ބައްދަލުކުރަން ގެއަށް އައިސްހުރީ މައިދައިތަ ކަމަށް ހީކޮށް މަންމައަށް އެއްޗެތިގޮވައި ގެއިން ފޮނުވާލަން ބޭނުންވި އަންހެންދަރިއަކަށް ދެރަވެ ކަރުނައަޅަން ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ބައްދަލުކުރަން ގެއަށް އައިސްހުރީ މައިދައިތަ ކަމަށް ހީކޮށް މަންމައަށް އެއްޗެތިގޮވައި ގެއިން ފޮނުވާލަން ބޭނުންވި އަންހެންދަރިއަކަށް ދެރަވެ ކަރުނައަޅަން ޖެހުނު ގޮތުގެ ވާހަކަ-

އަނބިމީހާ ގެއަށް އައިއިރު ސިޓިންގރޫމްގައި ލަގެޖެއް ހުއްޓެވެ. ކައްކާވަސްވެސް ހުއްޓެވެ. އަނބިމީހާގެ ފުރަތަމަ ސުވާލަކަށްވީވެސް މިއީ ކާކުކުގެ ލަގެޖެއްތޯ އާއި ކައްކަނީ ކާކުތޯއެވެ؟ ފިރިމީހާގެ ޖަވާބަކީ އެއީ މަންމަގެ ލަގެޖްކަމާއި ކައްކަނީ މަންމަ ކަމަށެވެ. އަދި އެކައްކަނީ ދެމަފިރިންނަށްވެސް އެންމެ މީރުތަކެތި ކަމަށެވެ.

އަނބިމީހާ ފެށީ ވަޤުތުން މަންމައަށް އެއްޗެތިގޮވާށެވެ! މަންމަ އެއައީ ފައިސާ ހޯދަންކަމަށް ބުނުމުން ފިރިމީހާ ބުނީ މަންމައައީ ފައިށާ ހޯދަން ނޫންކަމަށާއި ދެމަފިރިންނާއިއެކުގައި 2،3 ދުވަސް ހޭދަކޮށްލަން ކަމށެވެ. އަނބިމީހާ ބުނީ އެންމެ ދުވަހަކުވެސް ގޭގައި ނުބެހެއްޓޭނެކަމަށާއި ހަމަ މިހާރު ގެއިންނެރެ ފޮނުވައިލުމަށެވެ. މަންމަ ގާތުގައި ގެއިން ދިއުމަށް ބުނަން ފިރިމީހާ ދެކޮޅުހެދުމުން ތިމަންނަ ބުނެފާނަން ކަމަށް ބުނެ މަންމައަށް ގޮވައި ގެނުވިއެވެ.  

ހޭވެރިކަންވީ ލޮލަށް މަންމަ ފެނުމުންނެވެ. އެއްޗެތި މިގޮވީ ގެއަށް އައިސްހުރީ ފިރިމީހާގެ މަންމަކަމަށް ހީކޮށެވެ. ނަމަވެސް ގެއަށް އައިސް މިހުރީ ތިމާގެ މަންމަކަން އެނގުމުން ވަރަށް ދެރަވެ ލަދުވެސް ގަތެވެ. މާފަށްވެސް އެދުނެވެ. ބުނެވުނު ބަސްތަކަށް މަންމަގެ ކިބައިން މާފަށް އެދި ގެއިން ނުގޮސް މަޑުކޮށްލައި ދިނުމަށް އެދުނެވެ.  

މަންމަބުންޏެވެ! "ދަރިފުޅާއެވެ! ދަރިފުޅު ދެއްކި ހުރިހާ ވާހަތަކެއް އަޑުއިވުނެވެ. މިއީ ދަރިފުޅުގެ ގެއެއްވެސް ނޫނެވެ. ފިރިމިހާގެ ގެއެވެ. މިގޭގައި ހުރުމުގެ ޙައްޤު ބޮޑުވާނީ ފިރިމީހާގެ މަންމައަށެވެ. އެކަމަކު ދަރިފުޅުގެ ވިސްނުން ހުރި ގޮތަކީ ތިއައީއެވެ. ފަތްޗަކަށް ތިއަގޮވައިލީ ހިތެއް އޮތް އިންސާނަކު ދުރުހިލޭ މީހަކަށްވެސް ނުބުނާނެ ބަސްތަކެވެ. ތިއަ ބުނި ބަސްތައް ފިރިމީހާގެ މަންމައަށް އަޑުއވުނުނަމަ އޭނާއަށް ކުރާނެ އަސަރު ދަރިފުޅަށް އިޙްޞާޞްނުކުރެވުނަސް މިމަންމައަށް ކުރެވެއެވެ. އަދި ފިރިމީހާއަށް ކުރާނެ އަސަރުވެސް މެއެވެ. އަހުރެން މިދަނީއެވެ. ފިރިމީހާގެ މަންމަ އަވަށުން ގެނެސް ހެޔޮކޮށް ހިތައިގެން މިގޭގައި ގެންގުޅެން ފެށި ދުވަހަކުން ނޫނީ މިގެއަކަށް ނުވަންނާނަމެވެ." އެހެން ބުނެފައި ގެއިން ނުކުމެގެންދިއައީއެވެ.  

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތުގެ ކުރުޚުލާޞާއެކެވެ. ގިނަ ބައަކަށް މިވީޑިއޯ ފެނިފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް މިވާހަކަކޮޅުގެ މުހިންމުކަން ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ ލިބިދޭ ފިޅާވަޅު ބޮޑުކަމުންނެވެ.  

އެކުވެރިންނޭވެ! ކައިވެނިކުރުމަށްފަހު އަހުރެންގެ މަންމައެއް ފިރިމީހާގެ މަންމައެއް ނުތިބޭނެއެވެ. ތިބޭނީ ދެމީހުންގެ މަންމައިންނެވެ. މައިދައިތަ ކުށްވެރިކޮށް ގިނަ ވާހަކަތަކެއް ދައްކަމުން ގެންދާއިރު ނިކަން ބުނެބަލާށެވެ! މިފަދަ ކިތަށް ޅީދަރިންނާއި ދަނބިދަރިން އެބަތިބިހެއްޔެވެ؟  

އަޅުގަނޑަކީ އަޅުގަނޑުގެ ދަރިފުޅުގެ ފިރިމީހާގެ ކިބައިން މިފަދަ އަނިޔާތައް 5 އަހަރުވަންދެން ލިބުނު މަންމައަކީމެވެ. އަޅުގަނޑަށް ކިތަންމެ ކުޑަ ޚަރަދެއް ކުރިކަން އެނގުނަސް ދަރިފުޅަށް ނުކުރާވަރެއް ނެތެވެ. އެހެންވެ ހުންނަން ޖެހުނީ ދަރިފުޅަށް ނުވެސްފެނިއެވެ. ދެމަފިރިން އެކުގައި ނޫނީ އަޅުގަނޑާއި ހަމައަށް އައުން މަނާކޮށްގެންނެވެ. ދެމަފިރިން އެކުގައި އައިސް ބައްދަލުކުރީމާ އަޅުގަނޑަށް އެއްވެސް ނުދޭކަން ފިރިމީހާއަށް ޔަޤީންކުރެވޭނެތީއެވެ. އެކަމަކު ފިރިމީހާ ދިއައީ ޢޭނާގެ ޢާއިލާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދެމުންނެވެ. އަނބިމީހާ ދެރަވާނެކަން ހިތަށްވެސް އަރުވާނުލައެވެ. 

ވީމާ މުހުރީ ކޮންމެ ދަރިއަކުވެސް ވިސްނައިލުން ފައިދާކުރާނެ ކަންކަމެވެ.  

- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން