ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީބީޕީއެސް ގެ 5ޖީ ހިދުމަތް އުރީދޫއިން އިއްޔެ ދައްކާލައިފިއެވެ.
މިހަލުވި ސްޕީޑް އިއްޔެ އާންމުންނަށް ރަސްމީކޮށް ދައްކުވައި ދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
އުރީދޫ އިން އިއްޔެ ހުޅުމާލޭގައި ބޭއްވި ފޯރިގަދަ "ކަލަރ ރަން" ގައި 5ޖީ ހިދުމަތް ދައްކުވައިލުމުގައި ނައިބު ރައީސްގެ އިތުރުން ގިނަ އަދަދެއްގެ މިނިސްޓަރުންނާއި އެތައް ހާސް ކަސްޓަމަރުންނެއް ވެސް ބައިވެރިވިއެވެ.
އިއްޔެ އުރީދޫގެ ފަރާތުން ބޭއްވި "ކުލަގަދަ" ކަލަރ ރަން ގައި 5000 އަށްވުރެ މީހުން ބައިވެރިވެފައިވެއެވެ.
ޖުމްލަ ފަސް ކިލޯމިޓަރު ހިމެނިގެންވާ މި ދުވުމުގައި، ކޮންމެ އެއް ކިލޯމީޓަރަކުން ބައިވެރިންގެ ގަޔަށް ކުލަ ޖަހައެވެ. އެހެންކަމުން މިދުވުމުގައި ވަނަވަނަ ނުހޮވި ނަމަވެސް، އުރީދޫ ކަލަރ ރަން ވީ ގިނަ ބަޔަކަށް ދުޅަހެޔޮކަން ޕްރޮމޯޓްކޮށް އެކުގައި މަޖާ ކުރުމަށް ލިބުނު ބޮޑު ފުރުސަތަކަށެވެ.