ދެމަފިރިންގެ މެދުގަ ޖެހޭ ގިނަ މައްސަލަތައް ހޫނުވަނީ އެކުވެރިންނަށް އެނގުމުން ގޭސްއަނބުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 16ސ
ދެމަފިރިންގެ މެދުގަ ޖެހޭ ގިނަ މައްސަލަތައް ހޫނުވަނީ އެކުވެރިންނަށް އެނގުމުން ގޭސްއަނބުރާތީ!

ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި ވަރަށް ޢާދައިގެ މައްސަލަތައްވެސް ބޮޑުކަމަކަށްވެ ވަރިފަށަށް އަރަމުންދާކަން ކިޔުންތެރިން ވަރަށް ގިނައިން ފާހަގަކުރައްވައެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ޙައްލު ހޯއްދަވަން މަސައްކަތްކުރެއްވުމެވެ.  

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލައެއް ޖެހިދާނެއެވެ. ގިނަ ފަހަރު އެކަން މާބޮޑުކަމަކަށްވެގެންދާ އެއް ސަބަބަކީ އެކުވެރިންނަށް އެކަން އެނގުމުން ގޭސް އެނބުރުމެވެ. ހުޅުގަނޑު ބޮޑުކުރުމެވެ. ދެވަނަ ސަބަބަކީ މައްސަލަ ޙައްލުކުރަން ދެމަފިރިންގެ މެދުގައި މަޝްވަރާ ނުކުރެވޭކަމެވެ. މަޝްވަރާވެސް ނުކޮށް ގެއިން ބޭރަށް މައްސަލަ ނެރެލެވޭކަމެވެ.  

ވިސްނުންތެރިކަމާއިއެކު ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސް ވިދާޅުވެލައްވާށެވެ! ކަންކަން ވަރަށް ރަނގަޅަށް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ  

ތިބޭފުޅުން ތަސައްވަރު ކުރަމާ ހިނގާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކީ ކިތަންމެ ޢިލްމީ ކިތަންމެ ވިސްނުންތޫނު ކިތަންމެ އެކަކު އަނެކަކު ދެކެ ލޯބިވާ ދެމަފިރިން ކަމަށް  ވިޔަސް  ކުދިކުދި ކަންކަން ޢާއިލާގެ ތެރޭގައި ނެތިއެއް ނުދާނެ.  ބައެއް ޙާލަތްތައް ދަނޑިވަޅުތައް އަންނާނެ ހިތްހަމަ ނުޖެހޭ ކަންތައް ދިމާވާނެ.  އެކަމަކު މިކަންކަމުގެ ތަފާތަކީ މިކަން މެނޭޖު ކޮށްގެން މިކަންކަން ބޮޑުވިޔަނުދީ މިކަންކަން ނިންމާލަން އެނގޭ ބަޔަކަށް ވާންޖެހޭނެ.  

އެއްދުވަހެއްގައި ރަސޫލާ  ޢާއިޝަތުގެފާނަށް ދަންނަވަނީ ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައޭ ކަމަނާ ތިމަންނާދެކެ ހިތްހަމަ ޖެހިވަޑައިނުގެން ހުންނެވިކަން. ކިހިނެތްތޯ އެނގެނީ؟ 

އެކަމަނާ ދަންނަވަނީ ކިހިނެއްތޯއޭ އެނގިވަޑައިގަންނަވަނީ ކަލޭގެފާނަށް؟ ތިމަންކަމަނާ، ކަލޭގެފާނާމެދު ހިތްހަމަޖެހިވަޑައިނުގެން ހުންނަވާކަން.  

ޙަދީޘް ކުރައްވަވަނީ އެނގިވަޑައިގަންނަވައޭ ކަމަނާ ހުވާކުރައްވާށޭ! ޢަރަބިންނަކީ ވަރަށް ގިނައިން ހުވާކުރާ ބައެއް. ކަމަނާ ހުވާކުރައްވަވާއިރުގައި ތިމަންކަލޭގެފާނު ދެކެ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވިނަމަ ކަމަނާ ވިދާޅުވާނީ "وَرَبِّ إبْرَاهِيم " އިބްރާހީމްގެފާނުގެ ރައްބު ގަންދީ ހުވާކުރައްވަމެވެ. އެކަމަކު ކަމަނާ ތިމަންކަލޭގެފާނު ދެކެ ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވާނަމަ ހުވާ ކުރައްވަވާނީ " وَرَبِّ مُحَمَّد " މުޙައްމަދުގެ ފާނުގެ ރައްބު ގަންދީ ހުވާކުރައްވަމެވެ.  

ހަމަ ހަމަ އެއްކަމެއް ދެއްތޯ މިވަނީ، ހަމަ ﷲ ގަންދީ ހުވާކުރަނީ. އެކަމަކު ހިތްހަމަ ޖެހުމާއި، ހިތްހަމަ ނުޖެހުމުގެ ވަގުތުކޮޅެއްގެ ތަފާތެއް އަންނަނީ! 

އެކަމަނާ ދަންނަވަނީ އޭ ﷲގެ ނަބިއްޔާއޭ ތިމަންކަމަނާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އިންނަވާ ވަގުތެއްގައިވެސް ހަމައެކަނި ކަލޭގެފާނުންގެ ނަންފުޅު ބޭނުން ކޮށްލުމުގެ ތަފާތެއް ނޫނިއްޔާ، މިކަން ނޫނިއްޔާ ނުކުރައްވަވަމެވެ.  

އެހެންވީމަ އަޅުގަނޑު ދަންނަވަން މިއުޅޭ ނުކުތާއަކީ ކުދިކުދި ކަންތައް ވެދާނެއޭ. އެކަމަކު އެކަން ޙައްލުކުރަން އެބަޖެހެއޭ. އަޅުގަނޑަށް އިނގޭ ހުރިހާ ޢާއިލާތަކެއްގަވެސް އެކި ލެވެލަށް އެކި މިންވަރަށް ކުދިކުދި ކަންކަން ހުންނާނެ. އެކަމަކު އެކަންކަން އެބަޖެހޭ ޙައްލުކުރަން.  

އެހެން ޙާދިޘާއެއް ހަމަ މިގަނޑުވަރުކޮޅުގަ. ރަސޫލާ ގެ ގަނޑުވަރުކޮޅުގައި. އެއްފަހަރެއްގަ، މީ، އެއްކޮޅުގަ، ތިބޭފުޅުން ހިތްޕުޅަށް އަރާފާނެ ކީއްވެބާއޭ މައްސަލަ ޖެހެނީ. ރަސޫލާ . އަނެއްކޮޅުން އައިޝަތުގެފާނު. ކީއްވެ މައްސަލަޖެހެންވީ؟ ބައްލަވާ! އެއީ ދެމަފިރިންނޭ. ދެމަފިރިން ވެއްޖެއްޔާ ކޮންމެވެސްވަރެއްގެ ކޫސަނި ބައެއްކަހަލަ ކަންކަންނަމަވެސް ދިމާނުވެއެއް ނުދާނެ. އެއީ ދެމަފިރިން. ރަސޫލުކަމަކީ އެހެންކަމެއް. އައިޝަތުގެފާނުގެ މަޤާމަކީ އެހެންކަމެއް. އެކަމަކު، ޢާއިލީ ދިރިއުޅުމުގަ ދެމަފިރިންގެ ދޭތެރޭގަ ކުދިކުދި ކަންކަން ދިމާވާނެ. އެހެންވީމަ ފުރަތަމަ ކަމަކީ އެކަންކަން ހުންނާނެކަން ވިސްނުމުގަ ބަހައްޓައިގެން އެކަންކަން ބޮޑުވިޔަނުދީ ޙައްލުކުރަން މަސައްކަތްކުރުން.  

އެއްދުވަހެއްގައި އަބޫބަކުރުގެފާނަށް މި ވެދެވަޑައިގެންނެވެނީ ގަނޑުވަރުކޮޅަށް. ވެދެވަޑައިގެންއިރުގަ ކުޑަކޮށް ކޮންމެވެސް ކަމެއްގައި ޢައިޝަތުގެފާނު ހިތްޕުޅާ ނުވެގެން ކޮންމެވެސް އެއްޗެއް ރަސޫލާ އާ ދިމާއަށް، ތަންކޮޅެއް، މީ ހިތްހަމަނުޖެހިފަ ހުންނައިރުގަ ނުދައްކާނެދޯ އަޑުމަޑުކޮންނެއް. ކޮންމެވެސްވަރަކަށް ބާރުވެސްވާނެ. ކުޑަކޮށް ބާރުވެފަހުރީ އަޑު. އަބޫބަކުރުގެފާނަށް އެކަން ފަސޭހަފުޅު ވާނެތޯ؟ އެކަމު، އެކަލޭގެފާނުގެ ދަރިކަނބަލުން އިތުރު އެކަލޭގެފާނު ގެ މައްޗަށް މިހިރަ އަޑު ތަންކޮޅެއް މަތިވަނީ.  

ކޯފާވެގެންގޮސް އަތްޕުޅުގަ ހިތްޕަވާފަ ދަންމަވާ ގެންނަވާ، އެއްކަލަ އެކަން ހުއްޓުވަން، މެދުތެރެއަށް ރަސޫލާ   ވަންނަވަނީ. ވަންނަވާފަ އަބޫބަކުރުގެފާނު ދުރުކުރައްވަނީ. ފަހަރެއްގާ ބައްޕަޔަކު، މީ، އަޅުގަނޑުމެންނަށް ދެއްތޯ އެއީ އުއްމުލް މުޢުމިނީން ޢައިޝާ ރަޟިޔައްﷲ އެކަމު އަބޫބަކުރުގެފާނަށް އެއީ ދަރިފުޅެއްނޫންތޯ! އެހެންވީމަ މީ، އަތުގަ ހިފާ ދަމާވެސްލައްވާނެ، ނުވަތަ އެކަމާ ކޯފާވެގެން ކޮންމެފަދަ ކަމެއްވެސް ހިނގާފާނެ. އެދެމެދަށް ރަސޫލާ   ވެންނަވާ އަބޫބަކުރުގެފާނު ދުރުކުރައްވަނީ، އިނގޭތޯ! ދުރުކުރައްވަނީ. ދެން އަބޫބަކުރުގެފާނު ދެން އެކަން އެނިމުނީ، ދެން އެވަގުތު ވަޑައިގެން. ދެން އަނެއްކާ އިރުކޮޅެއްފަހުން ގެއަށް ވެދެވަޑައިގެންއިރުގާ ދެބޭފުޅުން މިހާރު ސަމާސާ ކުރައްވާ ހިނިވަރުނަ ކުރައްވަނީ. އަބޫބަކުރުގެފާނު ވިދާޅުވަނީ ތިބޭފުޅުންގެ ހަނގުރާމައިގަވެސް ތިމަންނަ ބައިވެރިވީމޭ. ތިބޭފުޅުން ސަލާމަތާ ރައްކާތެރިކަމާއެކީ ތިބޭއިރުވެސް ތިމަންނަ ބައިވެރިކުރާށޭ. އެހެންވީމަ އެ، އަޅުގަނޑުގެ ޕޮއިންޓަކީ ކުދިކުދި ކަންކަން ކޮންމެސްވަރަކަށް މިކަންކަން ދިމާވާނޭ. އެކަމަކު އެކަންކަން ޙައްލުކުރެވޭނީ ދެމީހުންވެސް މަސައްކަތްކޮށްގެން. ޚާއްސަގޮތެއްގައި އަންހެންމީހާ، އަނބިމީހާ މިކަމަށް ވަރަށްބޮޑަށް ފަރުވާތެރިވެގެން. 

މީގަ އޮތް އެންމެ މުހިއްމު އެއްޗަކީ ކައިވެނީގެ، ދެމިއޮންނާނީ އެކަކު އަނެކެއްގެ މެދުގައި އޮންނަ ލޯތްބެއްގެ މައްޗަށް. ލޯތްބެއް ނެތިއްޔާ ހިތްހަމަޖެހުމެއް ނެތް. ލޯތްބެއް ނެތިއްޔާ އުފާވެރިކަމެއް ނެތް. ލޯތްބެއް ނެތިއްޔާ އެ ކައިވެންޏެއްގަ އެއްވެސް ކަހަލަ، ކީކޭ ދަންނަވާނީ ހިތްހަމަޖެހުމެއް އުފަލެއް އަރާމެއް، އެމީހާއަށް ތަސައްލީ އެއްވެސް ކަމެއް ނެތް. އެހެންވީމާ ދެފަރާތުން އެކަކު އަނެކަކުދެކެ ލޯބިވާ ދެމީހުންނަށް ވެވިގެން ނޫނިއްޔާ އުފާވެރި ދިރިއުޅުމެއްނެތް.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން