މިސްކިތަށްދާ މީހާގެ ފޯނުގެ ސަބަބުން ޖަމާޢަތުގަ ބައިވެރިވުން ލަސްކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މިސްކިތަށްދާ މީހާގެ ފޯނުގެ ސަބަބުން ޖަމާޢަތުގަ ބައިވެރިވުން ލަސްކުރަން ހެޔޮނުވާނެ!

ބައެއް މީހުން މިސްކިތަށް އަންނަތަނުން ފޯނެއް އަތުވެދާނެއެވެ. ދެން އެކޯލުގައި ހުއްޓައި ޖަމާއަތް ފަށައިފާނެއެވެ. ރަކްއަތެއް 2 ރަކްޢަތް ގެއްލިގެންދާއިރުވެސް ޖަމާޢަތުގައި ބައިވެރިނުވެ އެބަތިބެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ބަންގި ގޮވުމުން ފޯނާއި ދުރުހެލިވާށެވެ. ނަމާދު ވަޤުތުތަކުގައި ފޯނަށް ޖަވާބުނުދޭ މީހަކަށްވާށެވެ. އެގޮތަށް ޢަމަލުކުރަން ފެށުމުން ޢާންމުކޮށް ގުޅާ މީހުންނަށް އެކަން އެނގި ނަމާދު ވަޤުތުގައި ނުގުޅާނެއެވެ. އަދި ނަމާދުކޮށް ސުންނަތްވެސް ކޮށްފައި ނޫނީ ފޯނު ނުވެސް ބަލާށެވެ. 

ތިބާއަށް ފައިދާހުރި ކަމެއްގައިވެސް މީހަކު ގުޅާފަ އޮވެދާނެއެވެ. އެކޯލް ނުނެގުނީތީ އޮތީ ދެރަވުމެއް ނޫނެވެ. އުފާކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުން ދެއްވަވާ ނިޢުމަތްތަކުން ކުރާ ފައިދާ މާބޮޑުވާނެއެވެ. ﷲ ތަޢާލާ އެމީހަކަށް ދެއްވަވަން އިރާދަކުރައްވަވާފައިވާ މަންފާއެއް ގެއްލިގެނެއް ނުދާނެއެވެ.

މީހަކު ތިބާއަށް ގުޅާފައިވާނަމަ ނަމާދު ނިމިގެން އެމީހަކަށް ގުޅާށެވެ! ދިރިއުޅެން މަސައްކަތްކުރުން އޮތީ އެގޮތަށެވެ. ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް އިސްކަންދީގެންނެވެ.

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން