އިން ޝާ ﷲ ވިދާޅުނުވެވުމުން ސުލައިމާނުގެފާނަށް ޖެހިވަޑައިގެންނެވި ކަންތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އިން ޝާ ﷲ ވިދާޅުނުވެވުމުން ސުލައިމާނުގެފާނަށް ޖެހިވަޑައިގެންނެވި ކަންތަކުގެ ވާހަކަ-

އެކަމެއްގެ މައްޗަށް ތިމާގެ އަމިއްލަ ބާރާއި އިޚްތިޔާރު ލިބިގެންވާ ކަންކަން ކުރުމުގެ ވާހަކަ ދައްކާއިރުވެސް އިން ޝާ ﷲ ބުނަންވާނެއެވެ. ސަބަބަކީ ކޮންމެ ވަޤުތަކުވެސް އެބާރު އެމީހެއްގެ ކިބައިން ގެންދެވުމުގެ ކުޅަދާނަކަން ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ. 

ސުލައިމާން ޢަލައިހިއްސަލާމް އެއް ދުވަހަކު ވިދާޅުވިއެވެ. 

"މިރޭ ތިމަންކަލޭގެފާނުގެ 90 އަނބިންނާއި ރޭކުރައްވާ ހުށީމެވެ. އެއިން ކޮންމެ އަންހެނަކުވެސް ﷲ ގެ މަގުގައި ޖިހާދު ކުރާނެ ކުއްޖަކު ވިހާނެއެވެ." 

އެހިނދުގައި އެކަލޭގެފާނުގެ ޞާޙިބް "އިންޝާﷲ" ބުނުމަށް ހަނދާންކޮށްދެއްވި ނަމަވެސް ސުލައިމާން ޢަލައިހިއްސަލާމް އެގޮތަށް ވިދާޅެއް ނުވެއެވެ. 

ސުލައިމާން ޢަލައިހިއްސަލާމް 90 އަނބިކަނބަލުންނާއި އެއްރޭ އެއްދާން ކުރެއްވިނަމަވެސް ލިބިވަޑައިގަތީ އިންސާނެއްގެ ފަޅިއެކެވެ." 

މިގޮތަށް މިކަން މެދުވެރިވީ، އިންސާނާ އަކީ ﷲ ގެ ޙަޟްރަތުގައި ކިތަންމެ މާތް މީހަކަށްވީ ނަމަވެސް، ﷲ ގެ އިރާދަފުޅާއި ނުލާ އެއްވެސް ކަމެއް ނުވާނެކަން ބަޔާން ކޮށްދެއްވުމަށެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ އަލްކަހްފި ސޫރަތުގެ ތަރުޖަމާއާ ތަފްސީރު ފޮތުން

މިއަދު އޮންލައިން