ކުށެއް ނެތެވެ. އަހުރެން އެކަން ކުރީ މިހިރަ މީހާ ބުނެގެންނެވެ. އެކަންކޮސްދީފިއްޔާ ރަނގަޅުވަޒިފާއެއް ދޭނެކަމަށްބުނުމުން ވަޒީފާގެ ބޭނުމުގައެވެ. ވަޒިފާ ނުލިބުނަސް މައްސަލައެއް ނެތްކަމަށް މިވާހަކަ ކިޔައިދޭން މިއައީ އަހުރެން ފަދަ އެހެން އަންހެނަކަށް ހިތްދަތިކަން ދެވުނީތީ ދެރަވީވަރުންނެވެ. އެކަމުގެ ބޮޑުކަން ވިސްނުމުންނެވެ." 

އެހިސާބުން އެންމެ ގާތް އެކުވެރިޔާ އޭނާގެ ކުށަށް އެއްބަސްވިއެވެ. ބުނީ ލޯބިވާވަރު ބޮޑުކަމުން ކުރެވުނު ކަމެއް ކަމަށެވެ. 

ދެން މިބުނަނީ މިވާހަކަކޮޅުގެ އެންމެ މުހިންމު ބައެވެ. އަންހެންކުއްޖާ ބުންޏެވެ. "ކަލޭ ތިއަ ލޯބިވަނީ އަހުރެންގެ ދެފައިތިލަ ދެކެއެވެ. އަހުރެންގެ ހިތް ދެކެ ލޯބިވާ މީހަކު އެހިތަކަށް އެއްވެސް އަނިޔާއެއް ނުކުރާނެއެވެ! ވީމާ ދެން އަހުރެން ފެންނަ ހިސާބަށްވެސް ނުއަންނާށެވެ!" 

ފިރިހެން ކުއްޖާއަށް ބުނާނެ އެއްޗެއްވެސް ނުވިސްނުމުން އިސްދަސަށް ޖަހާލައިގެންހުރެ ނުކުމެގެން ދިއައީއެވެ. ބައްދައިލަދިން އަންހެންކުއްޖާވެސް ނުކުމެގެންދިއައީއެވެ. ދެލޯބިވެރިންގެ މެދުގައި ލޯބިއިތުރުވެ އިތުރަށްވުރެ ބޮޑަށް ގުޅުންބަދަހިވީއެވެ!

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. މިހާރުގެ ޙާލަތެވެ. އިތުބާރުކުރެވިދާނެ ހަމައެކަކުވެސް ނެތީއެވެ. ކިރިޔާވެސް އިތުބާރުކޮށް ރަޙްމަތްތެރިކަމުގެ ގުޅުން ބޭއްވިނަމަވެސް ކަންކަން މެދުވެރިވާ ގޮތުންނެވެ. ބޮޑެތި މަކަރުތައް ހަދާތީއެވެ.

 

--މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން